Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަންދޫ ކަރަންޓް މައްސަލަ

ލަންދޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރަނީ: ފެނަކަ

މައްސަލަ ހައްލުވާނެ ވަކި ވަގުތެއް ނޭނގޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 26 އޯގަސްޓު 2017 | ހޮނިހިރު 00:53
ނ.ލަންދޫގައި ކަރަންޓް ނެތި ދެދުވަސްވެއްޖެ

ނ.ލަންދޫގައި ކަރަންޓް ނެތި ދެދުވަސްވެއްޖެ

ނ. ލަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ އިރުއޮއްސި ހަޔެއް ޖެހުމާއި ހަމައަށް ލަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ބުނެފަވީ ނަމަވެސް އެމައްސަލަ އަދިވެސް ހައްލުނުވާތީ ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ޓީމުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މަސައްކަތައް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރުވާނީ ފޯރުކޮށްދީފައި ކަމަށާއި ވީހާވެސް އަވަހަކަށް ކަރަންޓްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ނ. ލަންދޫގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެކަށީގެންވާ ގޮތެއްގައި ކަރަންޓްގެ ހިދުމަތް ދެވެމުން ނުދާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ލަންދޫ ކައުންސިލްގެ މެމްބަރަކު އަބްދުﷲ އާރިފް ވިދާޅުވީ ކަރަންޓްގެ ޙިދުމަތް ދެމުންދަނީ އެކި ވަގުތުތަކުގައި ކަމަށާއި މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތި އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެރަށުގައި މިހާރު ބޭނުން ކުރެވީ ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން 125 ކިލޯވޮޓްގެ ޖަނެރޭޓަރު ކަމަށް އާރިފް ވިދާޅުވި އެވެ. ސަތޭކަ ފަސްދޮޅަސް ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މުޅި ރަށަށް އެއް ފަހަރާ ކަރަންޓް ދޫނުކުރެވޭ ކަމަށާއި ކަރަންޓް ދޫކުރެވެނީ އެކި ފަހަރު އެކި ސަރަހައްދަށް ކަމަށް އަރީފް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު

23 އެޕްރީލު 2017
ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު