Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އިނގިރޭސި ޕްރިމިއާ ލީގު

އިނގިރޭސި ޕްރިމިއާ ލީގު: ޔުނައިޓެޑުން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 އޯގަސްޓު 2017 | އާދީއްތަ 08:28
ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީގެ މައްޗަށް ކާމިޔާބު ހޯދައި މެންޗެސްޓާ ޔުނައިޓެޑުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުން އައީ ޔުނައިޓެޑުންނެވެ. އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ހޯދާފައެވެ. އެހެން ނަމަވެސް ކައުންޓާ އެޓޭކުގައި ލެސްޓާއިން ވަނީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ އަށް ވަނަ މިނެޓުގައި ލެސްޓާގެ އޭރިއާ ތެރެއިން އެ ޓީމުގެ ސިމްޕްސަންގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ. އެހެން ނަމަވެސް އެ ޓީމާއި އަލަށް ގުޅުނު ފޯވާޑް ރޮމެލޫ ލުކާކޫ ޖެހި ޕެނަލްޓީ ލެސްޓާގެ ކީޕަރު ކެސްޕާ ޝުމައިކަލް ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބެންޗުން ކުޅެން އެރި ޒުވާން ފޯވާޑް މާކަސް ރަޝްފޯޑެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހަމަ ބެންޗުން ކުޅެން އެރި މިޑްފީލްޑާ ފެލައީނީއެވެ.

ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ކުޅުނު ގިނަ މެޗުތަކެއް ވަނީ ކުޅެވިފައެވެ. އެގޮތުން ސްވަންސީ ސިޓީއިން ވަނީ 2-0 އަކުން ކްރިސްޓަލް ޕެލަސް ބަލި ކޮށްފައެވެ. ނިއުކާސަލް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ވެސްޓް ހާމް ބަލި ކޮށްފައެވެ. އަލަށް ޕްރޮމޯޓްވި ހަޑާސްފީލްޑްއާ ސައުތްހެމްޕްޓަން ވާދަކުރި މެޗު ނިމުނީ 0-0 އަކުން އެއްވަރު ވެގެންނެވެ. ހަމަ އެހެންމެ ވޮޓްފޯޑާއި ބްރައިޓަން ވާދަކުރި މެޗުވެސް ނިމުނީ 0-0 އަކުން އެއްވަރު ވެގެންނެވެ.

މި މޮޅާއި އެކު ޔުނައިޓެޑު އޮތީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ޔުނައިޓެޑުގެ ފަހަތުން ދެވަނައިގައި ހަތް ޕޮއިންޓާއިއެކު އޮތީ ހަޑާސްފީލްޑް ޓައުންއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު