Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބީއެމްއެލުން ފީ އެއް ނެގުން

މާދަމާއިން ފެށިގެން ޓެމޫފަދަ ސައިޓުތަކުން ވިޔަފާރި ކުރާނަމަ ފީއެއް ނަގަނީ

މިބަދަލާއެކު 200 ޑޮލަރުގެ (3084 ރުފިޔާ) ވިޔަފާރިއަކަށް ބީއެމްއެލްއަށް 60 ޑޮލަރު (925.2 ރުފިޔާ) ދައްކަން ޖެހޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖޫން 2025 | ހޯމަ 05:38
ބީއެމްއެލް ކާޑުން ވިޔަފާރި ކުރަނީ

ބީއެމްއެލް ކާޑުން ވިޔަފާރި ކުރަނީ

ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރި ކުރަމުންދާ ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާނަމަ އަންގާރަ ދުވަހުން ފެށިގެން 30 އިންސައްތަ ފީ އެއް ނެގުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ.

ކުއްލި ގޮތަކަށް ހޯމަ ދުވަހު ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށް މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކޮށް ބީއެމްލުން ބުނީ، މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސް ޑޮލަރު ކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ، ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.

އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެ ކަމަށް އެބޭންކުން ބުނެއެވެ.

މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނޭ ކަމަށާއި، ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށް ކަމަށެވެ. އަދި ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށެވެ.

ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރި ކުރަމުންދާ ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާނަމަ ބޮޑު ފީއެއް ބީއެމްއެލުން ނަގަން ނިންމުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރުގެ އިތުރުން ބީއެމްއެލްއަށް ވަނީ އަމާޒުވެފައެވެ. ކާޑުތަކުގެ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް ބުނެ އެ ބޭންކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިބަދަލާއެކު 200 ޑޮލަރުގެ (3084 ރުފިޔާ) ވިޔަފާރިއަކަށް ބީއެމްއެލްއަށް 60 ޑޮލަރު (925.2 ރުފިޔާ) ދައްކަން ޖެހޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއޮންލައިން ވިޔަފާރިޓެމޫޑެބިޓް ކާޑުފީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު