Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަން އުޅެނީ ރަށްތަކަށް އެެއްޗެއް ލިބުން ކަމު ނުގޮސްގެން: ފިއްޓޭ

އެގޮތުން ފާއިތުވި 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން އިނގެން އޮންނާނީ ކައުންސިލްތަކުން ކުރި ފަސް އިންސައްތައިގެ ޚަރަދު ކަމަށް ފިއްޓޭ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2025 | އަންގާރަ 06:52
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ދިވެހި ރާއްޖޭގެ އިދާރީ ދާާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެންނަނާނީ، އެ ޤާނޫނުގެ ދަށުން ރައްތަކަށް އެއްޗެއް ލިބުން ކަމު ނުގޮސްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިއްޓޭ މިހެން ވިދާޅުވީ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްވާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ފިއްޓޭ ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 15 އަހަރުން ވެގެން ގޮސްފައިވާއިރު، އެ ޤާނޫނު އެތައް ފަހަރަކު ބަދަލުކޮށްފައިވާ ކަމަށެވެ.

ޤަރާރުގައި ލިޔެފައި ނެތް ނަމަވެސް، ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ހުށަހަޅާފައިވާ ޤާރާރުގެ ބޭނުމަކީ ރަށު ކައުންސިލްތަކުގައި ތިބޭ މެމްބަރުންގެ އަދަދު މަދު ކުރުން ކަމަށް ފިއްޓޭ ވަނީ ވިދާޅުވެފަ އެވެ. ފިއްޓޭ ވިދާޅުވީ ޕީއެންސީ ފިކުރުގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު، ކައުންސިލަރުންގެ އަދަދު މަދު ކުރުމަކީ އާންމު ގޮތެއްގައި ކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ފިއްޓޭ ވިދާޅުވީ ޤަރާރުގައި މައިގަނޑު ގޮތެއްގައި އޮތީ ޚަރަދުގެ ވާހަކަތައް ކަމަށެވެ. އެގޮތުން އެ ދައްކަނީ ދިވެހި ރާއްޖޭގެ ބަޖެޓުގެ ފަސް އިންސައްތައިގެ ވާހަކަކަން ފާހަގަ ކުރައްވައި ފިއްޓޭ ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރާ ހުރިހާ ކަަމަކަށް ދައުލަތުގެ ބަޖެޓުން ދެނީ ފަސް އިންސައްތަ ކަމަށެވެ. އޭގެ ތެރޭގައި ރަށް ރަށުގެ މަގުތައް ސާފު ކުރުމާއި، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ދިނުމާއި، މަގުތައް ސާފު ކުރުން ހިމެނޭ ކަމުގަައި ފިއްޓޭ ވިދާޅުވި އެވެ.

އެގޮތުން ޤަރާރު ހުށަހަޅައިގެން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ އެ ފަސް އިންސައްތަ ވެސް ބޮޑުވެގެން ކަމުގައި ފިއްޓޭ ވިދާޅުވި އެވެ. އަދި އެކަމާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވަރަށް ކަންބޮޑުވެގެން އުޅުއްވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކައުންސިލަށް ލިބޭ ފަސް އިންސައްތަ އިން އެ ހުރިހާ ޚަރަދެއް ކުރުމަށް ފަހު، ދެން އޮންނަ އެއްޗަކުން ވެސް ބެންކޮކް ދަތުރު ކުރަނީ ކަމުގައި ފިއްޓޭ ވިދާޅުވެފައިވެ އެވެ.

ކައުންސިލްތަކަށް ދެމުން އަންނަ ފަސް އިންސައްތައިގެ ވާހަކަ ދައްކާއިރު، އެ އަދަދު ފިޔަވައި ދައުލަތުގެ ބަޖެޓުގެ ބާކީ އޮންނަ 95 އިންސައްތައިގެ ވާހަކަ ދައްކަން ޖެހޭ ކަމުގައި ފިއްޓޭ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ފާއިތުވި 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން އިނގެން އޮންނާނީ ކައުންސިލްތަކުން ކުރި ފަސް އިންސައްތައިގެ ޚަރަދު ކަމަށް ފިއްޓޭ ވިދާޅުވި އެވެ. ނަމަވެސް، އެ ބަޖެޓުގެ އަނެއް 95 އިންސައްތަ އަށް ވީ ގޮތެއް ނޭނގޭކަން ފާހަގަ ކުރައްވައި ފިއްޓޭ ވިދާޅުވީ، އޮޑިޓް ރިޕޯޓަކުން ވެސް އެކަން ފެންނަން ނޯންނާނެ ކަމަށެވެ.

އިތުރަށް ފިއްޓޭ ވިދާޅުވީ ޤަރާރު ހުށަހަޅައިގެން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ރަށްތަކަށް ލިބޭ އެއްޗަކާ މެދު ކަންބޮޑުވުން އޮވެގެން، އެކަން ކަމު ނުގޮސްގެން ކަމަށެވެ.

އަނެއް ނުވަ ދިހަ ފަސް ޕަސެންޓުގެ ވާހަކަ އަޅުގަނޑުމެން ދައްކާލަމާ ހިނގާ. އަނެއް ނުވަ ދިހަ ފަސް ޕަސެންޓަށް ވަނީ ކިހިނެއްތޯ؟ ދެހާ ސައުވީސް ވަނަ އަހަރުގެ ބަޖެޓުގެ ފަސް ޕަސެންޓު، ހަމައެކަނި އިނގޭނީ ކައުންސިލްތަކުން ކުރި ކަމެއް. ނުވަ ދިހަ ފަސް ޕަސެންޓަށް ވީ ގޮތެއް ނޭނގޭނެ ދެހާ ސައުވީސް ބަޖެޓަކުން. ދެހާ ފަންސަވީހުގެ ބަޖެޓު މިހާރު ނިމެނީ، ހަ މަހަށްވީ ނިމެން، ނޭނގޭނެ ކުރި ކަމެއް. އޮޑިޓަކުން ވެސް ނުފެންނާނެ. ހަމަ ފެންނަން އޮންނާނީ ކައުންސިލްތަކުން ކުރި ކަމެއް. މި އުޅެނީ ރަަށަކަށް އެއްޗެއް ލިބޭތީ، އެކަން ކަމު ނުގޮސްގެން. އެ ނޫން އިތުރު އެއްވެސް ކަމެއް މިޔަކު ނެތް.
ޙުސެއިން ޒިޔާދު / ވައިކަރަދޫ ދާއިރާގެ މެމްބަރު

މީގެ އިތުރުން ފިއްޓޭ ވިދާޅުވީ ކައުންސިލްތައް ނުހިނގާ ވާހަކަ އެ ޤަރާރުގައި އޮތް ނަމަވެސް، އެކަށީގެންވާ މިންވަރަށް ރަނގަޅު ގޮތުގައި ހިނގާ ކައުންސިލްތައް ހުރި ކަމަށެވެ. ޚާއްސަކޮށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާއި، ރަށް ރަށުގެ ކައުންސިލްތަކަށް އައި ބަދަލާ އެކު، އެ ރަށްތަކަށް ކުރިއެރުން ލިބިފައިވާ ކަމަށް ފިއްޓޭ ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލަރުންގެ އަަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލުމަކީ ރައީސް މުޢިއްޒުގެ ވިސްނުންްފުޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި ކައުންސިލްތަކުން ކުރަނީ ބޭކާރު ޚަރަދު ކަމަށާއި، ތަޖުރިބާ ދަތުރުގެ ނަމުގައި ދަނީ ބެންކޮކަށް ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒުގެ އެ ވާހަކަތަކާ މެދު ގިނަ ބަޔަކު ނުރުހުން ފާޅު ކޮށްފައިވާއިރު، ސަރުކާރަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު މި ޤަރާރު ހުށަހަޅާފައި މި ވަނީ ކައުންސިލް އިންތިޚާބު ބޯމަތި ވެފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު