Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން އިތުރު ތިން މެންބަރުން އިސްތިއުފާ ދީފި

އިސްތިއުފާ ދީފައިވަނީ އާމިނަތު ރަބާބު އިބްރާހިމް އަދި ނިމާލު ހަމީދު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2025 | ހޮނިހިރު 06:15
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު މެންބަރުން

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު މެންބަރުން

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރު ކަމުން އިތުރު ތިން މެންބަރުން އިސްތިއުފާ ދީފިއެވެ.

ހޮނިހިރު ދުވަހު އިސްތިއުފާ ދީފައިވަނީ އާމިނަތު ރަބާބު އިބްރާހިމް، ފާތިމަތު ރާއިއާ ޝަރީފް އަދި ނިމާލު ހަމީދެވެ. މި ދެ މެމްބަރުން ވެސް ވަނީ އިސްތިއުފާ ދިންކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ބުރާސްފަތި ދުވަހު މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) ވެސް ވަނީ މެމްބަރު ކަމުން އިސްތިއުފާ ދީފައެވެ.

އިސްތިއުފާ ދިން ތިން މެމްބަރުން ވެސް ވަނީ ހައްވާ ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތަށް ނުރުހުންފާޅު ކޮށްފައެވެ. އަދި އަބަދުވެސް ޒުވާނުންނާއެކު ތިބިކަން ފާހަގަކޮށް، އިންސާފަށް މަސައްކަތް ކުރާ ކަމަށް ބުނެފައެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހެންވޭރު ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލައިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އެ އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސްކަން ކުރައްވާ ނަޒާހާ ނަޒީމް ވަނީ މަގާމު ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވަނީ މިހާރު ރާއްޖޭގައި އޮތް ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެގެން މަސައްކަތް ކޮށްގެން ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ނާޒާހާ ދެއްކި ވާހަކަތަކާ މެދު ހިތްހަމަ ނުޖޭހަކަން ފާޅުކޮށް އޭނާގެ އިސްތިއުފާ އަށް ގޮވާލަމުން ގެންގޮސްފައި ވެއެވެ.

މިހާތަނަށް ތިން މެމްބަރުން އިސްތިއުފާ ދިންއިރު، އެ ކޮމެޓީގައި ޖުމްލަ 15 މެންބަރުން ހިމެނެއެވެ.

އެއީ ރައީސް އައްޔަނު ކުރެއްވި ދެ މެމްބަރުންނާއި، ގައުމީ ލެވެލްގެ ދެ އެތުލީޓުންނާއި، ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން ދެ މެންބަރުންނާއި, ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ދެ މެންބަރުންނާއި، ޔޫތު މިނިސްޓްރީން ކަނޑައެޅި ހަތަރު ދާއިރާއަކުން ހަތަރު މެންބަރުންނާއި އަދި ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ރައީސުންގެ ތެރެއިން ތިން މެންބަރުންނެވެ.

މި ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓިޖީގެ މަގާމުގައި ހުންނަވާ ދާއޫދު އަހްމަދު އެވެ. ނަމަވެސް މިމައްސަލަ އާއި ގުޅިގެން އެނާގެ އިސްތިއުފާއަށް އެކިފަރާތްތަކުން ގޮވަމުން ގެންދިޔުމާއެކު އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި މިހާރު އެނާ ރައިސް އޮފީހުގައި ހުންނެވި މަޤާމުން ވަކި ކުރުމުގެ ބަދަލުގައި މި މައްސަލައާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.

މިކަމާއި ގުޅިގެން ޒުވާނުން ކުރަމުން ގެންދާ މުޒާހަރާތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އިމާރާތުން ވެއްޓުނު ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި، މި ކަމުގައި އިހުމާލުވި ފަރާތްތައް ހައްޔަރުކޮށް އެ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ރޭ ޒުވާނުން ކުރި މުޒާހަރާގައި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު