Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމު

ޕޮޗެޓީނޯ ހޫނު ފެނަށް، އޭނާ ބުނަނީ ޒިންމާ ނަގާނެ ކަމަށް

ޚާއްސަކޮށް އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަަޕަށް އެމެރިކާ ތައްޔާރުވަމުން އަންނައިރު، ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޤައުމުގެ ކުރީގެ ކުޅުންތެރިން ވެސް އަންނަނީ ޕޮޗެޓީނޯ އަށް ފާޑު ކިޔަމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖޫން 2025 | ބުރާސްފަތި 06:21
އެމެރިކާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ޕޮޗެޓީނޯ

އެމެރިކާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ޕޮޗެޓީނޯ

އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޓީމަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އަށް ޕްރެޝަރު ބޮޑުވާން ފަށާފައިވާއިރު، ޒިންމާ ނަގަން ތައްޔާރަށް ހުރި ކަމަށް އޭނާ ބުނެފި އެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި އެންމެ ފަހުން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެމެރިކާ ވަނީ ބަލިވެފަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލެންޑުން ވަނީ އެމެރިކާ ކޮޅަށް ހަތަރު ލަނޑު ޖަހައިފަ އެވެ. އެ މެޗުން ވީ ބައްޔާ އެކު، އެންމެ ފަހުން އެމެރިކާ ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

ޕޮޗެޓީނޯ އާއެކު އެމެރިކާގެ ނަތީޖާތައް ދަށްވާން ފަށާފައިވާއިރު، އޭނާ އަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. ޚާއްސަކޮށް އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަަޕަށް އެމެރިކާ ތައްޔާރުވަމުން އަންނައިރު، ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޤައުމުގެ ކުރީގެ ކުޅުންތެރިން ވެސް އަންނަނީ ޕޮޗެޓީނޯ އަށް ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ ސްވިޒަލެންޑު މެޗުގެ ފުރަތަމަ 11 ކަނޑައެޅީ އޭނާ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އޭނާ ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނައީ ބައެއް ކުޅުންތެރިންނަށް ވަގުތު ދޭން އޭނާ ބޭނުންވީތީ ކަމަށެވެ.

މެޗުގައި އެމެރިކާ އަށް ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ޕޮޗެޓީނޯ ޤަބޫލު ކުރެ އެވެ. އޭނާ ބުނީ މެޗުގައި އެއްވެސް ވަރަަކަށް އެމެރިކާ އަށް ކަމެއް ކުރެވުނު ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. އެ ނަތީޖާގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށާއި، އެއްވެސް ދިމާލެއްގައި ބަަހަނާ ދައްކަން ބޭނުން ނުވާ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

އުމުރުން 53 އަހަރުގެ ޕޮޗެޓީނޯ، އެމެެރިކާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެމެރިކާއާ އޭނާ ހަވާލުވީ، އަންނަ އަހަރު އޮންނަ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ޕޮޗެޓީނޯ އަށް ވަނީ ހަވާލު ކޮށްފަ އެވެ.

މީގެ ކުރިން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ޗެލްސީ އަދި އެސްޕަންޔޯލް އަށް ވެސް އިރުޝާދު ދީފައިވާ ޕޮޗެޓީނޯ، އެމެރިކާއާ ހަވާލުވީ ޤަައުމީ ޓީމަކާ އަލަށެވެ. އޭނާގެ އަމާޒަކަށް ވެފައި އޮތީ ވެސް އެމެރިކާ އާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދައި، ޚާއްސަކޮށް ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ

17 ޖުލައި 2017
ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
11 އެޕްރީލު 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

11 އެޕްރީލު 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު