Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވިލާ އެއަރ

ބޭރުގެ މަތިންދާ ބޯޓެއްގެ ހެވީ މެއިންޓެއިނަންސް ކުރުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ވިލާ އެއަރ އަށް!

26 ޑިސެމްބަރު 2019 | ބުރާސްފަތި 16:03

މި ބޯޓު އައިސްފައިވަނީ މިއަދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 16:03
ރާއްޖެ އައިސްފައިވާ މަތިންދާ ބޯޓު

ރާއްޖެ އައިސްފައިވާ މަތިންދާ ބޯޓު

ރާއްޖެއިން ބޭރުގެ މަތިންދާބޯޓެއްގެ ހެވީ މެއިންޓެއިނަންސް ކުރުމަށް ފުރަތަމަ ފަހަރަށް ވިލާ އެއަރ އަށް ލިބިއްޖެއެވެ.

ވިލާ އެއަރ އިން މިކަމާގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލާ އެއަރޕޯޓް މާމިގިލީގައި ހިންގާ މެއިންޓެއިނަންސް ރިޕެއަރ އެންޑް އޯވަރހޯލް ފެސިލިޓީގައި މަތިންދާބޯޓުގެ ހެވީ މެއިންޓެއިނެންސް އެއް ކުރުމަށްޓަކައި ސްރީލަންކާގެ ޗާޓަރ އެއަރލައިނެއް ކަމަށްވާ ފިޓްސް އޭވިއޭޝަންގެ ATR72-202 ގެ މަތިންދާ ބޯޓެއް ސްރީލަންކާގެ ރަތުމަލާނާ އެއަރޕޯޓުން ފުރައިގެން ސީދާ ވިލާ އެއަރޕޯޓް މާމިގިއްޔަށް ގެނެސްފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ މަތިންދާބޯޓެއްގެ ހެވީ މެއިންޓެއިނަންސް ކުރުމުގެ ފުރުޞަތު ރާއްޖޭގެ ފަރާތަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މި ޝަރަފު ލިބުނީ ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ސްރީލަންކާގަ ރަޖިސްޓްރީކޮށްގެން އުދުހޭ މަރުކާގެ މަތިންދާބޯޓުތަކުގައި ހެވީ މެއިންޓެއިނެންސް ކުރުމުގެ ހުއްދަ، އެ ފަރާތުން އައިސް އިންސްޕެކްޓް ކުރުމަށްފަހު އެ ކުންފުނީގެ މެއިންޓެއިނެންސް ރިޕެއަރ އެންޑް އޯވަރހޯލް ފެސިލިޓީ އަށް ދިނުމާއި ގުޅިގެން ކަމަށް ވިލާ އެއަރ އިން ބުނެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް ހުޅުވުނު އިތުރު ފުރުޞަތެއް ކަމަށާއި ރާއްޖޭގެ ވައިގެ ދަތުރުފަތުރު ފުޅާކޮށް ތަރައްޤީކޮށް، އެކަމަށް ބޭނުންވާ މީހުން ތަމްރީނުކޮށް އެފަދަ ފެސިލިޓީތައް ރާއްޖޭގައި ޤާއިމުކުރުމަކީ އެ ކުންފުނީގެ ތަޞައްވަރުގެ ތެރެއިން މީގެ އެއް އަހަރު ކުރިން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އަދި އެ ކުންފުނީގެ ޢަމާޒަކީ ވިލާ އެއަރގެ މެއިންޓެއިނަންސް ރިޕެއަރ އެންޑް އޯވަރހޯލް ފެސިލިޓީ އަކީ އެ ޞަރަޙައްދުގަ އުދުހޭ އެފަދަ މަތިންދާ ބޯޓުތަކަށް ޚިދުމަތްދޭ ތަންތަނަށް ހަދައި، ދިވެހި އިންޖިނިއަރުންނަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށް ވިލާ އެއަރ އިން ބުނެއެވެ.

ސްރީލަންކާ އިން ފުރައިގެން ވިލާ އެއަރޕޯޓް މާމިގިއްޔަށް އެ ބޯޓު އައުމަށް ބޭނުންވާ ހުއްދަ ދީ، އެކަމަށް ބޭނުންވާ އެންމެހާ ކަންތައްތައް ފަހިކޮށްދިން ކަމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކަސްޓަމްސް އަދި އިމިގްރޭޝަނަށް ވިލާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

10 މާރިޗު 2019

މަންތާ އެއަރގެ ތިން ވަނަ މަތިންދާ ބޯޓް ގެނެސްފި

10 މާރިޗު 2019
މަންތާ އެއަރގެ ތިން ވަނަ މަތިންދާ ބޯޓް ގެނެސްފި
17 ޑިސެމްބަރު 2018

މަންތާ އެއަރގެ ދެވަނަ މަތިންދާ ބޯޓް ގެނެސްފި

17 ޑިސެމްބަރު 2018
މަންތާ އެއަރގެ ދެވަނަ މަތިންދާ ބޯޓް ގެނެސްފި
12 ނޮވެމްބަރު 2018

މަންތާ އެއަރގެ ފުރަތަމަ މަތިންދާ ބޯޓް މާދަމާ ރާއްޖެ ގެންނަނީ!

12 ނޮވެމްބަރު 2018
މަންތާ އެއަރގެ ފުރަތަމަ މަތިންދާ ބޯޓް މާދަމާ ރާއްޖެ ގެންނަނީ!
07 ޖޫން 2018

އެމިރޭޓްސްއިން ކުޑަދޮރު ނެތް މަތިންދާ ބޯޓާ ދިމާލަށް

07 ޖޫން 2018
އެމިރޭޓްސްއިން ކުޑަދޮރު ނެތް  މަތިންދާ ބޯޓާ ދިމާލަށް
07 އެޕްރީލު 2018

12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި

07 އެޕްރީލު 2018
12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި
27 ނޮވެމްބަރު 2017

ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!

27 ނޮވެމްބަރު 2017
ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!
12 ނޮވެމްބަރު 2017

މޯލްޑިވިއަންއިން ޑޭޝް 8ގެ މަތިންދާ ބޯޓެއް ގެންނަނީ

12 ނޮވެމްބަރު 2017
މޯލްޑިވިއަންއިން ޑޭޝް 8ގެ މަތިންދާ ބޯޓެއް ގެންނަނީ
10 އޮކްޓޯބަރު 2017

މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި

10 އޮކްޓޯބަރު 2017
މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް