Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާއިލާތަކުގެ ބައިނަލްއަގުވާމީ ދުވަސް

ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވެގެންދާނީ ދިވެހި އާއިލާތައް ބަދަހިވެ ފުދުންތެރިވެގެން: ރައީސް މުއިއްޒު

15 މެއި 2025 | ބުރާސްފަތި 07:56

ދީނުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 15 މެއި 2025 | ބުރާސްފަތި 07:56
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވެގެންދާނީ ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާއިލާތަކުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއެކު، ހަރަދުތައް ބޮޑުވުމާ ގުޅިގެން ގިނަ އާއިލާތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އާއިލާތަކުގެ ދުވަހާއި ގުޅިގެން ރައީސް މުއިއްޒު ވަނީ، ދިވެހި ކޮންމެ އާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެެވެ. އަދި، އިސްލާމްދީނުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ، ގައުމުގެ ތަރައްގީއާއި އާއިލާތަކުގެ ގުޅުމުގެ މައްޗަށް އެމަނިކުފާނުގެ ޕޯސްޓްގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ރައީސްގެ ޕޯސްޓްގައި ދިވެހި ކޮންމެ އާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށްވެސް އެދިވަަޑައިގަންނަވާފައިވެއެވެ.

ރާއްޖެއަކީ ގައުމުގެ އިޖްތިމާއީ ތަރައްގީގައި އާއިލާތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ގަބޫލުކުރާ ގައުމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި އާއިލާތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މީގެ ތެރޭގައި އާސަންދަ ސިއްހީ ޚިދުމަތުގެ ނިޒާމް ތައާރަފްކުރުމާއި، ޗައިލްޑް އެންޑް ސޯޝަލް ޕްރޮޓެކްޝަން ސާރވިސްގެ ޚިދުމަތް ފުޅާކުރުމާއި، އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސާރަ ލިބޭ ވިހެއުމުގެ ޗުއްޓީ، މައިންނަށް 6 މަހަށް އަދި ބައްޕައިންނަށް 1 މަހަށް އިތުރުކުރުން ފަދަ ކަންކަމަކީ، މުޖުތަމައުގެ އެންމެ އަސާސީ ބިންގާ ކަމުގައިވާ އާއިލާތައް ހަރުދަނާކޮށް، އާއިލާތަކުގެ ތެރެއިން މުޖުތަމައަށް ނިކުންނަ ކުދިންނަކީ ދުޅަހެޔޮ، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ، އުފެއްދުންތެރި ރައްޔިތެއްކަން ކަށަވަރުކުރުމާއެކު އާއިލާތައް ބާރުވެރިކުރުމަށް ގާއިމްކުރެވިފައިވާ މުހިންމު ސިޔާސަތުތަކެކެވެ.

މީގެ އިތުރުން، މިދައުރުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްގީކޮށް، ހިންގަން ފެށުމަށް ސަރުކާރުން ތައްޔާރުވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް މިސަރުކާރުގައި އާއިލާއާ ގުޅުންހުރި މިފަދަ ޚިދުމަތްތައް ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. އާސަންދަ ޚިދުމަތް ހޯދުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާއިރު، މީގެ ކުރިން ލިބުނު ބޭސް ވެސް ރާއްޖެއިން ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ހުރިހާ އެއްޗެއްގެ އަގު އުފުލެމުންދާއިރު، ގިނަ އާއިލާތަށް ދިރިއުޅެމުންދަނީ ދަތިކޮށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރައީސް މުހައްމަދު މުއިއްޒުއާއިލާތަކުގެ ހަރުދަނާކަންއާއިލާތަކުގެ ފަހިކަމާއި ފާގަތިކަންއާއިލާތައް ބާރުވެރިކުރުން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު
25 ނޮވެމްބަރު 2025

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
15 ނޮވެމްބަރު 2025

ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް

15 ނޮވެމްބަރު 2025
ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް
14 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

14 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
06 ނޮވެމްބަރު 2025

19 ނޮވެމްބަރަށް ބަޖެޓު ދިރާސާކޮށް ނިންމަނީ، ކޮމިޓީގެ މުގައްރިރަކަށް ސަލީމް

06 ނޮވެމްބަރު 2025
19 ނޮވެމްބަރަށް ބަޖެޓު ދިރާސާކޮށް ނިންމަނީ، ކޮމިޓީގެ މުގައްރިރަކަށް ސަލީމް
04 ނޮވެމްބަރު 2025

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް