Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޙައްޖު 2025

ސަޢޫދީން، މައްކާގެ މުޤައްދަސް ސަރަޙައްދުތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގުން މަނާކޮށްފި

މަސްޖިދުލް ޙަރާމް، މަސްޖިދުއް ނަބަވީ އަދި މިނާ، އަރަފާތް އަދި މުޒްދަލިފާގެ ސަރަޙައްދުތަކުގައި މޯބައިލް ފޯނުން ނުވަތަ ޕްރޮފެޝަނަލް ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނުވަތަ ވީޑިއޯ ނެގުން ވަނީ މަނާކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 4 ޖޫން 2025 | ބުދަ 10:59
ޙައްޖުގެ އަޅުކަން އަދާކުރުމަށް ކަނޑައަޅާފައިވާ މުގައްދަސް ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތްފަދަ ކަންކަން ކުރުން ސައުދީން ވަނީ މަނާކޮށްފަ

ޙައްޖުގެ އަޅުކަން އަދާކުރުމަށް ކަނޑައަޅާފައިވާ މުގައްދަސް ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތްފަދަ ކަންކަން ކުރުން ސައުދީން ވަނީ މަނާކޮށްފަ

ޙައްޖުގެ އަޅުކަމުގެ ދުވަސްތަކުގައި މައްކާގެ މުޤައްދަސް ސަރަޙައްދުތަކުގައި ފޮޓޯ ނެގުމާއި، ސިޔާސީ އަދި މަޒްހަބީ ދިދަ ނެގުން މަނާކުރުމަށް ސަޢޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އިން މަނާކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަސްޖިދުލް ޙަރާމް، މަސްޖިދުއް ނަބަވީ އަދި މިނާ، އަރަފާތް އަދި މުޒްދަލިފާގެ ސަރަޙައްދުތަކުގައި މޯބައިލް ފޯނުން ނުވަތަ ޕްރޮފެޝަނަލް ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނުވަތަ ވީޑިއޯ ނެގުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ސިޔާސީ، މަޒްހަބީ ނުވަތަ ޤައުމީ ދިދަތަކާއި ބެނަރތައް ދެއްކުމާއި، ސިޔާސީ ޝިޢާރުތައް ފާޅުކުރުމާއި، ގްރޫޕްތަކުގެ ގޮތުގައި އެއްވެސް ބާވަތެއްގެ ޙަރަކާތެއް ހިންގުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޙައްޖުގެ އަޅުކަމުގެ ދުވަސްތަކުގައި މިފަދަ ޢަމަލުތަކުގެ ސަބަބުން ރޫޙާނީ މާޙައުލަށް ހުރަސްއެޅި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވާ ޙާޖީންގެ މެދުގައި ބައިބައިވުން އުފެދުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަމަށެވެ.

މި ޤަވާޢިދުތައް ތަންފީޒުކުރުމަށް ޙައްޖު މޫސުމުގައި ސެކިއުރިޓީ އޮފިޝަލުން ބޭތިއްބޭނެ ކަމަށާއި ޤަވާޢިދާ ޚިލާފުވާ ފަރާތްތައް މުޤައްދަސް ސަރަޙައްދުތަކުން ބޭރުކުރުމާއި، އެ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމާއި، އަދި ޑިޕޯޓްކުރުން ފަދަ އަދަބުތައް ވަނީ ކަނޑައެޅިފައެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި ޙައްޖަކީ އަޅުކަމާއި، ތަވާޟުޢުވެރިކަމާއި، އެއްބައިވަންތަކަމުގެ ވަގުތެކެވެ. އެހެން ކަމުން މި މަޤްޞަދާ ޚިލާފު އެއްވެސް ޢަމަލަކަށް ފުރުޞަތެއް ނުދެވޭނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެން ކަމުން މިވަގުތު ޙައްޖުގެ އަޅުކަމުގައި އުޅޭ ޙާޖީންނަށް މިނިސްޓްރީގެ މި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި މި އަހަރުގެ ޙައްޖު ގެ އަޅުކަން އަމާންކަމާއި އެކު ކުރިއަށް ގެންދިއުމަށާއި އަދި ރޫޙާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ޙައްޖުގެ އަޅުކަން ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ސަޢޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ޙައްޖު 2025މިނިސްޓްރީ އޮފް އިންޓީރިއަރމައްކާގެ މުޤައްދަސް ސަރަޙައްދުތައްސިޔާސީ ހަރަކާތްތައްމަޒްހަބީ ޙަރަކާތްތައްސެކިއުރިޓީ އޮފިޝަލުންޤާނޫނީ ފިޔަވަޅުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ދައުލަތް ޕެރަލައިޒް ކޮށްލައިފި. ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން ދާނޭ ހަމައެއްވެސް ތަނެއް މިގައުމުގައި މިހާރު ނެތް: ޝިފާޒް

މުޅި ދައުލަތް ޕެރަލައިޒް ކޮށްލައިފި. ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން ދާނޭ ހަމައެއްވެސް ތަނެއް މިގައުމުގައި މިހާރު ނެތް: ޝިފާޒް

17 މާރިޗު 2025
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

16 ނޮވެމްބަރު 2017
ސަޢޫދީން ފިޔަވަޅު އެޅުމުން ޔަމަނުގައި އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިފައި

ސަޢޫދީން ފިޔަވަޅު އެޅުމުން ޔަމަނުގައި އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިފައި

07 ނޮވެމްބަރު 2017
އެމިނެމްގެ ލަވައެއް ބޭނުންކޮށްގެން ނިއުޒިލެންޑްގެ ސިޔާސީޕާޓީއަކުން ބައިމިލިއަނެއްހާ ޑޮލަރު ދޭންޖެހިއްޖެ

އެމިނެމްގެ ލަވައެއް ބޭނުންކޮށްގެން ނިއުޒިލެންޑްގެ ސިޔާސީޕާޓީއަކުން ބައިމިލިއަނެއްހާ ޑޮލަރު ދޭންޖެހިއްޖެ

26 އޮކްޓޯބަރު 2017
ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި

ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު