Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމީ ޔުނިވަރސިޓީ

ޤައުމީ ޔުނިވަރސިޓީގެ "ފަހި ދުވަސް" ފަށައިފި

ފަހި ދުވަހަކީ، އެ ޔުނިވަރސިޓީއިން ހުޅުވާލާފައިވާ ކޯސްތަކާއި ބެހޭ މަޢުލޫމާތު، އެއް މާޙައުލެއްގެ ތެރެއިން ފަހި ކޮށްދޭ އިވެންޓެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 13:30
ރަސްފަންނުގައި ކުރިއަށްދާ ގައުމީ ޔުނިވާސިޓީގެ "ފަހި ދުވަސް" ގެ ހަރަކާތްތައް

ރަސްފަންނުގައި ކުރިއަށްދާ ގައުމީ ޔުނިވާސިޓީގެ "ފަހި ދުވަސް" ގެ ހަރަކާތްތައް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ފަހި ދުވަސް" ރަސްފަންނުގައި ހޮނިހިރު ދުވަހު ފަށައިފިއެވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އެ ޔުނިވަރސިޓީއިން ފަށާ ކޯސްތަކާއި ބެހޭ މަޢުލޫމާތު ޢާންމުންނާއި ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް އެ ޔުނިވަރސިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ފަހި ދުވަސް" ރަސްފަންނުގައި ފައްޓަވައި ދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަން ގެ ރައީސް ޢަލީ ރަޝީދެވެ.

މިއަދު ހަވީރު 16:00 ގައި ފެށި ފަހި ދުވަހުގެ ހަރަކާތްތައް މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ. ފަހި ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނީ އޮކްޓޫބަރު 6 ވަނަ ދުވަހު ހަވީރު 16:00 އިން 18:00އަށް އަދި ރޭގަނޑު 20:00 އިން 22:00އަށެވެ. އަދި 7 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ރަސްފަންނުގައެވެ.

ފަހި ދުވަހަކީ، އެ ޔުނިވަރސިޓީއިން ހުޅުވާލާފައިވާ ކޯސްތަކާއި ބެހޭ މަޢުލޫމާތު، އެއް މާޙައުލެއްގެ ތެރެއިން ފަހި ކޮށްދޭ އިވެންޓެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހިންގަމުންދާ ހުރިހާ ފެކަލްޓީތަކަކާއި މަރުކަޒުތަކެއް ބައިވެރިވެގެން ކުރިއަށް ގެންދާ މި ހަރަކާތަކީ، ތަޢުލީމު ހާޞިލުކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެކަމުގައި މަގު ދައްކައިދީ، މަގު ފަހިކޮށްދިނުމުގެ ނިޔަތުގައި ހިންގާ ހަރަކާތެކެވެ. ކޯސްތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން ކޮންމެ ސްޓޯލަކުން ވެސް ތަފާތު ތަޢުލީމާއި ގުޅުން ހުރި ކުޅިވަރުތައް ކުރިއަށް ގެންދާނެއެވެ. އަދި ކޮންމެ ކުޅިވަރެއް ކުޅުމަށް ފަހު ހަދިޔާ ލިބިގެންދާނެއެވެ. ފަހި ދުވަހުގައި ބައިވެރިވުމަށް ޒިޔާރަތް ކުރާ ބޭފުޅުންނަށް ލަކީ ޑްރޯ އެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މި ލަކީ ޑްރޯގެ އިނާމެއްގެ ގޮތުގައި ހަމަޖެހިފައި ވާނީ މޯލްޑިވިއަން އިން ރާއްޖޭގައި ދަތުރު ކުރާ މަންޒިލަކަށް ދެކޮޅު ޓިކެޓެވެ. މި އިނާމު ސްޕޮންސަރ ކޮށްދެއްވާފައިވަނީ މޯލްޑިވިއަން އިންނެވެ.

މިއަހަރުގެ ފަހި ދުވަހުގައި ވެސް ސެޓްފިކެޓްތައް އެޓެސްޓް ކޮށްދިނުމާއި ކޯސްތަކަށް ވަންނަން އެދޭ ކުދިންގެ ފޯމް ފުރައިދީ އަދި ފޯމް ބަލައިގަތުމުގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ގައުމީ ޔުނިވާސިޓީން އަންނަ އަހަރުގެ ޖަނަވަރީ މަހަށް ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ކޯހާ ހަމައަށް 122 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު 5300 އަށް ވުރެ ގިނަ ޖާގަ ވަނީ ހުޅުވާލައިފައެވެ. އަދިކޯސްތަކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފޯމް ބަލައިގަންނަން ވަނީ ފަށާފައެވެ.

ގައުމީ ޔުނިވާސިޓީން ބުނީ، މިއަންނަ އަހަރުގެ ކޯސްތަކަށް ވަނުމަށް އެދި ފޯމް ހުށައަޅާއިރު އިސްކަންދޭނީ ކޯސްތަކަށް އެދި ފޯމު ހުށައަޅާ ތަރުތީބުން ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު