Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް ޝުޖާއު

20 މިލިއަން ރުފިޔާގެ އަގުހުރި ދެ ބިމާއި, ފްލެޓާއި އަދި ރޯހައުސްއެއް ބާރަށު ދާއިރާގެ މެމްބަރު ސުޖާއު އަތުގައި ހުރިކަން ހާމަވެއްޖެ

2015 ވަނަ އަހަރު ހުޅުމާލެއިން ރޯހައުސެއް ދީފައިވަނީ ވަޒީފާ އަދާކުރަމުންދާ ކުންފުނިން ހަދިޔާއެއްގެ ގޮތުގައި ކަމަށް ބުނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 08:25
ބާރަށު ދާއިރާގެ މެންބަރު ޝުޖާއު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ

ބާރަށު ދާއިރާގެ މެންބަރު ޝުޖާއު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ

20 މިލިއަން ރުފިޔާގެ އަގުހުރި ދެ ބިމާއި ފްލެޓާއި އަދި ރޯހައުސްއެއް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އަތުގައި ހުރިކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހަޅުވާފައިވާ މާލީ ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެއިން އަމިއްލަ ބިމެއް 2024 ވަނަ އަހަރު، 9،488318.40 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށާއި، ހއ.ބާރަށުން ވެސް އަމިއްލަ ބިމެއް ސީވިއުއިން 2022 ވަނަ އަހަރު 300،000 ރުފިޔާއަށް ގަނެފައިވާ ކަމަށެވެ. ހުޅުމާލެއިން ލަގްޒަރީ ފްލެޓެއް 7،283،300 މިލިއަން ރުފިޔާއިން 2023 ވަނަ އަހަރު ގަނެފައިވާއިރު، 2015 ވަނަ އަހަރު ހުޅުމާލެއިން ރޯހައުސެއް ދީފައިވަނީ ވަޒީފާ އަދާކުރަމުންދާ ކުންފުނިން ހަދިޔާއެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޖުމްލަ އަގު 20،601،618.4 މިލިއަން ރުފިޔާ އަރާއިރު، އަމިއްލަ ދެ ބިމާއި، ފްލެޓު ގަނެފައިވަނީ ލޯނުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކަމަށް ވެސް މާލީ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަހަރެއްގެ ތެރޭގައި އޭނާއަށް ދެ މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބުނު 1،808،603 މިލިއަން ރުފިޔާ އާއި ގެދޮރު ކުއްޔަށް ދީގެން ލިބުނު 210،000 ރުފިޔާ އެވެ.

ސުޖާއުގެ އެކައުންޓުތަކުގައި ދިވެހި ރުފިޔާއިން 80،234 ރުފިޔާ ހުރިއިރު، އެކައުންޓުތަކުގައި 700 ޑޮލަރު ހުރި ކަމަށް ބަޔާނުން ދައްކައެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 5780 ރުފިޔާ އާއި 3200 ޑޮލަރާއި 13،100 ސްރީ ލަންކަން ރުފީސް އާއި 150 ޔޫއޭއީ ދިރްހަމް ހުރި މަލީ ބަޔާނުގައި ބުނެފައިވެއެވެ.

މެންބަރު ސުޖާއުގެ ބޮޑެތި ދަރަނިތަކެއް އޮތް ކަމަށް މާލީ ބަޔާނުން ދައްކާއިރު، ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަން ޖެހޭ ދެ ދަރަންޏެއް އެބައޮތެވެ. އެއީ ޖުމްލަ 225،734.43 ރުފިޔާއެވެ. އަދި ބޭންކް އޮފް ސިލޯނަށް 4،234،938.63 މިލިއަން ރުފިޔާ ނުދައްކާ ބާކީ އޮތްއިރު، އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑްއަށް 5،000،000 މިލިއަން ނުދައްކާ އޮތްކަން ހާމަވެއެވެ.

މަލީ ބަޔާނުގައިވާ ގޮތުން، އޮފިޝަލް އިވެންޓްސްގައި މެންބަރު ސުޖާއުގެ 50 ޕަސެންޓު ހިއްސާ އޮންނައިރު، ސްވޯން ފެމިލީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގައި 40 ޕަސެންޓު ހިއްސާ އޭނާގެ އަތުގައި އެބައޮތެވެ. މީގެ އިތުރުން މެންބަރު ސުޖާއުގެ އަތުގައި ހަތް މިލިއަންގެ ރުފިޔާގެ މަސް ދޯންޏެއް އޮތްކަން ކަމަށް ވެސް މާލީ ބަޔާނުގައި ވަނީ ބުނެފައެވެ.

އިބްރާހިމް ޝުޖާއުމަޖިލިސްމާލީ ބަޔާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

24 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
"ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ވެސް ޤަބޫލުކުރައްވާ"

"ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ވެސް ޤަބޫލުކުރައްވާ"

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު