Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑެއްދޫ އެއަރޕޯޓް

ކާޑެއްދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްވަރާތައް ކުރިއަށްދޭ: މިނިސްޓަރު އަމީން

7 މެއި 2025 | ބުދަ 07:41

ކާޑެއްދޫ އެއަރޕޯޓަކީ ކޯޓު މަރުހަލާގެ ތެރެއިން ވިލާ އެއަރއާ ހަވާލުކުރެވިފައިވާ އެއާޕޯޓެއް

އަމްނާ އިމާދު
އަމްނާ އިމާދު | 7 މެއި 2025 | ބުދަ 07:41
ކާޑެއްދޫ އެއަރޕޯޓު

ކާޑެއްދޫ އެއަރޕޯޓު

ކާޑެއްދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަށް މިނިސްޓަރު އަމީން ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓަކީ ކޯޓު މަރުހަލާގެ ތެރެއިން ވިލާ އެއަރއާ ހަވާލުކުރެވިފައިވާ އެއާޕޯޓެއް ކަމަށެވެ. އަދި އެއަރޕޯޓް ތަރައްގީ ކުރުމާއި ބެހޭގޮތުން ހުރި ޕްލޭންތައް ރައީސް ޑރ.މުހައްމަދު މުއިއްޒު މީގެ ކުރިން ހިއްސާކުރެއްވި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއަރޕޯޓުގެ ތަރައްގީއަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ އެއަރޕޯޓް ތަރައްގީ ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެއްވެސް ފީއަކާ ނުލާ ސަރުކާރަށް އެއަރޕޯޓް ދޭނެ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު އަމީން ވިދާޅުވީ އެއްވެސް ފީ އަކަލާ ނުލައި ސަރުކާރާ އެއާޕޯޓު ހަވާލުކުރާނެކަން ރަސްމީކޮށް އަންގާފައިނުވާ ކަމަށެވެ.

ނަމަވެސް ރައީސް ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މުއިއްޒުގެ ވިސްނުންފުޅާއެކު އަދި ތަރައްގީގެ ޕްލޭންއާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ ކާޑެއްދޫ އެއަރޕޯޓަކީ ކޯޓު މަރުހަލާތަކެއްގެ ތެރެއިން ދެވަނަ ސުޕްރީމް ކޯޓުގެ ނިންމުމަކާއެކު އަމިއްލަ ފަރާތަކާ ހަވާލު ކުރެވިފައި. ދެން ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ކުރުމާއި ބެހޭ ގޮތުން ސަރުކާރުގެ ވިސްނުންފުޅާ ގެންގުޅުއްވާ ތަސައްވުރާ މިހާރުގެ ޕްލޭންތައް ރައީސް އެވަނީ ވިދާޅުވެ ދެއްވާފައި. އަޅުގަނޑުމެން އެބަ ގެންދަމު އެ އެއަރޕޯޓާއި ހަވާލުވެފައިވާ ފަރާތާއެކު ޑައިލޮގްތަކެއް އެ އެއަރޕޯޓު ތަަރައްގީ ކުރުމުގައި. މީގެ މުހިންމު ކަމަކީ ވަކި ފަރާތެއް ހިމެނިގެން ނޫން. އެއަރޕޯޓު ބޭނުންވާ މިންގަނޑަށް ތަރައްގީ ކުރުން. އެހެންވީމަ އިރާދަރެއްވިއްޔާ އެކަންތައް ހައްލުވެގެންދާނެ. ދެވަނަ ބަޔަކަށް ސުވާލުގައި ވިދާޅުވީ މިހާރު ހިންގަވަމުން ގެންދަވާ ފަރާތުން އެއްވެސް އެއްޗެއް ނުނަންގަވާ ހަވާލު ކުރާނެ ވާހަކަ. އެ ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނަށް ތިކަހަލަ އެއްވެސް އެނގުމެއް އަންގަވާފައިނުވޭ. މި ކެންޕޭންގެ ތެރޭގައި ނޫނީ ސޯޝަލް މީޑިއާގައި ހިނގަމުންދާ ކަންކަމަށް އަޅުގަނޑަށް ވަރަށް ދަތިވާނެ އެއްޗެއް ދެންނެވުމަށް.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ކާޑެއްދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއިރު، 18 ފެބްރުއަރީ 2025 ގައި ރައްޔިތުންގެ މަޖިލީގެ އިގްތިސޯދީ ކޮމިޓީގައި ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ އެއާޕޯޓްގެ ރަންވޭ ދިގުކޮށް، އެތަން މަރާމާތުކޮށް، އެ އެއަރޕޯޓް އިންޓަނޭޝަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މަސައްކަތް ކުރިއަށްދާކަމުގެ އެއްވެސް އަމަލީ ސިފައެއް އެއާޕޯޓުން ފެނިފައިނުވެއެވެ.

ކާޑެއްދޫ އެއަރޕޯޓް ހިންގަން ވިލާ އެއާއަށް ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ރަސްމީކޮށް ކާޑެއްދޫ އެއަރޕޯޓް ހިންގަން ފެށީ 1 ޖެނުއަރީ 2014 ގައެވެ. ނަމަވެސް 2017 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއަރޕޯޓް ހިންގި ކަމަށް ބުނެއެވެ. ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، 2021 ވަނަ އަހަރު އެއަރޕޯޓުގެ ހިންގުން އަނެއްކާ ވެސް ވިލާ އެއާރ ހަވާލުކޮށްފައިވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި 1993 އަހަރު ޑިސެމްބަރު 10 ގައި ހުޅުވި ކާޑެއްދޫ އެއަރޕޯޓަކީ ރާއްޖޭގައި ފުރަތަމަ ހުޅުވި ސަރަހައްދީ 5 އެއާޕޯޓުގެ ތެރޭގައި ހިމެނޭ އެއަރޕޯޓެކެވެ. އަދި އެއަރޕޯޓުގެ ފެންވަރު ވަރަށް ދަށް ކަމަށް ބުނެ، ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް