Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މިހާތަނަށް 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީ އަތުލައިގަނެވިއްޖެ - އިހުސާން

12 މެއި 2025 | ހޯމަ 18:13

ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގުގެ މައްސަލަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މެއި 2025 | ހޯމަ 18:13
 ހޯމްލޭންޑް އެންޑް ސެކިއުރިޓީ ވަޒީރު އަލީ އިހުސާން

ހޯމްލޭންޑް އެންޑް ސެކިއުރިޓީ ވަޒީރު އަލީ އިހުސާން

މިހާތަނަށް 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީ އަތުލައިގަނެވިއްޖެ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގުގެ މައްސަލަ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ޔަގީންކަން ދެއްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާ ވަޒީރު ވިދާޅުވީ ސަރުކާރަށް މިވީ 18 މަސް ދުވަސްތެރޭގައި އެދިމާލަށް އެބަދެވޭ ކަމަށެވެ. ވަޒީރު ވިދާޅުވީ އެ މަސައްކަތް ފަށައިގަތީވެސް އެކަމާއި ގުޅޭ ހުރިހާ އިދާރާތަކެއް ވުޒާރާއެކު މަސައްކަތް ކުރެވޭނެ ގޮތަށް ހުރިހާކަމެއް ތަރުތީބުކުރައްވައިގެން ކަމަށެވެ.

Advertisement - newsAdvertisement

ވަޒީރު އިހުސާން ވިދާޅުވީ ކުރީގައި އޮތް ބިއުރޯކްރެސީއާއި، އެއް އިދާރާ އަނެއް އިދާރާއާއި އޮތް ފުށު އެރުންތައް ދުރުކޮށް ދައުލަތް އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތަށް ހަދާފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ 18 މަސް ދުވަސްތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.

އެއީ ގާތްގަނޑަކަށް މަގުމަތީގެ އަގުން ދަންނަވާނަމަ 1.4 ބިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި. އޭގެ އިތުރުން ރާ އޭގެ ޒާތުގައި ބަނގުރާ މާލޭގެ އެކި ސަރަހައްދުތަކަށާއި، މީހުން ދިރިއުޅެމުންދާ ރަށްރަށަށް އަރަމުންދާކަން ހުއްޓުވުމަށް އަޅުގަނޑުމެން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރޭގައި 9000 އަށްވުރެ ގިނަ ރާފުޅި އަތުލައިގަނެފައިވާނެ. އެހެންވީމަ މިއީ ހަމައެކަނި 18 މަސް ދުވަސްތެރޭގައި އަޅުގަނޑުމެން އިންޓަރސެޕްޝަންގެ ތެރެއިން ކޮށްފައިވާ ކަންކަން.
ހޯމްލޭންޑް އެންޑް ސެކިއުރިޓީ ވަޒީރު އަލީ އިހުސާން

ވަޒީރު ވިދާޅުވީ ރާއްޖޭގެ ބޯޑަރުން އެތެރެވާ ދޮރުތައް ބަންދުކުރުމަށްޓަކައި ހާއްސަގޮތެއްގައި ޕޯސްޓުގެ ޒަރިއްޔާއިން އަންނަ ޕެކޭޖްތައް ސްކޭންކުރުމުގެ ހާއްސަ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން އެއަރޕޯޓުން އަންނަ ޕެކޭޖްތައް ވެސް ބަލަމުންދާ ކަމަށާއި، އޭގެ ތެރެއިން އަތުލައިގަނެވޭ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ ސީ ކާގޯއިން އަންނަ ކޮންޓެއިނަރތައް ސްކޭން ކުރުމަށް ސްކޭނަރެއް ހޯދަމުންދާ ކަމަށާއި، އެއާއި ހިސާބުން ކަނޑުމަގުން އެތެރެވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެން ސަރުކާރުތަކާއި ހިލާފަށް މަސައްކަތް ކުރަނީ ސަޕްލައި މަދުކުރުމަށް ވިސްނައިގެން ކަމަށާއި، އެކަން ކުރާއިރު މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަތުލައިގަންނަމުންދާ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑުމެން މުޅި ރާއްޖެއަށް ފުޅާކޮށްގެން ތަހުގީގުތަކެއް އެބަގެންދަން. މިވަގުތުވެސް މަނީލޯންޑަރިންގ ފްރަންޓުން އަޅުގަނޑުމެން މައްސަލަ މި ބަލަނީ. އެއީ މަސްތުވާތަކެތި ވިއްކާ މީހުން އަދި އޭގެ އެންމެ މުލުގައި ތިބޭ މީހުން މަސްތުވާތަކެއްޗާ އެކުގައި އެ ވިއްކަމުން ނުވެއްދޭ. އެއެއްޗެހި އެމީހުން ވިއްކަނީ ދެތިން ލޭޔަރއެއް އަޅައިގެން މީސްމީހުން ލައްވާ. ގިނަ ފަހަރަށް ޕޮލިސް އޮޕަރޭޝަންތަކުގައި އަތުލައިގަނެވެނީ އޭގެ މެދުތެރޭގައި ތިބޭ މީހުން ނުވަތަ އެންމެ ދަށުގައި ހުންނަ މީހާ.
ހޯމްލޭންޑް އެންޑް ސެކިއުރިޓީ ވަޒީރު އަލީ އިހުސާން

ވަޒީރު ވިދާޅުވީ ފައިސާ ފޮލޯކޮށްގެން އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ގަބޫލުކުރެވޭ އަދި އަތޮޅުތެރޭގައި މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑެތި މީހުން ހޯދަމުންދާ ކަމަށެވެ. އަދި އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅާ ހުއްޓުވާ އެމީހުންގެ ފައިސާ ސީޒްކޮށް ވިޔަފާރިތައް ހުއްޓުވާނެ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމަށްޓަކައި ޕައިލެޓް އޮޕަރޭޝަނެއް ފަށައި، ގާނޫނީ ގޮތުން ވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ. އެގޮތުން ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އެންމެ މަތީގައި ތިބި ދެމީހަކު ވާނީ ހައްޔަރުކޮށްފައި ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ. އަދި ގާނޫނީ ފިޔަވަޅު އެޅި އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް