Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިސީސީ

އައިސީސީގެ އަމުރު އަނބުރާ ގެންދިޔުމަށް އިސްރާއީލުން އެދިއްޖެ

އައިސީސީ އިން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަަނަ ދުވަހު މި އަމުރު ނެރިފައި. އެއީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން، ހަމާސް ގެ ކޮމާންޑަރު މުޙައްމަދު ދީފްއާ ދެކޮޅަށް ނެރެފައިވާ އަމުރެއް.  

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2025 | އަންގާރަ 07:27
ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީގެ މައި އޮފީސް

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީގެ މައި އޮފީސް

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްއާ ދެކޮޅަށް، އިންޓަނޭޝަނަލް ކްރިމިނިލް ކޯޓި (އައިސީސީ) އިން ނެރެފައިވާ އަމުރުތައް އަނބުރާ ގެންދިޔުމަށް އެ ޤައުމުން އެދިއްޖެ އެވެ.

އައިސީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔެ ކިޔުންތަކުން ދައްކާ ގޮތުގައި، އިސްރާއީލް އިން ވަނީ ފަލަސްޠީނުގެ ސަރަޙައްދުގައި ހިންގާފައިވާ ޖަރީމާތަކާ ގުޅޭ ތަހުގީގުތައް ވެސް ހުއްޓާލުމަށް އެދިފަ އެވެ.

އިސްރާއީލް އިން އައިސީސީ އަށް ހުށަހަޅާފައިވާ މި ލިޔެ ކިޔުންތަކުގައި ސޮއި ކޮށްފައި ވަނީ އެ ޤައުމުގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް ގިލަޑް ނޯމް އެވެ. 

އައިސީސީ އިން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަަނަ ދުވަހު މި އަމުރު ނެރިފަ އެވެ. އެއީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން، ހަމާސް ގެ ކޮމާންޑަރު މުޙައްމަދު ދީފްއާ ދެކޮޅަށް ނެރެފައިވާ އަމުރެކެވެ. 

ނަމަވެސް، މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި މުޙައްމަދު ދީފް މަރުވެފައިވާކަން ކަށަވަރުވުމާ އެކު، އައިސީސީ އިން ވަނީ އޭނާއާ ދެކޮޅަށް ނެރެފައިވާ އަމުުރު އަނބުރައި ގެނެސްފަ އެވެ.

އެ އަމުރާ ގުޅިގެން އިސްރާއީލް އިން ވަނީ އައިސީސީގެ އިހުތިސާސް ބަލައި ނުގަންނާނެ ކަމަށާއި، ޣައްޒާގައި ހަނގުރާާމައިގެ ކުށްތަކެއް ހިންގާފައި ނުވާނެ ކަމަށް ބުނެ، އެކަންކަމާ ދެކޮޅު ހަދައިފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އައިސީސީގެ އެޕީލްސް ޗެމްބަރުން ނިންމީ، އިސްރާއީލްގެ އިއުތިރާޒުތައް އަލުން މުރާޖާ ކުރުމަށެވެ. 

މި މައްސަލައިގައި ގޮތެެއް ނިންމުއް އަމުރެއް ނެރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާއިރު، އިސްރާއީލުގެ އެދުމާ މެދު ގޮތެއް ނިންމުމަށް ނަގާނެ ވަގުތު މިވަގުތު އެނގެން ނެތެވެ.

އިސްރާއީލްގެ ބޮޑު ވަޒީރާ ދެކޮޅަށް އައިސީސީ އިން ނެރެފައިވާ އަމުރާ ގުޅިގެން، ގިނަ ޤައުމުތަކުން ވަނީ އޭނާ އެ ޤައުމަށް އެތެރެވެއްޖެ ނަމަ ހައްޔަރު ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
03 އެޕްރީލު 2017

ރަށްތައް ވިއްކުން ހުއްޓުވުމަށް ކުރި އަމުރު ބާތިލްކޮށްފި

03 އެޕްރީލު 2017
ރަށްތައް ވިއްކުން ހުއްޓުވުމަށް ކުރި އަމުރު ބާތިލްކޮށްފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު