Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އިސްރާާއީލް

ޓްރަމްޕާ ބައްދަލު ކުރައްވަން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވަނީ

މިއީ ދެ ވަނަ ދައުރަކަށް އެމެރިކާގެ ރަައީސް ކަމުގެ މަޤާމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ތިން ވަނަ ފަހަރުއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖުލައި 2025 | އަންގާރަ 07:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި ބައްދަލު ކުރައްވަނީ

ޣައްޒާ ހަނގުރާމަ ހުއްޓާލައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވަމުން އަންނަ ދަނޑިވަޅެއްގައި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަަމަށެވެ. އަދި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވަމުން އަންނަ މި ދަނޑިވަޅުގައި ނަތަންޔާހޫ ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލް އިން ޣައްޒާގައި ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ. އަދި ޓްރަމްޕްގެ ފަރާތުން، ހަނގުރާމަ ހުއްޓުވުމަށް ނަތަންޔާހޫ އަށް އިތުރަށް ބާރު އަޅުއްވާނެ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

މިއީ ދެ ވަނަ ދައުރަކަށް އެމެރިކާގެ ރަައީސް ކަމުގެ މަޤާމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ. އެކަމާ ގުޅޭ ގޮތުން ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ އެންމެ އިސް އަމާޒަކީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުން ކަމަށެވެ.

މީގެ އިތުރުން ނަތަންޔާހޫ އެމެެރިކާ އަށް ވަޑައިގެންނެވުމުގެ ކުރިން، އިސްރާއީލްގެ ސްޓްރެޓެޖިޖް އެފެއާޒް މިނިސްޓަރު ރޮން ޑަމާ އެމެރިކާ އަށް ވަޑައިގެން، ނަތަންޔާހޫގެ ދަތުރުފުޅާ ގުޅޭ ކަންކަމާ މަޝްވަރާކޮށް، މަގު ފަހި ކުރާނެ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.  

ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫޣައްޒާ ހަނގުރާމައިޒްރޭލްއެމެރިކާ-އިސްރާއީލުގެ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު