Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދުލު އިންސާފުގެ ނިޒާމު

ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭތީ މަޖިލީހަށް ގަރާރެއް

ކޯޓުތަކުން ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 11:13
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ކޯޓުތަކުން މީހުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

Advertisement - newsAdvertisement

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެ މުހިއްމު މުއައްސަސާތައް ކަމުގައިވާ ކޯޓުތަކުން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލުކުރަމުންދާ ކަން ނުހަނު ބޮޑަށް ފާހަގަވާން ފަށާފައިވާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭގައި، މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެން ކުއްޖަކު ޒަޚަމްތަކަކާއެކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައި ހައްޔަރުކުރި މީހުންގެ ބަންދަށް އެންމެ ތިން ދުވަސް ދިން ކަން ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން އެ ގަރާރުގައި ބުނީ އެމްޑީޕީ އިން އިސްނަގައިގެން އޮކްޓޫބަރު ތިން ވަނަ ދުވަހު ނުހަނު ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލޭގައި ބޭއްވި ސުލްހަވެރި އެއްވުމުގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބޭނުންކޮށް އެތައް ބަޔަކު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން 15 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މީކާއިލް ވިދާޅުވީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ވީއައިއޭ އަށް ވަދެ ބީއެމްއެލް މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން އެންމެ ފަސް ދުވަހަށް ބަންދުކުރަން އަމުރު ކުރިއިރު ހަމަ އެ ދުވަހު މާލޭގެ ކެފޭއަކުން ކެއުމަށްފަހު ބިލަށް ފައިސާ ނުދައްކާ ފިލަން އުޅުނުކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ އެކަންކުރީ ކުށެއް ކުރުމުގެ ގަސްތުގައި ނޫން ކަމާއި، ބަނޑުހައިވެގެން ކަމަށް ކޯޓުގައި ބުނުމުން ވެސް އޭނާ 10 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ކުރު މުއްދަތެއް އަދި ކުދިކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ދިގު މުއްދަތު ޖަހަމުން ދާ ކަމަށެވެ. އަދި ހަމަހަމަ ކަމާއި އިންސާފުން އެއްކިބާވެ ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީ ރައްޔިތުންނަށް އިންސާފު ލިބުމަށް ނިޒާމީ ގޮތެއްގައި ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.

މީކާއިލް މި ގަރާރު ހުށަހެޅުއްވި އިރު ހަމަ މިކަމާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މީކާއިލް ވަނީ ކުއްލި މައްސަލަ އެއް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެ ދުވަހު އެ ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރު ކޮށްލާފަ އެވެ.

އޮކްޓޫބަރު 29 ވަނަ ދުވަހު މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަތުމަށް ނިންމާ ރިޔާސަތުގައި އިންނަވާ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެހެން ނަމަވެސް މެންބަރު މީކާއިލް ފޮނުއްވާފައިވާ މައްސަލައިގައި އެ ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް ކަމަށެވެ.

މީކާއިލް އަހުމަދު ނަސީމްރައްޔިތުންގެ މަޖިލިސްއަދުލު އިންސާފުގެ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު