Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން ގުޅުން

އެމެރިކާ އަށް ދަތުރު ކުރުން މަނާ ގައުމުތަކުގެ ލިސްޓުން ދޭހަވަނީ އެމެރިކާ އިން މުސްލިމުންނަށް އޮންނަ ރުޅިވެރިކަން: އީރާން

އެންމެ ފަހުން އިއުލާނު ކުރެވުނު އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިރާން، އަފްޣާނިސްތާން، މިޔަންމާ، ޗާޑު، ކޮންގޯ ޖުމްހޫރިއްޔާ، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހައިޓީ، ލީބިޔާ، ސޯމާލިޔާ، ސޫދާން، އަދި ޔަމަނުގެ ރައްޔިތުންނެވެ.

ރާއްޖެ އެމްވީ | 7 ޖޫން 2025 | ހޮނިހިރު 12:17
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ގައުމު ތަކުން އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރުމަށް ނެރުނު އަމުރަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދު ކުރުމުން ބޭއްވި މުޒާހަރާ އެއްގައި އެމެރިކާގެ ސެނެޓަރ ކޯރީ ބޫކަރ ވާހަކަ ދައްކަވަނީ

އެމެރިކާ އަށް ދަތުރު ކުރުން މަނާ ގައުމުތަކުގެ ލިސްޓަކީ މުސްލިމުންނާ ދޭތެރޭ އެމެރިކާ ގައި އަށަގެންފައިވާ ފުން ރުޅިވެރިކަމުގެ ނިޝާނެއް ކަމުގައި އީރާނުން ބުނެފިއެވެ.

އިރާނުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިއުލާނު ކުރެއްވި ޓްރެވެލް ބޭން އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ނަސްލީ އަދި ދީނީ ތަފާތު ކުރުން ކަމަށް ބުނެފައެވެ.

ޓްރަމްޕް މި ހަފްތާގެ ކުރީކޮޅު ސޮއިކުރެއްވި އަމުރަކުން، އެފްރިކާ އަދި މެދު އިރުމަތީގެ ބައެއް ޤައުމުތައް ހިމެނޭ ގޮތަށް 19 ޤައުމެއްގެ މީހުން އެމެރިކާ އަށް ދަތުރު ކުރުން މަނާކޮށް އަދި އިތުރު ހަތް ގައުމަކުން އެމެރިކާ އަށް ދަތުރު ކުރުން ހަނިކޮށްފައިވެއެވެ.

ހޯމަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާ މި ސިޔާސަތަކީ 2017-2021 އަށް އޮތް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ތަޢާރަފު ކުރެވުނު ފިޔަވަޅުތަކާ އެއްގޮތް ފިޔަވަޅުތަކެކެވެ. މި އެގްޒެކެޓިވް އޯޑަރުގައި ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ "އެމެރިކާގެ ޤައުމީ ސަލާމަތް ރައްކާތެރި ކުރުމަށްޓަކައި ޢަމަލު ކުރަންޖެހޭ" ކަމަށެވެ.

އިރާނުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލެއް ކަމަށް ވާ އަލީރެޒާ ހާޝިމީ-ރާޖާ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ މި ނިންމުމުން ހާމަވަނީ "އެމެރިކާގެ ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ ހިތުގައި ނަސްލީ ތަފާތު ކުރުމުގެ ވިސްނުމަށް އިސްކަން ދިނުން އޮތް ކަމުގަ" އެވެ.

"މި ފިޔަވަޅުން ދައްކުވައިދެނީ އެމެރިކާގެ ނިންމުންތައް ނިންމާ ފަރާތްތަކުން އިރާނުގެ ރައްޔިތުންނާއި އަދި މުސްލިމުންނާ ދޭތެރޭ އޮތް ފުން ރުޅިވެރިކަން" ކަމަށް އޭނާ ބަޔާނުގައި އިތުރަށް ވިދާޅުވިއެވެ.

އެންމެ ފަހުން އިއުލާނު ކުރެވުނު އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިރާން، އަފްޣާނިސްތާން، މިޔަންމާ، ޗާޑު، ކޮންގޯ ޖުމްހޫރިއްޔާ، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހައިޓީ، ލީބިޔާ، ސޯމާލިޔާ، ސޫދާން، އަދި ޔަމަނުގެ ރައްޔިތުންނެވެ. އަދި އިތުރު 7 ޤައުމެއްގެ ދަތުރުވެރިންގެ މައްޗަށް ވެސް ވަނީ މަޙްދޫދު މަނާކުރުމެއް ގެނެސްފައެވެ.

ހާޝިމީ-ރާޖާ ވިދާޅުވި ގޮތުގައި މި ސިޔާސަތަކީ ބައިނަލްއަޤްވާމީ ޤާނޫނީ މިންގަނޑުތަކާ މުޅިން ޚިލާފު އަދި ހަމައެކަނި ޤައުމިއްޔަތާއި ދީނުގެ މައްޗަށް ބިނާކޮށް އެތައް މިލިއަން ބައެއްގެ އަސާސީ ދަތުރުފަތުރުގެ ޙައްޤު ނިގުޅައިގަންނަ ކަމެކެވެ."

1980 ގައި ހިނގި އިސްލާމީ އިންޤިލާބު އާ ހަމައިން، އެމެރިކާ އާއި އިރާނުގެ ދެމެދުގައި ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނެތްތާ ވަނީ 43 އަހަރު ވެފައެވެ.

އެތައް އަހަރެއްގެ ގުޅުން ހީނަރުވެފައިވީ ނަމަވެސް، އެމެރިކާ އަކީ ގައުމުން ބޭރުގައި އެންމެ ގިނައިން އީރާނުގެ ރައްޔިތުން ދިރިއުޅޭ ގައުމެވެ. ތެހެރާންގެ ޚާރިޖީ ވުޒާރާގެ ތަފާސް ހިސާބުން ހާމަވާ ގޮތުގައި 2020 ގައި އެމެރިކާގައި ގާތްގަނޑަކަށް 1.5 މިލިއަން އިރާން ރައްޔިތުން ދިރިއުޅެމުން ދެއެވެ.

އީރާންއެމެރިކާޑޮނަލްޑް ޓްރަމްޕްދަތުރުކުރުން މަނާކުރުންއީރާން-އެމެރިކާ ގެ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު