Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސަރުކާރުގެ ޚިޔާނާތް

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ބޭރު ބަޔަކަށް ދިނުމުގައި ކޮރަޕްޝަން ނޫން ދެން އޮތީ ކޮން ސަބަބެއް ތޯއެވެ؟

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގަން ބޭރު ބަޔަކަށް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަމުގައި އޮތިއްޔާ އޮންނާނީ، އެންމެ ސަބަބެކެވެ. އެއީ މިކަމުން ސަރުކާރުގެ ވެރިންނަށް ލިބޭނެ ބޮޑެތި މަންފާތަކެވެ!

ރާއްޖެ އެމްވީ | 5 ޖުލައި 2025 | ހޮނިހިރު 09:28
އާ ޓާމިނަލް ހުޅުވުމުގެ ކުރިން ޕެސެންޖަރ ބޯޑިންގ ބްރިޖް ގެ މޮކް ޓްރައިއަލްސް ކުރިއަށް ގެންދަނީ... ޕެސެންޖަރު ބޯޑިން ބްރިޖް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭނުން ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައެވެ.

އާ ޓާމިނަލް ހުޅުވުމުގެ ކުރިން ޕެސެންޖަރ ބޯޑިންގ ބްރިޖް ގެ މޮކް ޓްރައިއަލްސް ކުރިއަށް ގެންދަނީ... ޕެސެންޖަރު ބޯޑިން ބްރިޖް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭނުން ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައެވެ.

ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްޤީ ކުރި ބިޔަ އަދި ފުރިހަމަ ޓާމިނަލް ނިންމައި، މި އަންނަ މިނިވަން ދުވަހު އެތަން ހުޅުވަން ތައްޔާރު ވަމުންދާ ކަމީ އެ މަޝްރޫއުގައި ބައިވެރިވި މީހުންނަށާއި ދިވެހި ކޮން ރައްޔިތަކަށް ވެސް ލިބޭނެ ވަރަށް އުފާވެރި ޚަބަރެކެވެ.

އެ އުފަލުގައި ހުއްޓާ ދެން އެކަމާ ގުޅިގެން އައި ޚަބަރުން ސިއްސައިގެން ދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާއި ކުރެވުނު އުފާވެރި އިހްސާސް ފިލައި ހިނގައްޖެއެވެ.

Advertisement - businessAdvertisement

އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންމެވެސް މުހިންމު ތަނެއް އަޑި ނޭނގޭ ޑީލެއްގެ ދަށުން ބޭރުގެ ބަޔަކަށް ދޫކޮށްލަން އުޅޭ ހަބަރެވެ.

ކަމުގެ އެކޮޅު މިކޮޅު ބަލައިލި އިރު، ވެގެން މި އުޅޭގޮތް ސާފުވިއިރު ކަމަކު ދާކަށް ނެތެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕްރައިވެޓް ޖެޓްތަކަށް ހިދުމަތް ދިނުމަށް ހެދި، ވީއައިޕީ ޓާމިނަލް ބޭރުގެ ބަޔަކަށް ދިނުމުގެ ކަންކަން ސަރުކާރުގެ ތެރެއިން ސިއްރުން އެބަ ކުރެއެވެ.

ދެނީ ދުބާއީގެ ޖެޓެކްސް ކިޔާ ކުންފުންޏަކަށެވެ.

ދެނީ 25 އަހަރުގެ މުއްދަތަކަށެވެ.

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި އެއާޕޯޓަށް ޖައްސާ ޖެޓުތަކަށް ތެޔޮ ވިއްކުމާއި ގްރައުންޑް ހޭންޑްލިންގެ ހުރިހާ ޚިދުމަތެއް މިއާ އެކު ދެން ދޭނީ ޖެޓެކްސް ކުންފުނިންނެވެ.

އަދި، އެއާޕޯޓުގައި އިތުރު އާ ވީއައިޕީ ޓާމިނަލަކާއި، ފްލައިޓުތައް ޕާކު ކުރުމަށް ބޭނުންވާ ރޭމްޕު އެޅުމަށް އެއަރޕޯޓުން 10،000 އަކަމީޓަރުގެ ބިމެއް އެ ކުންފުންޏަށް މި ޑީލުގެ ދަށުން ދޭންޖެހެއެވެ.

މީގެ އިތުރުން، ޖެޓެކްސްގެ ޖެނެރަލް އޭވިއޭޝަން ފްލައިޓުތައް ޕާކު ކުރުމަށް ބޭނުންވާ ރޭމްޕު އެޅުމަށް 10،000 އަކަމީޓަރުގެ ބިމެއް ވެސް ދޭން ޖެހެއެވެ.

ޑިމާންޑު ބޮޑުވާ ވަގުތު ތަކުގައި ބޭނުން ކުރެވޭ ގޮތަށް އިތުރު ފްލައިޓް ޕާކިން ޖާގަ ހަމައްސައިދޭން ވެސް ޖެހެއެވެ.

އަދި ނިމުނީ އެއް ނޫނެވެ. ޖެޓުތަކަށް އަޅާ ތެޔޮ އެމްއޭސީއެލް އިން ޖެޓެކްސް އަށް އެކްސްކްލޫސިވްކޮށް ސަޕްލައިކޮށްދިނުމުން، ޖެޓުތަކަށް ތެޔޮ ވިއްކާނީ ޖެޓެކްސް ކުންފުނިންނެވެ.

އަޖައިބެކެވެ. ވަރުގަދަ ޖެޓެކްސް އެއް ތާއެެވެ. މިދެންނެވީ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރު ވެސް އެއަރޕޯރޓުގައި ދެމުން އަންނަ ޚިދުމަތްތަކެވެ. މިއީ ވެލާނާ އިންޓަރަނޭޝަނަލް އެއަރޕޯޓް ހިންގައިގެން ސަރުކާރަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ ހިދުމަތްތަކެވެ. އެކަމަކު މި ނުބައި ޑީލުގެ ދަށުން އެމްއޭސީއެލްގެ ތެރޭގައި މި އުފެދެނީ އަދި މާ ވަރުަގަދަ އެމްއޭސީއެލް އެކެވެ.

މިވަރު ބޮޑު ކަމެއް، އަދި ދިވެހިރާއްޖެ އަށް އެތައް މިލިއަން ޑޮލަރު ފައިދާވަމުން އަންނަނަނިކޮށް، އަދި އައު ޓާމިނަލް ހުޅުވުމާއެކު ފައިދާ އެތައް ގުނައަކުން އިތުރުވެގެން ދާނެ ކަމަށް ބެލޭއިރު، މިކަންކަން ބޭރު ބައެއްގެ އަތްމަޗަށް ދޫކޮށްލަން ސަރުކާރުން މި އުޅެނީ، ކީއްވެތޯ ސުވާލު އުފެދުނެވެ.

މިހެންވެ، މިފަދަ ކަންކަމުގެ ތަޖުރިބާ ހުރި ބައެއް ބޭފުޅުންނާ ގުޅައި، މިކަމާމެދު ވާހަކަ ދައްކާލީމެވެ.

އެއަރޕޯޓްސް ކުންފުނީގެ ޑިރެކްޓްރުންގެ ބޯޑުގެ މެންބަރުކަން ކުރިން ދެ ފަހަރެއްގެ މަތިން ކުރައްވައިފައިވާ ބޭފުޅަކު ވިދާޅުވީ، ވީއައިޕީ ޓާމިނަލް ހިންގޭނެ ޤާބިލުކަން އެއަރޕޯޓްސް ކުންފުނީގައި ހުންނާނެ ކަމަށާއި، މުވައްޒަފުންވެސް ތައްޔާރުކުރެވިފައި ވާނެ ކަމަށެވެ. އަދި، ސަރުކާރުން މިކަން މިގޮތައް ކުރަން ޖެހޭ ގަބޫލު ކުރެވޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށެވެ.

"ވީއައިޕީ ޓާމިނަލް ވެސް އަދި މުޅި އެއަރޕޯޓް ނިމުނީމަވެސް ހިންގޭނެ ފެންވަރު އެމް.އޭ.ސީއެލް ގައި ހުންނާނެ. މުޅި ޕްރޮޖެކްޓް ފެށުމާއެކު ބޮޑު އެރޕޯޓް ފުލްކޮށް އޮޕަރޭޓް ކުރެވޭ ވަރަށް ހިއުމަން ރިސޯސް ޑިވެލޮޕް ކުރަމުން، މީހުން ޓްރެއިން ކުރަމުން ރެޑީވަމުން އައީ. އެހެންވިމާ، އެތަނުން އެއްވެސް ތަނެއް ބޭރު ޕާޓީ އަކަށް ދޭން ޖެހޭ ސަބަބެއް ނެތް،" ކަމަށް އޭނާ ވިދާޅުވިއެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، އެއަރޕޯޓްސް ކުންފުނިން ބަރާބަރަށް ކުރަމުން ދިޔަ ކަމެއް ކުރުމަށް ޓަކައި، އަދި ހަދާ ނިންމައިފައި ހުރި ތަނެއް އެހެން ބަޔަކަށް ދޫކޮށްލަން އުޅޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އެމް.އޭ.ސީއެލް އިން މިހާރުވެސް ބަރާބަރަށް ދެމުންގެންދާ ޚިދުމަތްތަކެއް އެހެން ބަޔަކާ ހަވާލު ކުރަން މި އުޅެނީ. އަނެއްކާ، މި ތަން މިހުރީ ހަދާ ނިންމާފައި. އެމީހުން އިންވެސްޓް ކޮށްގެން ހަދަންޖެހޭ ތަނެއް ނޫން. އިންތިހާ އަށް ފައިދާވާ ތަނެއް. ގައިމު ތަން ތަރައްޤީ ކުރާނެ ފައިސާ ނެތިގެން ނުވަތަ ނުހިންގިގެން ދޭކަށް ނުޖެހޭނެ މިހާރު." އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ޖީ.އެމް.އާރަށް ދިނީ މުޅި އެއަރޕޯޓް ޑިވެލޮޕް ކޮށްގެން ހިންގަން. އެ ވެދާނެ އަމިއްލަ އަށް އެކަން ކުރަން އޭރު ކެޕޭސިޓީ ނެތީމަ ކަމަށްވެސް. މިހާރު މި ދައްކަނީ ދިވެހިންގެ ނަންމަތީގައި ލޯނު ނަގައިގެން ހަދާ ނިންމާފައި ހުރި ތަނެއްގެ ވާހަކަ. އެހެންވީމާ، އެމީހުންނަށް ދޭން އުޅޭ ސަބަބާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ" އޭނާ އިތުރަށް ވިދާޅުވިއެވެ.

މިހާހިސާބުން ހިޔާލަށް އައީ 2 ކަމެކެވެ:

ފުރަތަމަ ކަމަކީ، ބޭރުގެ ބަޔަކަށް މިފަދަ މުހިންމު ކަމެއް ދޫކޮށްލާން ވާނީ، އެކަމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމު ކުރެވޭނެ ފެންވަރު ސަރުކާރުގައި ނެތް ހާލަތެއްގައި، އަމިއްލަ ފައިސާ އިންވެސްޓް ކޮށްގެން އެފަދަ ވަސީލަތްތައް ޤާއިމު ކުރާނެ ބަޔަކަށެވެ.

މިކަމުގައި، އެތަން އިމާރާތް ކުރާކަށް ނުޖެހެއެވެ. އެ ހުރީ ހަދައި ނިމިފައެވެ. ބޭރު ބައެއްގެ އިންވެސްޓްމަންޓެއް ބޭނުމެއް ނުވެއެވެ.

ދެވަނަ ކަމަކީ، ބޭރުގެ ބަޔަކަށް މިފަދަ ހިދުމަތެއް ދިނުމަށް ޓަކައި ދޫކޮށްލާން ވާނީ، އެކަން ކުރުމުގެ ޤާބިލުކަން ދިވެހި ކުންފުނިތަކުގެ ނުވަތަ ދިވެހިންގެ ކިބައިގައި ނެތް ނަމައެވެ. ނުވަތަ ދިވެހިންނަށް ނުކުރެވޭނެ ވަރުގެ މަސައްކަތަކަށް ވާ ނަމައެވެ.

މިކަމުގައި، އެމީހުން ވަކި މޮޅަށް ކުރާނެ ކަމެއް ނެތެވެ. ދިވެހިން ތިބީ ތައްޔާރު ވެފައެވެ. މިހާރުވެސް އެ ހިދުމަތްތައް ދެމުން ގެންދަނީ ހުނަރުވެރި ދިވެހިންނެވެ. އެކަން ކުރާކަށް ބޭރު ބަޔަކު ބޭނުމެއް ނުވެއެވެ.

ކޮންމެއަކަސް، މިހާ ހިސާބުން މި ޔަގީންވީ، އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގަން ބޭރު ބަޔަކަށް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމެވެ. އެކަމުގައި އޮތިއްޔާ އޮންނާނީ، އެންމެ ސަބަބެކެވެ. އެއީ، ސަރުކާރުގެ ވެރިންގެ ކޮރަޕްޝަނެވެ. އެ މީހުންގެ ޖީބުތަކަށް ވާންނާނެ ފައިސާގެ ބޮޑެތި އަދަދުތަކެވެ. އެ ނޫން އެއްވެސް ސަބަބެއް މިކަމުގައި އޮތް ކަމަކަށް ހަމަ ބުއްދީން ވިސްނާއިރު ފެންނާކަށް ނެތެވެ.

އެކަމަކު ދިވެހިންްގެ އެއަރޕޯޓު ޖެޓެކްސް އަށް ދީގެން ހަމަ ތިބެންވީތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގެ މަތިންދާ ބޯޓެއްގެ ހެވީ މެއިންޓެއިނަންސް ކުރުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ވިލާ އެއަރ އަށް!

ބޭރުގެ މަތިންދާ ބޯޓެއްގެ ހެވީ މެއިންޓެއިނަންސް ކުރުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ވިލާ އެއަރ އަށް!

26 ޑިސެމްބަރު 2019
ރަޖިސްޓްރީނުކޮށް މުދާ އެތެެރެކޮށް އަދި ބޭރުކުރާނަމަ ފީ ނަގާ އުސޫލަށް ބަދަލު ގެނެސްފި

ރަޖިސްޓްރީނުކޮށް މުދާ އެތެެރެކޮށް އަދި ބޭރުކުރާނަމަ ފީ ނަގާ އުސޫލަށް ބަދަލު ގެނެސްފި

23 ޑިސެމްބަރު 2019
ސްރީލަންކަން އެއަރލައިންސްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލަނީ

ސްރީލަންކަން އެއަރލައިންސްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލަނީ

16 އޮކްޓޯބަރު 2018
ޑިމާންޑާއި އެއްވަރަށް ތެޔޮ ބޭރުކުރެވޭނެ: ސަޢޫދީ

ޑިމާންޑާއި އެއްވަރަށް ތެޔޮ ބޭރުކުރެވޭނެ: ސަޢޫދީ

20 އޯގަސްޓު 2018
ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ

ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ

02 ޖުލައި 2018

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު