Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އަށް އަޅަން ޖެހޭ ފިޔަވަޅަކާ މެދު އިސްރާއީލް އިން ގޮތެއް ނިންމަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވެފައި ވަނީ، ރަހީނުން މިނިވަން ކުރުމަށް ކުރަމުން އައި މަސައްކަތުގައި ހަމާސް ޖަމާއަތުގެ އަމަލުތައް ހަރުކަށި ވެފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖުލައި 2025 | ހޯމަ 07:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅަކާ މެދު އިސްރާއީލް އިން ގޮތެއް ނިންމަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ އެކު ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ އާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތައް ނާކާމިޔާބުވެފައިވާއިރު، އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ ދެން ވާނެ ގޮތެއް ނޭނގޭ ކަމަށެވެ. 

ޔޫރިޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑާ ލެޔަންއާ އެކު ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ރަހީނުން މިނިވަން ކުރުމަށް ކުރަމުން އައި މަސައްކަތުގައި ހަމާސް ޖަމާއަތުގެ އަމަލުތައް ހަރުކަށި ވެފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާ އަށް ވަންނަމުން އަންނަ އެހީގެ ސާމާނު ހަމާސް އިން ވަގަށް ނަަގައިގެން ވިއްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ބާރު ލިބޭ އެއްވެސް ވާހަކަ އެއް ނުވަތަ ހެއްކެއް ޓްރަމްޕް ދައްކަވާފައި ނުވެ އެވެ. 

ޣައްޒާގެ ޞިއްޙީ ވުޒާރާގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކާބޯ ތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާ އިން ވަނީ ހަ މީހަކު ޝަހީދުވެފަ އެވެ. މިހާތަނަށް ކާބޯ ތަކެތި ނުލިބުމުގެ ސަބަބުން ޝަހީދުވެފައިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އިން ޣައްޒާ އަށް އިތުރު އެހީ ފޯރުކޮށްދޭނެ ކަމަށެވެ. ނަަމވެސް، އެހެން ޤައުމުތަކުން ވެސް އެކަމުގައި ބައިވެރިވާން ބޭނުންވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަކޮށް ޓްރަމްޕް ވިދާޅުވީ، މީގެ ކުރިން ވެސް އެމެރިކާ އިން ވަރަށް ގިނަ އެހީ ފޯރުކޮށްދީފައިވާ ކަމަށާއި، ނަމަވެސް އެއްވެސް ފަރާތަކުން އެކަމަށް ޝުކުރު އަދާ ނުކުރާ ކަމަށެވެ. 

ޣައްޒާ ހަނގުރާމައިގެ މުސްތަޤުބަލާ މެދު މިހާރު އިސްރާއީލް އިން އެހެން ގޮތްތަކަށް ވިސްނަމުންދާ ކަމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ. އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ ގިނަ އާބާދީެއްގެ ގެދޮރު ގެއްލިފައިވާއިރު، ކާބޯ ތަކެތި ނުލިބި އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. 

ޓްރަމްޕް ވަނީ މީގެ ކުރިން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވަރަށް ފުޅާކޮށް ގޮވާލައްވައިފަ އެވެ. އަދި އެކަމަށް ބާރު އަޅުއްވާކަން ހާމަ ކުރައްވައި މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާ ހަނގުރާމަ އަށް ނިމުން އަންނާނެ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް، މިހާތަަނަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރެވިފައި ނުވާއިރު، އިސްރާއީލްގެ އަނިޔާވެރިކަން ފާއިތުވި ދުވަސްތަކުގައި ވެސް ވަނީ އިންތިހާ އަށް އިތުރު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު