Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑޮލަރެއް ނާރާނެ މައްޗަކަށް، ނާރާނެ މައްޗަކަށް

ޑޮލަރުގެ އަގު މިހާރު ވަނީ އެތައް ގުނައަކަށް ބޮޑުވެފައެވެ. އަމުދުން ޑޮލަރު ލިބުންވެސް ވަނީ ދަތިވެފައެވެ. އެކަމަކު ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވަނީ ޑޮލަރުގެ އަގު މައްޗަކަށް ނާރާނެ ކަމަށެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޖޫން 2025 | ބުރާސްފަތި 13:41
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު

"ޑޮލަރުގެ އަގު މިހާރު ނާރާނެ މައްޗަކަށް. ނާރާނެ މައްޗަކަށް" މިހެން ވިދާޅުވީ އާދައިގެ މީހެއް ނޫނެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ. ވަލިއްޔުލް އަމުރެވެ. ދޮގުބަހުން ވާހަކަ ނުދެއްކުމަށާއި ސީދާ ތެދުބަހުން ވާހަކަ ދެއްކުމަށް ގޮވާލައްވަމުން ގެންދަވާ ރައީސް މުއިއްޒެވެ.

ރައީސް މިހެން ވިދާޅުވީމާ ޑޮލަރުގެ އަގު މައްޗަށް ނާރަންވީއެވެ. ލާރިދީގެން ސޯޝަލް މީޑިޔާގައި ވާހަކަ އަނބުރަން ގެންގުޅޭ ކުދިންކޮޅު މޮޅެތި ޕޯސްޓްތައް ހަދަހަދައިގެން ދައުރުކުރަންވީއެވެ. ޕްރޮޕެގެންޑާ ފަތުރަން ފައިސާ ދީގެން ގެންގުޅޭ އޮންލައިން ނޫސްތަކާއި ދައުލަތުގެ ޓީވީން އެއީ ތެދުކަމަށް ހަދާފައި ރައްޔިތުން ހައްލަންވީއެވެ. އިތުރު ގޮތެއްނެތި ކަރުދަންމަޅި ޖެހިފައިވާ ކުދިންކޮޅު މަޖިލީހުގެ ތަޅުމުގައާއި ހަރުގެ ޖަލްސާގައި އަޑަށް ބާރުލާފައި އެވާހަކަ ތަކުރާރުކޮށް ގޮވާ ނަގަންވީއެވެ.

ޑޮލަރުގެ އަގުމައްޗަށް ނުދާނެޔޭ ރައީސް މީހާ ބުނީތީ ނުދަންޏާ އެހެރީ ނުގޮހެވެ. ނޫނީ ވާ ޖަހާ އެއްސިފައެވެ. މައްޗަށް ނާރާވަރަށެވެ. އެކަމަކު ޑޮލަރެއް ގަންނާން ލިބުނިއްޔާ ލިބެނީ 19.50 އަށެވެ. ނާރައެވެ. އެއްގޮތަކަށްވެސް މައްޗަކަށް ނާރައެވެ. ޑޮލަރު މައްޗަށް އެރުން އެއްކިބައިގާ އޮއްވާ ޑޮލަރު ލިބުމަކީވެސް މިހާރު ދަތިކަމެކެވެ. އެކަމުގެ ވާހަކަ ދައްކަނީ ޑޮލަރު އެންމެބޮޑަށް ބޭނުންވާ ވިޔަފާރިވެރިންނެވެ. ރާއްޖޭގެ ރައްޔިތުންގެ މުހުތާދުތަކަށް ބޭރުން އެއްޗެހި ގެންނަ މީހުންނެވެ. އެމީހުން މުދާ ގެންނަން ޖެހެނީ ދިވެހި ފައިސާ ދީފައެއް ނޫނެވެ. ޑޮލަރު ދީފައެވެ. އެހެންކަމުން އެކަމުގައިހުރި ތާށިކަން އެންމެ ރަނަގަޅަށް ތަހައްމަލް ކުރެވޭނެ މީހުންނަކީ އެއީއެވެ.

ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ އެމެރިކާ ޑޮލަރު ކަޅު ބާޒާރުން ވެސް ނުލިބި ވިޔަފާރިވެރިންދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިން ނެރޭ ވަރަށް ކަޅު ބާޒާރަށް ޑޮލަރު ނުނެރޭތީ މި ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރެއް ނުލިބެ އެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާ ބޮޑުކޮށެވެ.

ޑޮލަރު ތަދުވެ، ވިޔަފާރިތަކަށް ހުރަސްތަކާ ކުރިމަތިވެފައި މިވަނީ ރާއްޖެއިން ބޭރުން މުދާ ގަންނަން ކުރާ ޓީޓީއަށް ބޭންކުތަކުން ދެމުންދިޔަ ޑޮލަރު ސަޕޯޓުވެސް ފަސް ޕަސެންޓަށް ދަށްކޮށްފައި ވަނިކޮށެވެ. ޑޮލަރުގެ ސަޕޯޓު ކުޑަކުރުމާ ގުޅޭ ގޮތުން ބޭންކުތަކުން ރަސްމީކޮށް އެއްވެސް ބަހެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ ޕަސެންޓު ދައްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.

ޑޮލަރުގެ ތާށިކަން ބޮޑުވެ ރިސޯޓްތަކާއި ބައެއް އެހެން ކުންފުނިތަކުންވެސް ވަނީ މުވައްޒަފުންނަށް ޑޮލަރުންދޭ މުސާރައާއި ސަރވިސް ޗާޖް ދިވެހި ރުފިޔާއިން ދޭން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ނިކަމެތި މުވައްޒަފަށް ކުރިން ލިބެމުން އައި ޖުމްލަ އާމްދަނީގެ އެތައް ގުނައެއް ވަނީ މަދުވެފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރިސޯޓް މުވައްޒަފުންނަށްޑޮލަރުން ލިބޭ މުސާރަ ކަޅު ބާޒާރަށް ވިއްކުމުން ކަޅުބާޒާރުން ޑޮލަރު ގަންނަން ހިސާބަކަށް ލިބެއެވެ. ބޭންކުތަކުން ނުލިބުނު ނަމަވެސް ވިޔަފާރިވެރިންނަށް އެޑޮލަރު ލިބެއެވެ. ތަކެތި ގަންނަން ބޭނުންވާ ޑޮލަރު އެއިން ހިސާބަކަށް ހަމަކުރެވެއެވެ. ނަމަވެސް މިހާރު ބޭންކު ތަކުން ޑޮލަރު ނުލިބި ކަޅުބާޒާރުންވެސް ޑޮލަރު ނުލިބި ރާއްޖެއިން ބޭރުން ތަކެތި ގެނައުމުގައި ވިޔަފާރިވެރިންނަށް މިވަނީ އިންތިހާއަށް ދަތިވެފައެވެ.

ޑޮލަރު ލިބުން ދަތިވެ ރާއްޖޭގެ ބާޒާރަށް ތަކެތި ނުގެނެވުމާއި ޑޮލަރު ގަންނާން ޖެހޭ އަގު ބޮޑުކަމުން އޭގެ ނުރަނގަޅު އަސަރު ރާއްޖޭގެ ބާޒާރުގެ ތަކެތީގެ އަގުތަކުން ދަނީ ބާރަށް ފެންނަމުންނެވެ. މީކީ ބުނިބުންޏޭ ނުވަތަ ޔޯލަކޮށްލާފައި ދައްކާ ވާހަކައަކަށްވުރެ އަމިއްލަ މީހާ ދުވާލަކު ނުވަތަ މަހަކު ގަންނަ ބާވަތްތަކަށް އަންނަމުންދާ ބޮޑު ބަދަލުން ހާމައަށް ފެންނާންހުރި ކަންކަމެވެ.

ކޮންމެއަކަސް ފޮނިވެލާފައި ސަރުކާރުން އެންމެ ބާރަށް ކިޔާ އެއްލަވައަކީ އިގްތިސޯދު ބޮޑުތަނުން ރަނގަޅުވި ވާހަކައެވެ. ރިޒާވަށް ބޮޑުތަނުން އިތުރުވި ވާހަކައެވެ. ރައްޔިތުންނަށް ހާއުފާވެރިކަން ހުރި ވާހަކައެވެ. ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅުގެ ސަބަބުން ހޯދި ބޮޑު ކުރިއެރުންތަކުގެ ވާހަކައެވެ. އަހަރެން މިއަކަށް ހަމަ އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. ކުޑަ އެންމެ މިސާލަކުން ރައްޔިތުންނަށް އެކަން ދޫކޮށްލާނަމެވެ. ކުރިން 45 ރުފިޔާއާއި 60 ރުފިޔާއަށް ލިބޭ ލުނބޯ ކިލޯ މިހާރު 90 ރުފިޔާއާ 120 ރުފިޔާއަށް ލިބެން ހުންނަ ހުރުމުން ލިބޭ ކުރިއެރުމާއެކު ދޫކޮށްލާނަމެވެ. ވަރަށް ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ތި ގަވާއިދެއްވެސް ބިދޭސީންގެ މައްޗަކަށް ނުހިނގާނެ"

"ތި ގަވާއިދެއްވެސް ބިދޭސީންގެ މައްޗަކަށް ނުހިނގާނެ"

26 ޖުލައި 2023
ބޭނުމީ ޑޮލަރެއް ނޫނެވެ! ދިވެހީންގެ ފުރާނައެވެ!

ބޭނުމީ ޑޮލަރެއް ނޫނެވެ! ދިވެހީންގެ ފުރާނައެވެ!

20 މާރިޗު 2020
ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

11 އޮކްޓޯބަރު 2018
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު