Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާޑެއްދޫ އެއަރޕޯޓުގައި ހުވަނި އެޅުން

ކާޑެއްދޫ އެއަރޕޯޓުގައި ހުވަނީގެ އުދަނގޫ ބޮޑުވުން: ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނޭ

ގަހެއްގެ ދަށުގައި ވެސް މަޑުކޮށްގެން މީހަކަށް ނުހުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މެއި 2025 | ބުރާސްފަތި 08:04
ކާޑެއްދޫ އެއަރޕޯޓުގައި ހުވަނި އަޅާފައި

ކާޑެއްދޫ އެއަރޕޯޓުގައި ހުވަނި އަޅާފައި

ގދ.ކާޑެއްދޫ އެއަރޕޯޓުގައި ހުވަނީގެ އުދަނގޫ ބޮޑުވެ، އާއްމު ރައްޔިތުން ރުޅި ގަދަވެއްޖެ އެވެ.

ހުވަނީގެ އުދަނގޫ ބޮޑުވުމާއި ގުޅިގެން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުންދަނީ ފާޅު ކުރަމުންނެވެ.

ކާޑެއްދޫ އެއަރޕޯޓުގައި ހުރި ގަސްތަކާއި، މީހުން އިށީނުމަށް ހާދައިވާ ޖޯލިތަކާއި، ތަންތަނުގައި ވެސް ވަނީ ހުވަނި އަޅާފައެވެ. އަދި ގަހެއްގެ ދަށުގައި ވެސް މަޑުކޮށްގެން މީހަކަށް ނުހުރެވޭނެ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ސޯޝަލް މީޑީއާގައި އާއްމުންގެ މީހަކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މީހެއް ބުނެފައިވަނީ ކޮންމެ ދުވަހަކު ވެސް ކާޑެއްދޫ އެއަރޕޯޓުން ގިނަ އަދަދެއްގެ ފަތުރުވެރިންނާ ދިވެހިން ޚިދުމަތް ހޯދާ ކަމަށާއި، ނަމަވެސް ހުވަނީގެ އުދަނގޫ ބޮޑުވެ، ސިއްހަތަށް ނުރައްކާވެފައިވާ ކަަމަށެވެ. އެއަރޕޯޓުގެ ޓާމިނަލް، ފާހަނާ އަދި ކެފޭގެ ހުރި ގޮނޑިމޭޒުތައް ވެސް ހުވަނިން ބަރާވެފައިވާ ކަމަށެވެ.

ހުވަނީގެ މައްސަލައަށް ގިނަ ދުވަސްތަކެއްވެފައިވާ ކަމަށާއި، ހުވަނި އެއަރޕޯޓުގައި އާލާކޮށް ކުރިއަށް ގެންދާ މަޝްރޫއެއްތޯ ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

ކާޑެއްދޫ އެއަރޕޯޓު ވިލާ އެއަރއިން ހިންގި ނަމަވެސް މިމައްސަލައަށް ހައްލު ހޯދުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާ ކަމަށާއި، ހުވަނި ނައްތާލުމަށް އޯމޯ ފެން ޖެހުން ނޫން ކަމެއް ނުރާ ކަމަށް އެމީހާ ބުނެފައިވެއެވެ. ހުވަނި ގަސްތަކުގެ ފަތްތައް ކައި، ގަސްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ވިލަރ އެއަރގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ހުވަނި ގައިގެ ހަމުގައި ޖެހުމުން ބައެއް މީހުން ވަރަށް ބޮޑަށް އެލަރޖިކް ވެއެވެ. ގައި ހިރުވައިކަހައި، ބޮޑެތި ފިއްގަނޑުނަގައި، މީހާ ދުޅަވެގެންދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާޑެއްދޫ އެއަރޕޯޓުގެ ގަސްތަކުގައި ހުވަނި އަޅާފައިވަނީ މީގެ މަސް ދުވަސް ކުރިންނެވެ. އޯމޯ ފެން ޖެހުމުގެ އިތުރުން އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއަރ މިނިސްޓްރީން ދޫކުރާ ބޭސް ބޭނުންކޮށްގެން ހުވަނި ނައްތާލުމުގެ މަސައްކަތް އެއަރޕޯޓުގައި މަސައްކަތް މުވައްޒަފުން ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް އެނިމަލްވެލްފެއަރ މިނިސްޓްރީން ބުނީ ހުވަނީގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، މިނިސްޓްރީ ކާޑެއްދޫ އެއަރޕޯޓަށް ގުޅައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަަމަށެވެ. އަދި ހުވަނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓްހުވަނިއާއްމު ރައްޔިތުންވިލާ އެއަރއެނިމަލް ވެލްފެއަރ މިނިސްޓްރީހުވަނީގެ މައްސަލަ

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
10 ޖުލައި 2025

ޑޮލަރުގެ މޮޅު ބަދަލާއެކު ރައްޔިތުންނަށް ކޮޅުކެހި

10 ޖުލައި 2025
ޑޮލަރުގެ މޮޅު ބަދަލާއެކު ރައްޔިތުންނަށް ކޮޅުކެހި
18 ފެބުރުއަރީ 2025

ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

18 ފެބުރުއަރީ 2025
ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް
11 ސެޕްޓެމްބަރު 2022

އާސަންދައިގެ ދަށުން ވިލާ އެއަރއިން އިމަރޖެންސީ އިވެކުއޭޝަންގެ ޚިދުމަތް ދެނީ

11 ސެޕްޓެމްބަރު 2022
އާސަންދައިގެ ދަށުން ވިލާ އެއަރއިން އިމަރޖެންސީ އިވެކުއޭޝަންގެ ޚިދުމަތް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު