Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހުސާނުގެ މައްސަލަ އޭސީސީއަށް

ޕީއެންސީއަށް ފޯމު ފުރިކަމަށް މިނިސްޓަރ އިހުސާން އެއްބަސްވި މައްސަލަ އޭސީސީގައި ރަޖިސްޓްރީކޮށްފި

ޑީއެންއާރު ތެރޭގައި ފުރި ޕީއެންސީގެ ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 މެއި 2025 | ބުރާސްފަތި 13:50
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވަގަށް މައުލޫމާތު ނަގައިގެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރު ކުރުމަށް ޑީއެންއާރު ތެރޭގައި މަސައްކަތް ކުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިޙުސާން އެއްބަސްވެފައި ވާތީ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ރަޖިސްޓްރީ ކޮށްފިއެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޤައުމީ މަޖިލީހުގެ މެމްބަރު އަޙުމަދު ސަލީމް (މާޒް ސަލީމް) އެވެ. މައްސަލަ ރަޖިސްޓްރީ ކުރުމަށްފަހު އޭސީސީއިނ ފޮނުވި ލިޔުމުގައި ބުނެފައިވަނީ މި މައްސަލައަކީ 16 ޖެނުއަރީ 2025 ވަނަ ދުވަހު އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ މައްސަލައެއް ކަމަށެވެ. 16 ޖެނުއަރީގައި މައްސަލަ އޭސީސީއަށް ހުށަހެޅީ އެމްޑީޕީއިންނެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އޭސީސީން ބުނެފައިވަނީ މައްސަލައާއި ބެހޭ މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ އެ މައްސަލައާއި ގުޅޭ މައުލޫމާތު ކޮމިޝަނަށް ދިނުމުން ބޭނުންވާ މައުލޫމާތު ސާފުކޮށްދެވެން އޮތް މިންވަރަކަށް ސާފުކޮށްދޭނެ ކަމަށެވެ.

އިހުސާންގެ މައްސަލަ މާޒް ސަލީމް އޭސީސީއަށް ހުށަހެޅީ މަޖިލީހުގައި މިނިސްޓަރު އިހުސާން ދެއްކެވި ވާހަކަތަކަށް ބިނާކޮށް ހެއްކާއެކުއެވެ. މިނިސްޓަރ އިހުސާންގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އެއިރު ވިދާޅުވީ ޑީއެންއާރުގެ މީޓިންގ ރޫމެއްގައި ހަވީރު ފޯމު ފުރުމުގެ މަސައްކަތްތަކެއް ކުރި ކަމަށެވެ. ފޯމުތައް ފުރައިގެން ގެނައި އިރު، އޭގެ ހެކިވެރިންގެ ބައި އިންނަނީ ނުފުރާ ކަމަށާއި، އެ ފޯމުގައި ހެކިވެރިންގެ ބައިގައި ފިންގަރ ޕްރިންޓް ޖެހުމާއި ސޮއިކުރުމުގެ މަސައްކަތާއި ތަފްސީލު ލިޔުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ދިޔަކަމަށް އިހުސާން ވިދާޅުވިއެވެ.

މާޒް ސަލީމް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށް އޭސީސީން ފޮނުވި ލިޔުމުގައި މައްސަލައިގެ ނަންބަރާއި، ހުށަހެޅި ތާރީހުގެ ގޮތުގައި 6 މެއި ވަނީ ލިޔެފައެވެ. އަދި ރައްދުވާ ފަރާތެއްގެ ގޮތުގައި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ގޮތުގައި ލިޔެފައިވާ އިރު މައްސަލައިގެ ހުލާސާވެސް ހިމެނެއެވެ. މައްސަލަ އޭސީސީއަށް ހުށަހެޅީ ވެސް 6 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި މާޒް ސަލީމް ބުނެފައި ވަނީ، ޑީއެންއާރުގެ ތެރޭގައި ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް، މިނިސްޓަރު އިޙުސާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަށް ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑީއެންއާރު ތެރޭގައި ފުރި ޕީއެންސީގެ ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި އެ ފޯމުތަކުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައި ވަނީ އެ ފޯމުތަކުގައި ތަފުސީލު ދީފައިވާ ފަރާތްތަކުގެ ޣައިރު ޙާޟިރުގައި ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އަންގާރަ ދުވަހުގެ މެންދުރު ފަހު މި މައްސަލަ އޭސީސީ އަށް ހުށަހެޅުމަށް ފަހު ރާއްޖެ ޓީވީ އާއި ވާހަކަ ދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، މިނިސްޓަރު އިޙުސާން އިސްވެ ހުންނަވައި، ޑީއެންއާރުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް މެމްބަރުން ވެއްދުމަކީ، މަގާމުގެ ނާޖާއީޒް ފައިދާ ނެގުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިޙުސާން މަޤާމުގެ ނުފޫޒު ބޭނުން ކުރައްވާ އެންޓި ކަރަޕްޝަންގެ ޤާނޫނާއި ޚިލާފަށް ދައުލަތުގެ ތަކެއްޗާއި، ވަސީލަތްތަކާއި، މީހުންގެ ޒާތީ މަޢުލޫމާތާ އަދި ދައުލަތުގެ ޢިމާރާތެއް ބޭނުން ކުރައްވައިގެން ފޯމުތައް އިލެކްޝަން ކަމިޝަނަށް ހުށަހަޅައި، އަދި އިލެކްޝަން ކަމިޝަނުން ވަނީ އެ ފޯމުތައް ބަލައިގަނެ، އެ ފޯމު ތަކުގައިވާ މީހުން ޕީއެންސީގެ މެމްބަރުންގެ ދަފުތަރުގައި ރެޖިސްޓުރީ ކޮށްދީފައި ކަމަށް ވެސް އެ މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އަދި ހަމަ އެހެންމެ، އިލެކްޝަން ކަމިޝަނަށް އެ ފޯމުތައް ހުށަހެޅުމުން، އިލެކްޝަން ކަމިޝަނުން ނިންމީ، އެހެން ޕާޓީ ތަކުގައި ހިމެނޭ މެމްބަރުންނަށް ފައިސާ ލިބޭ ގޮތަށް، ޕީއެންސީގެ ދަފުތަރުގައި ހިމެނޭ ކޮންމެ މެމްބަރަކަށް ވެސް ދައުލަތުގެ ބަޖެޓުން 193.23 ދިވެހި ރުފިޔާ (ސަތޭކަ ނުވަދިހަ ތިނެއް ރުފިޔާ ތޭވީސް ލާރި) ދޫކުރާ ގޮތަށް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އަދި އެ މައްސަލައިގައި ބުނެފައި ވަނީ މިނިސްޓަރު އިޙުސާން ވަޒީފާގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް މަންފާ ހޯދައި ދިނުމުގެ ނިޔަތުގައި ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ލިބިދޭ ގޮތަށް މަގު ފަހި ކޮށްދީފަައިވާ ކަމަށެވެ.

އެގޮތަށް މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެ އަމަލު ކުރެއްވުން އެއީ އެންޓި ކޮރަޕްޝަން ކަމިޝަންގެ ޤާނޫގައި ކުށެއް ކަމަށް ސާފުކޮށް އެގެން އޮންނަ އޮތުމުގެ އިތުރަށް، ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތު ގައި އަދަބު ކަނޑައެޅިގެންވާ ކުށެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެންކަމުން ހޯމް މިނިސްޓްރީގެ ތެރޭގައި މިނިސްޓަރު އިޙުސާން ހިންގާފައިވާ މިޢަމަލަކީ ކޮރަޕްޝަންގެ ޢަމަލެއް ކަމަށްވާތީވެ، އޭސީސީ އިން އެ މަސްއަލަ ޖިނާއީ މަސްއަލައެއްގެ ގޮތުގައި ތަޙުޤީގު ކޮށްދިނުމަށް އެދި ވަނީ ހުށަހަޅައިފަ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑީއެންއާރު ތެރޭގައި ޕީއެންސީ އަށް މެމްބަރުން ވެއްދުމަށް ފޯމު ފުރައި، ފޮޓޯތައް ޖަހައި އަދި އެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފަ އެވެ.

އެ ފޮޓޯ ތަކުގައި މިނިސްޓަރު އިޙުސާންގެ އިތުރުން، ހޯމް މިނިސްޓްރީގެ އެހެން ސިޔާސީ ވެރިން އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު ވެސް އިންނެވި އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓަރު އިޙުސާން އަށް އަމާޒުވީއިރު، ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ އިސްތިއުފާ އަށް ވެސް ގޮވާލާފައި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު