Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ޕާކިސްތާން ހަމަނުޖެހުން

ޕާކިސްތާނުން އިންޑިއާގެ 77 ޑްރޯން ވައްޓާލިފި

އިންޑިއާ އިން ބުދަ ދުވަހު ޕާކިސްތާނާއި ޕާކިސްތާނު ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް 48 މީހުން މަރުވެފައިވެއެވެ. ޕާކިސްތާނުން ބުނެފައިވަނީ އެ ގައުމުން މިހާތަނަށް ދީފައިވާނީ އިންޑިއާގެ އުދުވާނާ ގުޅިގެން ރައްދު ހަމަލާތައް އެކަނި ކަމުގައެވެ.

ރާއްޖެ އެމްވީ | 9 މެއި 2025 | ހުކުރު 10:06
ސަރުކާރުގެ ޞިއްޙަތާއި ތަޢުލީމީ ޚިދުމަތްތަކާ ބެހޭ ކޮމްޕްލެކްސްގެ އެޑްމިނިސްޓްރޭޝަން ބްލޮކަކީ އިންޑިއާގެ މިސައިލް ހަމަލާތައް އަމާޒުވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއް – މެއި 7، 2025

ސަރުކާރުގެ ޞިއްޙަތާއި ތަޢުލީމީ ޚިދުމަތްތަކާ ބެހޭ ކޮމްޕްލެކްސްގެ އެޑްމިނިސްޓްރޭޝަން ބްލޮކަކީ އިންޑިއާގެ މިސައިލް ހަމަލާތައް އަމާޒުވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއް – މެއި 7، 2025

ޕާކިސްތާނާއި އިންޑިއާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި، ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ޑްރޯންތަކުގެ އަދަދު 77 އަށް އަރައިފިއެވެ.

ޕާކިސްތާނުގެ ސަރުކާރުގެ ޓީވީ ޗެނަލް ޕީޓީވީ ނިއުސް އިން ބުނާ ގޮތުގައި، އިންޑިއާގެ އުދުވާނީ ހަމަލާތަކަށް ޕާކިސްތާނުގެ ސިފައިން ވަނީ އެކަށީގެންވާ ރައްދެއް ދީފައެވެ.

އަނެއްކޮޅުން އިންޑިއާ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޖައްމޫ އަދި އުދަމްޕުރު، އަދި ޕަންޖާބު ސްޓޭޓްގެ ޕަތަންކޯޓްގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ޕާކިސްތާނުން ދީފައިވާ ކަމަށް އިންޑިއާ އިން ބުނާ ބުނުން ޕާކިސްތާނުން ވަނީ ދޮގުކޮށްފައެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިއާގެ ހަމަލާތަކަށް އެ ގައުމުން މިހާތަނަށް ދީފައިވަނީ ހަމައެކަނި ދިފާޢީ ރައްދެކެވެ. މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ފޮނުވި ހަމަލާދޭ ޑްރޯންތަކުން އާންމުންގެ ދެ މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ ސިފައިން ބުނެއެވެ.

އިންޑިއާ އިން ބުދަ ދުވަހު ޕާކިސްތާނާއި ޕާކިސްތާނު ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ހުރި "ޓެރަރިސްޓް ކޭމްޕްތަކަށް" ދިން މިސައިލް ހަމަލާތަކާ ގުޅިގެން މިހާތަނަށް 48 މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން 32 މީހުންނަކީ ޕާކިސްތާނުގެ ރައްޔިތުންނެވެ. އިންޑިއާގެ ހަމަލާތަކަށް ޕާކިސްތާނުން ވަނީ އާޓިލަރީ ހަމަލާތަކުން ރައްދު ދީފައެވެ. އިންޑިއާ އިން ހަމަލާ ދިނީ ޓެރަރިސްޓް މަރުކަޒު ތަކަށް ކަމަށް ބުނާއިރު، ހަމަލާތައް އަރާފައިވާތަން ފެނިފައިވަނީ މިސްކިތްތަކަށާއި، އާންމުންގެ ގެދޮރަށާއި، އާންމު ޚިދުމަތްދޭ ތަންތަނަށް ކަން މީޑިއާ ރިިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ.

މި ހަމަނުޖެހުންތައް ފެށިފައިވަނީ އޭޕްރިލް 22 ވަނަ ދުވަހު އިންޑިއާ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގަމްގައި ހިނގި ހަމަލާއަކާ ގުޅިގެންނެވެ. އިންޑިއާއިން މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ މައްޗަށް އަޅުވާފައިވީ ނަމަވެސް، އެ ކަމުގައި އެއްވެސް ދައުރެއް އޮތް ކަމަށް ޕާކިސްތާނުން ވަނީ ދޮގުކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

އިންޑިއާގެ 14 ވަނަ ރައީސް ކަމަށް ރާމް ނާތު ކޯވިންދް

20 ޖުލައި 2017
އިންޑިއާގެ 14 ވަނަ ރައީސް ކަމަށް ރާމް ނާތު ކޯވިންދް
24 ޖޫން 2017

އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!

24 ޖޫން 2017
އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!
18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
13 މެއި 2017

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު