Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑޮލަރުގެ މޮޅު ބަދަލާއެކު ރައްޔިތުންނަށް ކޮޅުކެހި

އިގްތިސޯދީ މާހިރުން ވިދާޅުވަމުން ދިޔައީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމުމުގެ އަސަރު ނުސީދާކޮށް ކުރާނީ އާއްމު ރައްޔިތުންނަށް ކަމަށެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 10 ޖުލައި 2025 | ބުރާސްފަތި 11:06
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށެވެ. ހަމަ އެއްގޮތަކަށްވެސް ނާރާނެ ކަމަށެވެ. މިހެން ވިދާޅުވެ އެކަން ކުރާން ގެންނަ ބޮޑު ބަދަލުވެސް ގެނައީ ކުއްލިއަކަށެވެ. ކަމާ ގުޅުންހުރި މީހުން ތިޔަހެން ނުހަދާށޭ ގޮވަގޮވާ އޮއްވައި އެމީހުންގާތު ހޭވެސް އަހާ ނުލައެވެ. ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމީ ގަވަރުނަރާއި މުޅި އެމްއެމްއޭއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ކަން އޮތްގޮތް ބުނެދޭން ތަނުގައި ތިބި ދުވަސްވީ ތަޖްރިބާކާރުން އެތަނުން ބޭރުކޮށްފައެވެ.

އޭރުވެސް އިގްތިސޯދީ މާހިރުން ބުނަމުން އައި އެއްޗެއް އޮތެވެ. ތީގެ ހިތިރަހަ ލާނީ އާއްމު ރައްޔިތު މީހާގެ ކަރު ބުޑުގައެވެ. އަދި ތިޔަގެންނަ ބަދަލަކުން ނޫނީ މަޝްވަރާއެއް ނެތި ނިންމި ބޮޑު ނިންމުމުގެ އަސަރު އާދައިގެ ނިކަމެތި މީހާއަށް ކުރާނެ ކަމަށް އެމީހުން ބުންޏެވެ.

ލަހެއް ފަހެއް ނުވެއެވެ. އެކަން ހަގީގަތަކަށްވާން ފެށިއެވެ. ރިސޯޓްތަކުން އެމީހުން ޑޮލަރުން މުސާރަދޭ ދިނުން ނިމުމަކަށް ގެންނަން އެވަނީ ފަށާފައެވެ. ސަރވިސް ޗާރޖާއި މުސާރަ ޑޮލަރުން ލިބޭތީ ރިސޯޓް މުވައްޒަފުންނަށް އެއީ ހެޔޮވަރުވަރުގެ އާމްދަނީއެކެވެ. އެކަމަކު އެޑޮލަރު ނުލިބެން ފެށުމުން އެމީހުންނަށް ވަނީ ކުރިން ލިބުނު އެއްޗެއްގެ އެތައް ގުނައެއް ކުޑަވެފައެވެ. އެމީހުންނަށް ލިބުނު ޑޮލަރު ބްލެކް މާކެޓްގައި ވިއްކުމުގެ ނަތީޖާއަކަށް ވަނީ ހިސާބަކަށް ޑޮލަރު ލިބުމުވެ. އެކަމަކު އެމީހުންނަށް ޑޮލަރު ނުލިބުމާއި ސަރުކާރަށް މާރުކުރާ ޑޮލަރު އާއްމުންނަށް ނުލިބުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ ތާށިކަން އިންތިހާއަށް އިތުރުވެ ޑޮލަރުގެ އަގު އިތުރަށް މައްޗަށް ދިޔައީއެވެ. ޑޮލަރުގެ އަގު 20 ރުފިޔާއާ ހަމައަށް އުފުލިފައިވާއިރު ރާއްޖެއިން ބޭރުން މުދާ ގަންނަން ކުރާ ޓީޓީއަށް ބޭންކުތަކުން ދެމުންދިޔަ ޑޮލަރު ސަޕޯޓުވެސް ފަސް ޕަސެންޓަށް އެވަނީ ދަށްކޮށްފައެވެ. ވިޔަފާރިވެރިންނަށް ޑޮލަރު ނުލިބުމުން ރާއްޖެއިން ބޭރުން ތަކެތި ގެނައުން ދަތިވެ ގެނެވޭ ތަކެތީގެ އަގު ޖެއްސުމަށް ޓަކައި އިތުރުކުރާން ޖެހޭ ބައިގެ ސަބަބުން ތަކެތީގެ އަގުއެދަނީ އިންތިހާއަށް އުފުލެމުންނެވެ. އަގުހެޔޮކޮށް ތަކެތި ގެންނަ ބޭރުގެ އޮންލައިން ވިޔަފާރިތަކުން ގަންނަން ކުރާ ހޭދައަށް އެވަނީ 30 ޕަސެންޓުގެ ޗާޖެއް ނަގަން ފަށާފައެވެ. އެތައް ބަޔަކަށް އެލިބުނީވެސް ބޮޑު ގެއްލުމެކެވެ. ކޮންމެ 100 ރުފިޔާއަކުން 30 ރުފިޔާ ދޭން ޖެހުނީއެވެ.

ކަމަކަށްފަހު ކަމެއްގައި ރައްޔިތުންނަށް ދަތިވަމުންގޮސް އަނެއްކާ އަނެއްކަމަކާ އެވަނީ ކުރިމަތިލާން ޖެހިފައެވެ. މިފަހަރުވެސް ރައްޔިތު މީހާއެވެ. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި ބޭރުން ރާއްޖެއަންނަން އެއަރލައިންތަކުން ނަގާ ޓިކެޓަށް ޑޮލަރުން ފައިސާ ދައްކަން ޖެހުނީއެވެ. ރާއްޖެއަށް ދަތުރުކުރާ ބޭރުގެ ގިނަ އެއާލައިންތަކުން ޓިކެޓު ނެގުމުގައި ރުފިޔާ ބަލައިގަތުން ހުއްޓާލައި ޑޮލަރުން ފައިސާ ދައްކަން އަންގަން ފެށީއެވެ. ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން އޮންނަ ދިވެހި ކުންފުންޏެއްގެ އިސްވެރިޔަކު ބުނެފައިވާ ގޮތުގައި ހަމައެކަނި ޑޮލަރުން ޓިކެޓު ވިއްކަން ނިންމަން ޖެހުނީ ބޭންކު ރޭޓުގައި ޑޮލަރު ނުލިބޭތީވެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކަމަށެވެ.

އެވެރިންވެސް އެބުނަނީކީ ދޮގުވާހައެއް ނޫނެވެ. އެވެރިންނަށް ޑޮލަރު ނުލިބެންޏާ އެޑޮލަރު ހޯދާނެ ގޮތެއް އޮންނަން ޖެހޭނެތާއެވެ. ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ ޖެހުމަށް އެމީހުންވެސް އެމީހުންގެ ފައިދާލާނެތާއެވެ. އިގްތިސޯދީ މާހިރުންވެސް ބުނަމުން ދިޔައީ އެވާހައެވެ. ތަކެއްޗާ ޚިދުމަތުގެ އަގު ވާނީ ބޮޑޭ އެމީހުން އެބުނަނީ މިކަން މިހެންވާނެކަން އެމީހުންނަށް އެނގޭތީއެވެ.

ކޮންމެއަކަސް އަނެއްކާވެސް ރައްޔިތު މީހާއަށް އަނެއް ބޮލުގެ ރިހުމެވެ. ގެނައި މޮޅު ބަދަލުގެ ހިތި އެދަނީ އެއްދުވަހުން އަނެއް ދުވަހަށް ފެންނަމުންނެވެ. ޑޮލަރުގެ މޮޅު ބަދަލާއެކު ނިކަމެތި ޢާއްމު ރައްޔިތުމީހާއަށް ލިބެމުން އެދަނީ ދޯކާއެވެ.

ޑޮލަރު އަގުރައީސުލްޖުމްހޫރިއްޔާރިސޯޓް މުވައްޒަފުންއެއާލައިންތައްއާއްމު ރައްޔިތުންއިގްތިސޯދީ މާހިރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް އެލަވަންސް ކަނޑާލާ، ނައިބު ރައީސުންނަށް އިނާޔަތް ދެނީ

ކުރީގެ ރައީސުންގެ އޮފީސް އެލަވަންސް ކަނޑާލާ، ނައިބު ރައީސުންނަށް އިނާޔަތް ދެނީ

27 ނޮވެމްބަރު 2025
ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!

ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު