Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ޕެލަސް އިން އާސެނަލް މޮޅުވިޔަ ނުދިން

މި ނަތީޖާ އާއެކު އާސެނަލް ދެ ވަަނައިގައި އޮތީ 34 މެޗުން 67 ޕޮއިންޓާ އެކު އެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި ލިވަޕޫލް އަށް ލިބެނީ 79 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އެޕްރީލު 2025 | ބުރާސްފަތި 09:11
ޕްރިމިއާ ލީގުގައި އާސެނަލް އާއި ޕެލަސް ކުޅުނު މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި އާސެނަލް އާއި ޕެލަސް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް އެއްވަރުވެއްޖެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި އާސެނަލް އިން ވަނީ ދެ ފަހަރެއްގެ މަތިން ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. ނަމަވެސް، ޕެލަސް އިން ވަނީ ދެ ފަހަރު ވެސް ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އާސެނަލަށް ކުރި ހޯދައިދިނީ ޖަކޫބް ކިވިއޯ އެވެ. އޭނާ އެ ލަނޑު ޖެހީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި އެބަރެޗީ އެޒީ ވަނީ ލަނޑު ޖަހައި ޕެލަސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ދެ ވަނަ ފަހަރަށް އާސެނަލަށް ކުރި ހޯދައިދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. ނަމަވެސް މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ހުއާން ފިލިޕޭ މަޓޭޓާ ޖެހި ލަނޑުން ޕެލަސް ވަނީ ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މި ނަތީޖާ އާއެކު އާސެނަލް ދެ ވަަނައިގައި އޮތީ 34 މެޗުން 67 ޕޮއިންޓާ އެކު އެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި ލިވަޕޫލް އަށް ލިބެނީ 79 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު