Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ޤާނޫނު

ޤާނޫނުގެ އެންމެ މުހިންމު މަޤްސަދަކީ ކުޅިވަރު ލާމަރުކަޒު ކުރުން: ވަޒީރު ރާފިޢު

ވަޒީރު ވިދާޅުވީ، މުޅި ދިވެހި ރާއްޖެ ތަމްސީލު ކުރާ ގޮތަށް، ޤައުމީ ޓީމުތަކަށް ކުޅުންތެރިން ނެގިގެން އަންނަ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މެއި 2025 | ހޮނިހިރު 04:17
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކޮށްފައިވާއިރު، އެ ޤާނޫނުގެ އެންމެ ބޮޑު މަޤުސަދަކީ ކުޅިވަރު ލާމަރުކަޒު ކުރުން ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

އެ ޤާނޫނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މުޅި ދިވެހި ރާއްޖެ ތަމްސީލު ކުރާ ގޮތަށް، ޤައުމީ ޓީމުތަކަށް ކުޅުންތެރިން ނެގިގެން އަންނަ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، އެކަން ތަންފީޒު ކުރެެވިގެންދާއިރު، އެކަމުގެ އެންމެ ބޮޑު ފައިދާ ކުރާނީ ރާއްޖޭގެ ޤައުމީ ޓީމުތަކަށް ކަމަށެވެ. ޚާއްސަކޮށް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަ ކުރުމަށް ރާއްޖެ އިން ބޭރަށް ޓީމުތައް ދާއިރު، މޮޅެތި ކުޅުންތެރިން ނެގުމުގެ ފުރުސަތު ވަަރަށް ބޮޑުވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެ އެވެ.

އެގޮތަށް ޓީމު އެކުލަވާލާއިރު، ޓީމަށް ކުޅުންތެރިން ހޮވުމަށް އޮންނަ ޕޫލް ވަރަށް ބޮޑުވެގެން ދާނެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ ރީޖަނަލް އެސޯސިއޭޝަންތަކުން، އެ ރީޖަންތަކުގައި މުބާރާތްތައް ބާއްވަން ޖެހޭއިރު، އެ މުބާރާތުގެ ސަބަބުން ކުދިން ހުނަރު އިތުރު ވެެގެން ދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެގޮތަށް މުބާރާތްތައް ބޭއްވުމުގެ ސަބަބުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މޮޅެތި ކުޅުންތެރިން ދެނެގަތުމުގެ ނުވަތަ ހޮވުމުގައި ވަރަށް ފަސޭހަ ގޮތެއް ވެގެން ދާނެ ކަމަށެވެ. ރާއްޖޭގެ އެކި ރަށް ތަކުގައި ވަރަށް މޮޅެތި ކުޅުންތެރިން ތިބިކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖެ ތަމްސީލު ކުރާ ޤައުމީ ޓީމަށް އައުމުގެ ފުރުސަތު އޮންނަ މަގެއް އެ ކުދިންނަށް މިހާރު ނޯންނަ ކަމަށެވެ.

ވަރަށް މޮޅެތި ކުޅުންތެރިން އެބަ ތިބި އިނގޭތޯ، ރާއްޖޭގެ އެކި ރަށްތަކުގައި. އެހެން ނަމަވެސް މިހާރު މިވާ ގޮތަކީ އެ ކުދިންނަށް ރާއްޖެ ރިޕްރެޒެންޓު ކުރާނެ ނެޝަނަލް ޓީމު، ނެޝަނަލް ސްކޮޑަށް ޖޮއިން ކުރާނެ މަގެއް، ސާފު މަގެއް ނެތް ފެންނާކަށް. އެހެން ނަމަވެސް މިކަމުގެ ސަބަބުން އަޅުގަނޑު ދަންނަވާނީ އެ ކުދިންނަށް ޕާތުވޭއެއް ކްރިއޭޓްވެގެން އެބަ އާދޭ ނެޝަނަލް ޓީމު ރިޕްރެޒެންޓު ކުރަން.
ޢަބްދުﷲ ރާފިޢު / ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

އެހެން ނަމަވެސް، ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އިސްލާޙާ އެކު، އެފެދިގެން އަންނަ ރީޖަނަލް އެސޯސިއޭޝަންތަކުން ބާއްވާ މުބާރާތްތަކުގެ ސަބަބުން، ޤައުމީ ޓީމަށް އައުމަށް އެ ކުދިންނަށް ރަނގަޅު މަގެެއް ހުޅުވިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެ ޤާނޫނުން ލިބިގެން ދާނެ އެންމެ ބޮޑު އެއް ފައިދާ އަކީ އެއީ ކަމުގައި ވެސް ވަޒީރު ދެކިލައްވަ އެވެ.

މީގެ އިތުރުން އެކި އެކި ރީޖަންތަކުގައި މުބާރާތްތައް ބޭއްވުމުގެ ސަބަބުން، މާލޭ ސަރަހައްދަށް މުބާރާތްތައް ކުޅެން އަންނަން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ އެވެ. މާލެ އައުމުގެ ބަދަލުގައި މުބާރާތްތައް ކުރިއަށް ދާނީ ރީޖަންތަކުގައި ކަމަށް ވަޒީރު ވިދާޅުވި އެވެ.

ކުޅިވަރު ޤާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް، އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިޚްތިޔާރުތަކަކާއި ފުރުޞަތުތަކެއް ލިބުން ހިމެނެ އެވެ.

މީގެ އިތުރުން ކޮންމެ ކުޅިވަރެއްގެ ވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޤާނޫނުގެ ދަށުން އުފެއްދަން ޖެހޭނެ އެވެ. އަދި ކޮންމެ ކުޅިވަރެއްގެ ވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ޖެހޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

11 އެޕްރީލު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު