Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
(އައިޔޫއެމް) ސަނާބިލް

" (އައިޔޫއެމް) ސަނާބިލްގެ ބޭނުމަކީ ޔުނިވަރސިޓީ އަށް އާމްދަނީ ހޯދުން، ތަނުގެ ބޭނުން ޔުނިވަރސިޓީ އަށް ހިފޭނެ ކަމަށް ޤަބޫލުކުރެވޭ."

މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2025 | ހޮނިހިރު 14:26
(އައިޔޫއެމް) ސަނާބިލްގެ އަމަލީ މަސައްކަތް ފެއްޓުމުގެ ރަސްމިއްޔާތު

(އައިޔޫއެމް) ސަނާބިލްގެ އަމަލީ މަސައްކަތް ފެއްޓުމުގެ ރަސްމިއްޔާތު

(އައިޔޫއެމް) ސަނާބިލްގެ ބޭނުމަކީ ޔުނިވަރސިޓީ އަށް އާމްދަނީ ހޯދުންކަމަށް ވީ ނަމަވެސް ކޮންމެވެސް ވަރަކަށް ތަނުގެ ބޭނުން ޔުނިވަރސިޓީ އަށް ހިފޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ސަނާބިލް އިމާރާތުގެ ބިންގާ އަޅާ، އެތަނުގެ އަމަލީ މަސއްކަތް ފެށުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހޮނިހިރު ދުވަހު ހަވީރު އެ އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އެވެ.

ޑރ.އަލީ ޒާހިރު ވަނީ އެ އިމާރާތާއި އެކު ޔުނިވަރސިޓީ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިއީ އޭނާ މަޤާމާއި ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދިން މަސައްކަތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ އިމާރާތް އެޅުމަށް ސުކޫކްގައި ބީއެމްއެލް އިން އިންވެސްޓްކުރުމަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއި ތަރައްގީއަށް އެ ބޭންކުން ދޭ އެހީތެރިކަން ހާމަވާ ކަމެއް ކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީން ބުނެފައި ވަނީ އެ އިމާރާތަކީ ރާއްޖޭގެ ތައުލީމަށް މުހިންމު އިމާރާތަކަށް ވާނެ ކަމަށެވެ. އެއީ ދިވެހި ތައުލީމްގެ މުހިންމު ރަމްޒެއް ކަމަށް އައިޔޫއިމްއިން ބުނެއެވެ. އެއީ 2004 ވަނަ އަހަރު ކުއްލިޔަތުއް ދިރާސަތުއް އިސްލާމިއްޔާ ވުޖޫދުވި ފަހުން އެ އިލްމީ މުއައްސަސާއަށް ނިސަބްތްވެގެން އިމާރާތްކުރާ ފުރަތަމަ ބިނާ ކަމަށް އައިޔޫއިމް އިން ވަނީ ބުނެފައެވެ.

ހަމައެހެންމެ މިއީ އިސްލާމިކް ފައިނޭންސާއި އެއްގޮތަށް ސުކޫކަށް އިޝޫކޮށްގެން ފައިނޭންސް ރެއިޒްކޮށްގެން ރާއްޖޭގައި ބިނާ ކުރާ ފުރަތަމަ ފަހަރުކަމަށާއި، މިއީ އިލްމީ ބިނާއަކުން އިޝޫކުރި ސުކޫކަކަށް ބެންކަކުން ރާއްޖޭގައި އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށް އައިޔޫއެމްއިން ވަނީ ބުނެފައެވެ.

މަތީ ތައުލީމަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތްބުރީގެ އިމާރާތްކުރުމަށް ހިންގާ ސަނާބިލް ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކް އިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި ވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނެއެވެ.

މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ.

މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރަނި ބޮޑުވެ ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ، އާމްދަނީ ޔަގީންކުރަންޖެހޭ: އެމްއެމްއޭ

ދަރަނި ބޮޑުވެ ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ، އާމްދަނީ ޔަގީންކުރަންޖެހޭ: އެމްއެމްއޭ

20 ނޮވެމްބަރު 2017
އަންނަ އަހަރު ބްރޯޑްކޮމްއަށް އާމްދަނީގެ ގޮތުގައި 8 މިލިއަން ރުފިޔާ!

އަންނަ އަހަރު ބްރޯޑްކޮމްއަށް އާމްދަނީގެ ގޮތުގައި 8 މިލިއަން ރުފިޔާ!

19 ނޮވެމްބަރު 2017
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ

އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ

15 ނޮވެމްބަރު 2017
އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

06 ނޮވެމްބަރު 2017
ޤައުމީ ޔުނިވަރސިޓީގެ "ފަހި ދުވަސް" ފަށައިފި

ޤައުމީ ޔުނިވަރސިޓީގެ "ފަހި ދުވަސް" ފަށައިފި

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު