Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސަރުކާރުގެ ވައްކަން

މިސަރުކާރުން އަމިއްލަ ވިޔަފާރިތައް ފުނޑާލުމަށް މަސައްކަތް ކުރަނީ ވައްކަން ކުރަން: މެންބަރު މީކާއީލް

އަމިއްލަ ވިޔަފާރިތައް ފުނޑާލުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 10:17
 ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމިއްލަ ވިޔަފާރިތައް ފުނޑާލުމަށް މަސައްކަތް ކުރަނީ ވައްކަން ކުރަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މެންބަރު މީކާއީލް ވިދާޅުވީ މި ސަރުކާރުން އަމިއްލަ ވިޔަފާރީގެ ތެރެއަށް ވަދެ ފުޅާ ކުރަމުންދާ ކަމަށާއި، އަމިއްލަ ވިޔަފާރިތައް ފުނޑާލުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އަމިއްލަ ވިޔަފާރި ފުނޑާލުމަށް މިސަރުކާރުން މަސައްކަތް ކުރަނީ ވައްކަން ކުރަންކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއަށް ބޭސް އެތެރެ ކުރަމުންދިޔައީ އެސްޓީއޯއިން ކަމަށާއި، ބޭސް ގެނައުމަށް ވަކި ކުންފުޏެއް އުފެއްދީ ވައްކަން ކުރުމަށް ކަމަށެވެ. އަދި ސަރުކާރުން ތަފާތު ކުންފުނިތައް އުފައްދަމުން ދަނީ ވަރަށް ރޭވުންތެރިކަމާއެކު، ހީލަތްތެރިކަމާއެކު ވައްކަން ކުރަން ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.

ދެން އަޅުގަނޑަށް ފާހަގަވާ ގޮތުގައި އެހައި ބޮޑަށް ސަރުކާރުގެ ވިޔަފާރި ބޮޑުކުރަން އަމިއްލަ ވިޔަފާރިތައް ފުޑާލަން ދިމާކުރަނީ ހަމަ ވައްކަން ކުރަން އެނގޭތޯ. ސަރުކާރުގެ ވިޔަފާރި ބޮޑުވި ވަރަކަށް ސަރުކާރުން ވިޔަފާރިތަކަށް ވަންނަ ވަރަކަށް ޕްރޮކިއުމަންޓްގެ މަސައްކަތްތައް ހިނގާނެ. އެހެންވީމަ އެލިބެނީ ވައްކަން ކުރާނެ ފުރުސަތު. އެލިބެނީ ކަޓު ހޯދާނެ ފުރުސަތު އެނގޭތޯ. އެލިބެނީ އެއްކަލަ މުލިޔާގެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވާ އިނާއަތްތަކަށް އެއްކުރާނެ ފައިސާކޮޅު އެއްކުރާނެ ފުރުސަތު އެނގޭތޯ. ރައްޔިތުންނަށް އައިނު ނުލިބެނީއޭ ކިޔާފައި އައިނު ފިހާރައެއް ވެސް ހުޅުވައިފި އެނގޭތޯ. އެއީ ވެސް ކަޓު ހޯދުމުގެ ފުރުސަތު. އަނެއްކާ ވެސް ބޭސް ކުންފުންޏެއް އުފައްދަވައިފި. އެވެސް ކަޓު ހޯދަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް

މެންބަރު މީކާއީލް ވިދާޅުވީ ކޮވިޑް-19ގައި ދުނިޔޭގެ ހުރިހާ ގައުމެއް ބަންދުވެފައިވާއިރު، ރާއްޖޭގެ ރައްޔިތުންނަށް ދަތިނުވާ މިންވަރަށް މިސަރުކާރުގައި ދަތިވެފައިވާ ކަމަށެވެ. އިގްތިސާދު ރަނގަޅު ކަމަށާއި، މިސަރުކާރުގެ ހާރިޖީ ސިޔާސަތު ވަރަށް ހަރުދަނާވެފައި، ގައުމުތަކާ ގާތްގުޅުމެއް އެބައޮތް ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވާ ކަމަށެވެ. އެގައުމުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެއްވެސް ދައްޗެއް ކުރިމަތިނުވާ ކަމުގެ ޔަގީންކަން ސަރުކާރުގެ ބޭފުޅުން ދެއްވާ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުންނަށް ދަތިވެ ދިރިއުޅުން އުދަނގޫވެފައިވާ ކަމަށާއި، ގައުމުގެ ކަންކަން މެނޭޖްނުކުރެވުމުން ސުވާލު އުފެދޭ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުމީކާއީލް އަހުމަދު ނަސީމްއާއްމު ވިޔަފާރިތައްއެސްޓީއޯގަލޮޅު ދެކުނު ދާއިރާދައުލަތުގެ ވިޔަފާރި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު