Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނާއި ކަރަންޓުގެ ޚިދުމަތް

ފެނާއި ކަރަންޓު ޚިދުމަތުގެ އަގު ބޮޑުވެ، ބައެއް ގެސްޓްހައުސް ތައް ބަންދުކުރާ ހިސާބަށް ވަނީ ގޮސްފައި: މެންބަރު މައުރޫފް

ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މުހިންމު އެއް ބަޔަކީ ގެސްޓްހައުސް ވިޔަފާރިތައް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޖުލައި 2025 | ބުދަ 13:37
ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ

ފެނާއި ކަރަންޓު ޚިދުމަތުގެ އަގު ބޮޑުވެ، ބައެއް ރަށްރަށުގައި ހިންގާ ގެސްޓްހައުސް ތައް ބަންދުކުރާ ހިސާބަށް ގޮސްފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބޮޑު އަގެއް ހޭދަކުރަންޖެހިފައިވުމުން، މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު މައުރޫފް ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދުގައި މިވަގުތު ވިންދު ޖަހަޖަހާ އޮތް ހަމައެކަނި ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މުހިންމު އެއް ބަޔަކީ ގެސްޓްހައުސް ވިޔަފާރިތައް ކަމަށެވެ.

Advertisement - newsAdvertisement

ގެސްޓްހައުސް ވިޔަފާރި ގިނަބަޔަކު ކުރަމުންދާކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ މިއަދު ރަށްރަށުގެ ރައްޔިތުން ކުރަމުންދާ އެންމެ ބޮޑު ޝަކުވާއަކީ ފެނާއި، ކަރަންޓުގެ ޚިދުމަތް އަގުބޮޑުވުމުގެ ޝަކުވާ ކަަމަށެވެ. ބައެއް ގެސްޓު ހައުސްތަކުގެ ކަރަންޓު ބިލު ބޮޑުވެގެން ކަރަންޓު ބިލު ނުދެއްކޭ ހާތަލަށް ގޮސްފައިވާ ކަމަށާއި، ގެސްޓްހައުސްތައް ބަންދުކުރަންޖެހޭ ހާތަލަށް ގޮސްފައިވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެނުގެ ޚިދުމަތް ލިބުމާއެކު ގެސްޓުހައުސް ތަކަށް ވޯޓަރ ސަޕްލައި ފެން ގުޅާ ކަމަށާއި، ނަމަވެސް ފެން ބިލް އިންތިހާއަށް ބޮޑުވުމުން ގާތްގަނޑަކަށް ދެމަސް ދުވަހު ބިލު ދެއްކުމަށްފަހު ފެން ކަނޑާލާ ކަމަށެވެ.

ގެސްޓްހައުސް ވިޔަފާރިތަކާއި ރަށްރަށުގައި ހުރި ކުދި ފިހާރަތަކާއި ކަންމަތީ ފިހާރަތަކާއި ފަހާތަންތަނާއި، ޕާން ފިހާ ތަންތަނާއި، މިހުރިހާ ވިޔަފާރިއެއް އިއްޒަތްތެރި ރައީސް ގުޅިފައި މިވަނީ ގެސްޓްހައުސް ވިޔަފާރިއާ. އަޅުގަނޑުމެން މިރާއްޖޭގެ ރަށްރަށަށް ކުރަމުން މިދާ ދަތުރުތަކުގައި އަޅުގަނޑުމެން މިކުރަނީ ސިދާ ރައްޔިތުންގެ ގާތަަށް ދޮރުންދޮރަށް ރައްޔިތުންގެ ބަސް އަހާ އޮޅުފިލުވަން. އިއްޒަތްތެރި ރައީސް. ދިޔާމަ ކޮންމެ ރަށަކުން ވެސް ދައްކާ އެއްވާހަކައަކީ ކުރާ އެއްޝަކުވާ އަކީ ކަރަންޓާ ފެނުގެ އަގުގައި ހުރި ތަފާތުގެ ވާހަކަ. ރާއްޖެތެރޭގެ ރަށެއްގެ ރައްޔިތަކަށްވީތީ ވިޔަފާރީގެ ބޭންޑުން ބޮޑު އަދަދެއްގެ ކަރަންޓާ ފެނާ ބޮޑު އަދަދަކުން ނަގާ ކަމުގެ ޝަކުވާ. މިކަން މިހެން ވެގެން ނުވާނެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ މާލެ ސިޓިއާއި، ރާއްޖެތެރޭގެ ރަށްރަށުގެ މެދުގައި ކަރަންޓާ ފެނުގެ ޚިދުމަތް ދިނުމުގައި ފަރަގު އޮވެގެން ނުވާނެ ކަމަށާއި، އެ ފަރަގު ނައްތާލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިކަމުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިއަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

އެހެންވީމަ ކޮންމެވެސް ގޮތަކުން ރާއްޖޭގެ ރަށްރަށުގައި ރާއްޖެތެރޭގައި މާލެއާ މިހުރި ފަރަގު ނައްތާލުމަށްޓަކައި ކޮންމެވެސް ހައްލެއް މި މަޖިލީހުން ހޯދަންޖެހޭ. އަޅުގަނޑުމެންގެ ޒިންމާއެއް މިޒާތުގެ ކަންކަމަށް ހައްލެއް ހޯދައިދީ މިއިގްތިސާދު ހަމައަށް ރަނގަޅަށް ހިނގަންފުރުސަތު ދިނުމަކީ. ގިނަ ރަށްރަށުގައި މިމައްސަލަ ވަރަށް ބޮޑު. އެންމެ ފަހުން ރައްޔިތުން އިހުތިޔާރު ކުރަނީ ސޯލާ ނިޒާމަށް ބަދަލުކުރަން. އެހެން ނަމަވެސް ސޯލާ ނިޒާމުގައި މިއޮތީ މަރުތަޅެއް އަޅުވާފައި. 60 ޕަސެންޓް ކެޕް ކޮށްފައި ފެނަކައިން އޭގެ ބޮޑު އަދަދެއް މި ނަގަނީ ސޯލާގެ. އެހެންވީމަ ގެސްޓްހައުސްތަކަށް ވެސް ސޯލާ ބޭނުން ކުރުމުގެ ފުރުސަތެއް ނެތް. އަޅުގަނޑަށްވެސް އެނގޭ ރަށަކަށް 100 ޕަސެންޓް ސޯލާ ނުދެވޭނެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށާއި، ޚިދުމަތެއް ދިނުމުގައި ތަފާތު ނުކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ތަފާތު ނުކޮށް، މިމައްސަލައަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒު އެހެން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، މިކަން ރައްޔިތުންނަށް ސާބިތުކޮށް ދިނުމަށް މެންބަރު މައުރޫފް ގޮވާލެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު