Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަރެކްޝަންސް ސަރވިސް

"54 އަހަރު މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އަށް ވީ އިރު ބޯހިޔާވަހިކަމުގެ ފުރުސަތު ހުޅުވާލީ ނިމިދިޔަ ސަރުކާރުން"

22 އެޕްރީލު 2025 | އަންގާރަ 13:03

އަންގާރަ ދުވަހު ކޮމިޓީގައި ގައިދީން ބެލެހެއްޓުމާއި، ޖާގައިގެ ދަތިކަމާއި މެދު ވެސް ކަރެކްޝަންސް އިން ވާހަކަދައްކާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އެޕްރީލު 2025 | އަންގާރަ 13:03
 ކަރެކްޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހިމް މުހައްމަދު ދީދީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަނީ

ކަރެކްޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހިމް މުހައްމަދު ދީދީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަނީ

ހަގީގަތުގައި 54 އަހަރު މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އަށް ވީ އިރު ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެން ދިޔައީ ނިމިދިޔަ ސަރުކާރުގައި ކަމަށް ކަރެކްޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި އަންގާރަ ދުވަހު ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

އެ ކޮމިޓީ އަކީ ކަރެކްޝަންސް އިން ހުށަހަޅާފައިވާ ޕެޓިޝަނަކާއި ގުޅިގެން ބޭއްވި ޕެޓިޝަން އެކެވެ. އެ ޕެޓިޝަނަކީ މަދަނީ މުވައްޒަފުންނަށް ހައުސިން އެލަވެންސް ނުލިބޭތީ ހުށަހެޅި ޕެޓިޝަނެކެވެ. މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވަނީ ހައުސިން މަޝްރޫޢު އަށް ޕޮއިންޓް ދޭ އިރު އަމަލުކުރި ގޮތާއި، އެލަވަންސް ދޭން ވުމުން އަމަލު ކުރާ ގޮތާއި ތަފާތުވާ ސަބަބާއި މެދު ސުވާލު އުފައްދާފައެވެ.

ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި، އެކަން ހައްލުކޮށް ދިނުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަހަރީ ދުވަސް ފާހަގަ ކުރަން 6 ސެޕްޓެމްބަރ 2022ގައި ބޭއްވި ޖަލްސާގައި އޭރު ރައީސް ސާލިހު ވިދާޅުވީ ޖަލުތަކުގެ އެކޮމަޑޭޝަންގެ ތާށިކަމާއި މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

އެ ވައުދާއި އެއްގޮތަށް 100 ހައުސިން ޔުނިޓް ކަރެކްޝަންސް އަށް ޚާއްސަކޮށްގެން ހުޅުވާލިއެވެ. އަންގާރަ ދުވަހުގެ ކޮމިޓީގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހިމް މުހައްމަދު ދީދީ ވަނީ އެ މަޝްރޫެުގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގުފަހި ކުރުމަށް ފޯމުތަކެއް އެކުލަވާލާ ފުރުސަތު ހުޅުވާލި ކަމަށް ފާހަގަކުރައްވާ އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

ދައުލަތުގެ އެކި އެކި މުއައްސަސާތަކަށް ބޯހިޔާވަހިކަމާއި މި ހުރިހާ ކަމެއް ލިބިގެން ދާއިރު ޔުނިފޯމް އެޅި ހަމަ ﷲ ގަންދީ ހުވާކޮށްގެން މަސައްކަތް ކުރާ މުއައްސަސާ އަކަށް ވާއިރުގައި ނެތް އެކަހަލަ ޚިދުމަތެއް ލިބިފަކާ މިއަދާއި ހިސާބަށް. ނިމިދިޔަ ސަރުކާރުގައި އެކަން ހަމަޖެހުނީ.
ކަރެކްޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހިމް މުހައްމަދު ދީދީ

އެ ކޮމިޓީގައި ކަރެކްޝަންސްގެ ފަރާތުން ވަނީ މަދަނީ މުވައްޒަފުންނަށް ލިވިން އެލަވެންސް ނުލިބޭތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކަރެކްޝަންސް އިން އެދެނީ ހައުސިން އެލަވެންސް ހަރުދަނާކޮށް އެ މައްސަލަ އަށް ހައްލު ހޯދާދިނުމަށެވެ. އަންގާރަ ދުވަހު މަޖިލީހުގައި މެމްބަރުން ވަނީ އެކަމާއި ގުޅޭގޮތުން އެކުަލަވާލާފައިވާ އުސޫލުތަކާއި މެދު ސުވާލުކޮށް އެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ކަންކަން ސާފުކޮށްފައެވެ.

އަންގާރަ ދުވަހު ކޮމިޓީގައި ގައިދީން ބެލެހެއްޓުމާއި، ޖާގައިގެ ދަތިކަމާއި މެދު ވެސް ކަރެކްޝަންސް އިން ވާހަކަދައްކާފައިވެއެވެ.

ކަރެކްޝަންސް އިން ހުށަހެޅި ޕެޓިޝަންގައި 44 މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް