Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޚާރިޖީ ގުޅުން

ގައުމުތަކާ އޮންނަ ގުޅުމަށް އަަސަރު ނުކުރާ ގޮތަށް އުޅުމަށް, ފުރަތަމަ ނަސޭހަތް ދޭންވީ ބޭފުޅުން ތިބީ ސަރުކާރު މަތީ ފަޑީގައި!

މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކުން މި ޤައުމަށް ނިކަން ގެއްލުންވާ ވާހަކަ ދެއްކުމުގެ ކުރިން ޚާރިޖީ ވަޒީރު ބައްލަވާލެއްވުން ރަނގަޅީ ސަރުކާރުގެ އެތެރެވަރިއަށެވެ. ފުރަތަމަ ފަށަންވީ އެ ހިސާބުންނެވެ. މީޑިއާތަކުގެ ގިރުވާނުގައި ހިފަންވާނީ އޭގެ ފަހުން ނޫންތޯއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ޖުލައި 2025 | ހުކުރު 13:13
ފޮރިން މިނިސްޓަރ ހަލީލު އަދި އިންޑިއާ އަށް ފާޑުކީ ބައެއް ސިޔާސީ މީހުން

ފޮރިން މިނިސްޓަރ ހަލީލު އަދި އިންޑިއާ އަށް ފާޑުކީ ބައެއް ސިޔާސީ މީހުން

އަޖާއިބުވެ އަންތަރީސްވެއްޖައީމުއެވެ. މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކުން މި ޤައުމަށް ނިކަން ގެއްލުންވާ ވާހަކަ ނިކަން ހަރު އަޑުން ޚާރިޖީ ވަޒީރު ޑރ. އަބްދުالله ހަލީލު ވިދާޅުވި ވާހަކަ ކިޔާފައި ހިތަށް ލައްކަ އެއްޗެހި އަރައިފިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެއް ނޫންތޯއެވެ.

މިއަދު އެ މަނިކުފާނު އެ ވިދާޅުވަނީ ގައުމުތަކާއި މެދު އޮންނަ ގުޅުމަށް ބުރު ނާރުވަން އިރުޝާދު ދެއްވާ ވާހަކަ އެވެ. އެ ވާހަކަ އަކީ އޭގެ ޒާތުގައި އެއްވެސް ހާލެއްގައި ގޯސް ވާހަކަ އެއް ނޫނެވެ. އަޖާއިބުވާން ޖެހުނީ މިހާރުގެ ބަހުން ބުނާ ނަމަ އެކަމުގެ "ހިޕޮކްރަސީ" އާއި މެދު ހިތަށް އެރުމަށް ފަހުގައެވެ.

މިނިސްޓަރ ވިދާޅުވާތީ އަޑު އެހީމެވެ. ހާރިޖީ ގުޅުންތަކަށް އަސަރު ކުރާ ވަރުގެ ހަބަރެއް ވެއްޖިއްޔާ، "ގައުމަށް ޓަކައި" އެ ހަބަރު ނުލިޔުން ރަނގަޅެވެ. މާތް މަނިކުފާނެވެ. މަނިކުފާނު ޚާރިޖީ ވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިން މި ދައުރުގައި ޚާރިޖީ ދާއިރާ އަށް ވީ ގޮތާއި އޭގެ ފަހުން ކަން ހިނގި ގޮތް މަނިކުފާނަށް އެނގިވަޑައި ނުގެން ހުންނަވާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންކޮޅެއްގެ ނެއެއްގާނީ ބަސްތަކުން މި ޤައުމަށް ކުރި އަސަރު މަނިކުފާނަށް ރޭކާ ނުލާ އޮންނާނެހެން ހިއެއް ނުވެއެވެ. ސުވާލަކީ އެ ވާހަކަ އަކީ އަޅުގަނޑުމެންގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ފޯރުވުން ކަމަށް ނުވަނީތޯއެވެ. ނުވަތަ ސިޔާދަތީ ކަންތައްތަކަަށް ބުރޫއަރާ ޒާތުގެ ކަހަލަ ވާހަކައެއްގެ ކެޓަގަރީ އަށް އެ ވާހަކަ ނުފެތެނީތޯއެވެ.

ސަރުކާރުގެ އެކްޓިވިސްޓުންގެ ފަރާތުން ރާއްޖެ އަށް ވާ ގެއްލުމަށް ލޯމަރާލުމަށް ފަހު މީޑިއާ އަށް އެޓޭކްކުރެއްވުން، މިއީ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުތޯއެވެ. އެކްޓިވިސްޓުންގެ ފަރާތުން ޤައުމަށް ލިބުނު ހުތުރު ނަމާއި، ކިލަނބުވި ޚާރިޖީ ތަސްވީރުގެ ވާހަކަ ދައްކަވަން ކެރިވަޑައި ނުގަންނަވަނީ ކީއްވެގެންތޯއެވެ؟ އެއީ ގައުމަށް ޓަކައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ޓަކައި ނުދެއްކެވި ވާހަކަ އެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

މީޑިއާތަކުން ލިޔެފައިވާ ހަބަރުތަކުގެ ސަބަބުން ކޮންމެހެން ވެސް ގުޅުން ބާއްވަން ޖެހޭ ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާ ކަމަށް އެބަ ވިދާޅުވެމެވެ. ފާޅުގައި އަވަށްޓެރި ޤައުމުތަކުގެ ވެރިންނަށް ހަޖޫޖެހުން މަނިކުފާނަށް އޯކޭތޯއެވެ؟

މަނިކުފާނެވެ. ގައުމުތަކާ އޮންނަ ގުޅުމަށް އަަސަރު ނުކުރާ ގޮތަށް އުޅުމަށް ފުރަތަމަ ނަސޭހަތް ދޭންވީ ބޭފުޅުން ތިބީ ސަރުކާރު ފަޑީގައެވެ. ފުރަތަމަ ފަށަންވީ އެ ހިސާބުންނެވެ. މީޑިއާތަކުގެ ގިރުވާނުގައި ހިފަންވާނީ އޭގެ ފަހުން ނޫންތޯއެވެ.

ފޮރިން މިނިސްޓަރމީޑިއާޤައުމުގެ ސިޔާދަތީ ކަންތައްތައްއެކްޓިވިސްޓުންގައުމުތަކާއި އޮންނަ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން

ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން

31 އޮކްޓޯބަރު 2025
މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން, އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން, އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

30 ސެޕްޓެމްބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ މެޑަލް އަދި ރޭސް ކިޓް ދައްކާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ މެޑަލް އަދި ރޭސް ކިޓް ދައްކާލައިފި

01 ސެޕްޓެމްބަރު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު