Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އޮކްޓޫބަރު 3 އަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ސައިކަލު ބުރެއް ބާއްވައިފި

އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ލޫޓުވައިފި ލޫޓުވައިފި ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދޭ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 14:41
އެމްޑީޕީން ބޭއްވި ސައިކަލު ބުރު

އެމްޑީޕީން ބޭއްވި ސައިކަލު ބުރު

ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން އެމްޑިޕީން މާލޭގައި ސައިކަލު ބުރެއް ބާއްވައިފި އެވެ.

ހޮނިހިރު ދުވަހު ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެ ޕާޓީން ބޭއްވުމަށް ތައްޔާރުވަމުން ދާ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު ހަރަކާތަށް ތައްޔާރުވުމަށާއި އަދި އެހަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިކުރުމަށް ހިތް ވަރުދިނުމަށް ގޮވާލާ ހިންގި ހަރަކާތެއް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ މި ހަރަކާތުގައި ވާހަކަދެއްކި މީހަކު ބުނީ، މި ހަރަކާތްތަކެއް ނުހުއްޓުވޭނެ ކަމަށާއި ރާއްޖޭގެ ހުރިހާ ޒުވާނުން ނިކުންނަން ޖެހޭ ކަމަށެވެ. އަދި މިއަދު ނުކުރި މަސައްކަތެއް މާދަމާ ނުކުރެވޭނެ ކަމަށާއި ޒުވާނުން ގާފިލް ކަންމަތީ ތިބެއްޖެ ނަމަ މިގައުމު އަތެއް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އަޅުގަނޑު ދަންނަވާނީ ނުހުއްޓުވޭނޭ، ލޫޓުވާފައޭ އޮތީ، ބުނާނެ ލިޔާނޭ ކިޔާނޭ ހޯދާނެ އެވާހަކަ ދައްކާނޭ. ކިތަންމެ ވަރަކަށް އުޅުނަސް ނިމޭނޭ ނިންމާނޭ. ރާއްޖޭގެ ޒުވާނުންނޭ މިއަދު ތިޔަ ކުދިން ނިކުންނާށޭ މިއަދު ނުކުރި މަސައްކަތެއް މާދަމައަކު ނުކުރެވޭނޭ. ޒުވާނުން ގާފިލް ކަންމަތީ ތިބެއްޖެ ކަމުގަ ވާނަމަ މިގައުމު އަތެއް ނުވާނެ.
އެމްޑީޕީގެ ހަރަކާތުގައި ވާހަކަދެއްކި މީހެއް

އެމްޑީޕީގެ މި ހަރަކާތުގައި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މިވަގުތު ރައްޔިތުން މަޖިލީހުގައި ކުރީގެ މެމްބަރުންނާއި ލީޑަރޝިޕްގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބައިވެރިފައެވެ.

އެމްޑީޕީގެ ގިނަ ހަރަކާތްތެރިންނާއި ސަޕޯޓަރުން ބައިވެރިވި މި ހަރަކާތުގައި އަދުގެ ސަރުކާރުން ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް ބަދަލުތައް ގެނެސް ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަންނާތީ އެކަމާ ނުރުހުން ފާޅުކޮށްފައި ވެއެވެ.

މި ހަރަކާތުގެ ތެރޭން މާލޭގެ ބޮޑެތި މަގުތަކުގައި، އަންނަމަހު 3 ވަނަ ދުވަހު މާލޭގައި، 'ލޫޓުވައިފި، ލޫޓުވައިފި' ނަމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު އެއްވުމަށް ތައްޔާރު ކޮށްފައިވާ ޚާއްސަ ލަވަ ޖެހުމާއި އެކު އެ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު ދީފައިވެ އެވެ.

އެމްޑީޕީމާލެލޫޓުވައިފިސައިކަލް ދުއްވުންޒުވާނުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު