Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޤަތަރު

އެމެރިކާ އާއި ޤަތަރުން 1.2 ޓްރިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި

ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި، އެ އެއްބަސްވުންތަކުގެ ތެރޭގައި 96 ބިލިއަން ޑޮލަރުގެ ބޮއިން މަތިންދާ ބޯޓު ގަތުމުގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މެއި 2025 | ބުރާސްފަތި 05:55
ޤަތަރުގެ އަމީރު ޝައިޙް ތަމީމް ބިން ޙަމަދު އަލް ޘާނީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް

ޤަތަރުގެ އަމީރު ޝައިޙް ތަމީމް ބިން ޙަމަދު އަލް ޘާނީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް

އެމެރިކާ އާއި ޤަތަރާ ދެމެދު 1.2 ޓްރިލިއަން ޑޮލަރުގެ އަގު ބޮޑު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި، އެ އެއްބަސްވުންތަކުގެ ތެރޭގައި 96 ބިލިއަން ޑޮލަރުގެ ބޮއިން މަތިންދާ ބޯޓު ގަތުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، މިއީ ބޮއިންގެ ތާރީޚުގައި ވެސް އެންމެ ބޮޑު އޯޑަރު ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޤަތަރުން 210 މަތިންދާ ބޯޓު ގަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޤަތަރުގެ އަމީރު ޝައިޙް ތަމީމް ބިން ޙަމަދު އަލް ޘާނީ އާއެކު ޓްރަމްޕް ބޭއްވެވި މަޝްވަރާ ބައްދަލުވުން ގާތް ގަނޑަކަށް ދެ ގަޑިއިރުގެ ދިގު މިނަކަށް ދެމިގެން ދިޔަ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެ މަޝްވަރާ ތަކަށް ފަހު، ރަސްމީކޮށް ވަނީ އެއްބަސްވުންތަކުގައި ސޮއި ކޮށްފަ އެވެ.

އެމެރިކާ އާއި ޤަތަރާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ އެއްބަސްވުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެމްކިއު ނައިން ބީގެ ޑްރޯން ގަތުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ. 

މީގެ އިތުރުން އެ އެއްބަސްވުންތަކުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ކައުންޓަމް ޓެކްނޮލޮޖީ އިންވެސްޓްމަންޓް އެއްބަސްވުމެއް ވެސް ހިމެނެ އެވެ. އަދި އެއް ބިލިއަން ޑޮލަރުގެ އެންޓި-ޑްރޯން ސިސްޓަމްތަކެއް ވިއްކުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. 

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަަކަށް ވަޑައިގެންނެވި ފަހުން، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންގާރަ ދުވަހު ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފަ އެވެ. އެ ޤައުމާ އެކު ވެސް އެމެރިކާ އިން ވަނީ އަގު ބޮޑު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފަ އެވެ.

ސައުދީ އަށް ފަހު، ބުދަ ދުވަހު ޓްރަމްޕް ވަނީ ޤަތަރަށް ވަޑައިގެންފަ އެވެ. ޤަތަރުން ވަނީ ޓްރަމްޕަށް ވަރަށް ފުރިހަމަ މަރުޙަބާއެއް ވެސް ދަންނަވައިފ އެވެ.

ޤަލްފު ސަރަހައްދަށް ޓްރަމްޕް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން، އެމެރިކާ އާއި ގަލްފުގެ ޤައުމުތަކާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް މާހިރުން ވަނީ ލަފާ ކޮށްފަ އެވެ. 

އެމެރިކާގަތަރުޑޮނަލްޑް ޓްރަމްޕްޝެއިޚް ތަމީމް ބިން ހަމަދް އަލް ތާނީއެއްބަސްވުންތައްބޯއިން މަތިންދާ ބޯޓުދިފާއީ އެއްބަސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު