Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލީ ހިސާބުތައް ހާމަ ނުކުރުން

ދައުލަތުގެ މާލީ ހިސާބުތައް ދޮގާއި ނުލާ ރައްޔިތުންނަށް މި ވަގުތު އެބަ އެނގެން ޖެހޭ - މީކާއިލް

ދުރާލާ ރާއްޖެއިން ތައްޔާރުވެ ރައްޔިތުންނަށް ތެދު ހާމަކުރަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ޖޫން 2025 | އަންގާރަ 08:23
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ދައުލަތުގެ މާލީ ހިސާބުތައް ދޮގާއި ނުލާ ރައްޔިތުންނަށް މި ވަގުތު އެބަ އެނގެން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތި ވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިޔާލާ ފިޔަވަޅުތައް އަޅާންވެއްޖެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސްކުރައްވަމުންނެވެ. މާލީ ހިސާބުތައް ހާމަ ނުކުރުމަކީ މި ވަގުތު ހެދޭނެ ގޯހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

Advertisement - newsAdvertisement

" މިއީ ވަކި ޕާޓީ އަކަށް އޮތް ހާލަތެއް ނޫން. އަޅުގަނޑު ވަރަށް އުފާކުރަން މިއީ މުހިންމު ކަމެއް ކަމަށް ޤަބޫލުކޮށް މި މައްސަލަ ބަލައިގަތީތީ ވެސް. އެންމެ މުހިންމީ ތެދު ހެދުން. ރައްޔިތުންނަށް ތެދު ހެދުން." މީކާއިލް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ބަލައިގަނެފައި ވަނީ 45 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ.

މި ވަގުތު މަޖިލީހުގެ މަސްޢޫލިއްޔަތާއި ޒިންމާ ވަރަށް ބޮޑު ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. ޑޮލަރުގެ ރިޒާވް ހުރި މިންވަރު މިވަގުތު މަޖިލީހަށް އެނގެން ޖެހޭ ކަމަށާއި ހަފްތާއަކުން ހަފްތާއަކުން ނަމަވެސް އެކަން މަޖިލީހުން މޮނިޓަރކުރަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތި ވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިޔާލާ ފިޔަވަޅުތައް އަޅަންވެއްޖެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހަޅާފައި ވަނީ އަންގާރަ ދުވަހުއެވެ.

އެ ޤަރާރުގައި ބުނެފައި ވަނީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން ހަމަލާތައް ދޭން ފަށާފައިވާ ކަމަށާއި މެދުއިރުމަތީގައި މިހާރު ހަނގުރާމައެއް ހިނގަމުންދާ ހިނދު އަދި އެ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރިފައިވާ ކަަމަށެވެ. އަދި އެތަކެއް ދުވަސްތަކަކަށް ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ފުރުސަތު އެބަ އޮތްކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ދުރާލާ ރާއްޖެއިން ތައްޔާރުވެ ރައްޔިތުންނަށް ތެދު ހާމަކުރަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އަހުމަދު ނަސީމްގަލޮޅު ދެކުނު ދާއިރާދައުލަތުގެ މާލީ ހިސާބުތައްއީރާން-އިސްރާއީލު ހަނގުރާމަ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭތީ މަޖިލީހަށް ގަރާރެއް

26 ނޮވެމްބަރު 2025
ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭތީ މަޖިލީހަށް ގަރާރެއް
25 ނޮވެމްބަރު 2025

"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "

25 ނޮވެމްބަރު 2025
"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "
04 ނޮވެމްބަރު 2025

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2025

ސަރުކާރުގެ ޑިފެންސަށް ނުކުންނެވި ޑިފެންސް މިނިސްޓަރަށް މީކާއީލް ގެ ވަރުގަދަ ސުވާލުތަކެއް

17 ސެޕްޓެމްބަރު 2025
ސަރުކާރުގެ ޑިފެންސަށް ނުކުންނެވި ޑިފެންސް މިނިސްޓަރަށް މީކާއީލް ގެ ވަރުގަދަ ސުވާލުތަކެއް
14 ސެޕްޓެމްބަރު 2025

މިސަރުކާރުން އަމިއްލަ ވިޔަފާރިތައް ފުނޑާލުމަށް މަސައްކަތް ކުރަނީ ވައްކަން ކުރަން: މެންބަރު މީކާއީލް

14 ސެޕްޓެމްބަރު 2025
މިސަރުކާރުން އަމިއްލަ ވިޔަފާރިތައް ފުނޑާލުމަށް މަސައްކަތް ކުރަނީ ވައްކަން ކުރަން: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު