Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނަޕޯލީ

ނޫނޭޒް ހޯދުމަށް ނަޕޯލީ އިން މަސައްކަތް ކުރަނީ

ބެންފީކާ ދޫކޮށްލުމަށް ފަހު ނޫނޭޒް ލިވަޕޫލް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ.

އެކަމާ ގުޅުން ހުރި އިތުރު މަޝްވަރާތަކެއް މި ހަފުތާގެ ތެރޭގައި ކުރުމަށް ވެސް ޝެޑިއުލް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖޫން 2025 | އަންގާރަ 06:51
ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭގެ ޑާވިން ނޫނޭޒް

ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭގެ ޑާވިން ނޫނޭޒް

ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭގެ ޑާވިން ނޫނޭޒް ހޯދުމަށް، އިޓަލީގެ ނަޕޯލީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބެންފީކާ ދޫކޮށްލުމަށް ފަހު ނޫނޭޒް ލިވަޕޫލް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި، ނޫނޭޒް ބޭނުން ވަނީ ކުލަބު ދޫކޮށްލަން ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނޫނޭޒް ހޯދުމުގެ ޝައުޤުވެރިކަން ނަޕޯލީ އިން ވަނީ ފާޅު ކޮށްފަ އެވެ. އަދި އޭނާ ހޯދުމުގެ މަޝްވަރާތައް އެ ކުލަބުން ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން ނަޕޯލީ އިން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޭނާގެ ނަން އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ނޫނޭޒް ހޯދުމުގެ މަޝްވަރާތައް ނަޕޯލީ އިން އަންނަނީ ނޫނޭޒް އާއެކު ކުރަމުންނެވެ. އަދި އެކަމާ ގުޅުން ހުރި އިތުރު މަޝްވަރާތަކެއް މި ހަފުތާގެ ތެރޭގައި ކުރުމަށް ވެސް ޝެޑިއުލް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަޕޯލީގެ އިތުރުން ބައެއް އެހެން ކުލަބުތަކުން ވެސް އޮތީ ނޫނޭޒް ގެންނަން ބޭނުންވެފަ އެވެ. އެގޮތުން ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބު ތަކުން ނޫނޭޒް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އޭނާ އަށް ހުށަހެޅުމެއް ވެސް ދީފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ޔޫރަޕުގެ ބައެއް ކުލަބުތަކުން ވެސް އޭނާ ހޯދަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ނޫނޭޒް ވަނީ ލިވަޕޫލާ އެކު މިހާތަނަށް ތިން ސީޒަން ހޭދަކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 143 މެޗުގައި 40 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އެވެ.

މީގެ އިތުރުން ނޫނޭޒް އަންނަނީ އުރުގުއޭގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް ކުޅެދިން 35 މެޗުގައި އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު