Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް ދިރާސާކުރާ ކޮމެޓީ

ދަރަނި ބޮޑުވެ ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ، އާމްދަނީ ޔަގީންކުރަންޖެހޭ: އެމްއެމްއޭ

އާމްދަނީ ލިބޭނެ ކަމަށް މީގެ ކުރިން ބަޖެޓްގައި އަންދާޒާކޮށްފައިވާ ފައިސާ ނުލިބޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2017 | ހޯމަ 12:52
ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަންކަމުން އާމްދަނީ ލިބޭނެކަން ޔަގީން ކުރުމާއެކު، ބަޖެޓްގައިވާ ގޮތަށް ޚަރަދުތައް ކުރުމަށް މޯލްޑިސް މަނިޓަރީ އޮތޯރިޓީން ލަފާ ދީފިއެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް ލިޔުމުން އެމްއެމްއޭ އިން ފިނުވާފައިވާ ލިޔުމުގައި ވަނީ މީގެކުރީ އަހަރުތަކުގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބި، ބަޖެޓުގައި ކަނޑައަޅަފައިވާ އަދަދުތަކަށް ވުރެ އިތުރަށް ޚަރަދު ކޮށްފައިވާތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކޮށް، ފާސްކުރާއިރު އެކަން ކަމަށް ރިޔާއަތް ކުރުމަށް ލަފާ އަރުވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެމްއެމްއޭ އިން ބުނެފައި ވަނީ 2016 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު، ބަޖެޓްގެ ޑެފިސިޓް ފުރަތަމަ އަންދާޒާ ކުރެވިފައި ވަނީ 3.4 ބިލިއަން ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ހުށަހެޅިފައިވާ ބަޖެޓްގެ ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ "އެކްޗުއަލް" ޑެފިސިޓަކީ 6.7 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 2017 ވަނަ އަހަރު ފުރަތަމަ ހުށަހެޅުނު ބަޖެޓުގައި އަންދާޒާ ކޮށްފައިވާ ޑެފިސިޓް އަދަދަށް ވުރެ މިހާރު ރިވައިޒްކޮށްފައިވާ ޑެފިސިޓް އަދަދު ބޮޑުކަން ވެސް އެމްއެމްއޭއިން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ބަޖެޓް ޑެފިސިޓްވުން ކުޑަކުރުމަށްޓަކައި ހަރުދާނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އެމްއެމްއޭއިން ލަފާދީފައި ވެއެވެ. އެގޮތުން ޕަބްލިކް ފައިނޭންސިންގ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ބަޖެޓާ ބެހޭ "އެޕްރިޕްރިއޭޝަން އެކްޓް"ގެ ނަމުގައި ގާނޫނެއް އެކުލަވާލައި އެއަށް އަމަލުކުރަށް ފެށުން މުހިއްމު ކަމަށް ވެސް އެމްއެމްއޭގެ ލަފާގައި ވެއެވެ.

މީގެ އިތުރުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންތައްތައް ބަޖެޓާ އެއްގޮތަށް ކުރިއަށް ގެންދޭތޯ ޔަގީން ކުރުމަށް، މަޖިލީހުން އަހަރުގެ މެދުތެރޭގައި ބަޖެޓް ރިވިއު ކުރިއަށް ގެންދިއުމަށް ވެސް އެމްއެމްއޭގެ އެލަފާގައި ބަޔާންކޮށްފައި ވެއެވެ.

ޓެކްސް ނިޒާމަށް ގެނެވޭ ބަދަލަކީ އެ ބަދަލު ގެނައުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރި ކަމާއި އަދި އަމިއްލަ ވިޔަފާރިތަކަށް، ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރު ދިރާސާކުރެވި، ގެނެވޭ ބަދަލުތަކަށް ވާންޖެހޭ ކަމަށް ވެސް އެމްއެމްއޭގެ ލަފާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޓެކްސް ނިޒާމަކީ ހަމަހަމަ އަދި އާމްދަނީގެ ފަރަގު ކުޑަކުރުމަށް ބާރުއަޅާ ނިޒާމަކަށް ހެދުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި އަމިއްލަ ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނެގުމަށް ވެސް އެމްއެމްއޭއިން ލަފާއަރުވާފައި ވެއެވެ.

މިއަހަރުން ފެށިގެން ބަޖެޓް ފައިނޭންސް ކުރުމަށް ޑޮމެސްޓިކް މާކެޓުން ހޯދޭ މިންވަރު ދަށްވެ، އެކްސްޓާނަލް ފައިނޭންސް އަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އަދި މިއާ އެކު ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ ލޯނުތަކާ އެކު ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން އިތުރުވަމުންދާކަން ވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2016 ވަނަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނި 760.4 މިލިއަން ޑޮލަރު ނުވަތަ 11.7 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، 2017 ވަނަ އަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކުރެވެނީ 1.1 ބިލިއަން ޑޮލަރު ނުވަތަ 17.4 ބިލިއަން ރުފިޔާގައި ކަމަށް ބުނެފައިވެ އެވެ. އަދި 2018 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކުރާ ގޮތުން އަހަރު ނިމޭއިރު ބޭރުގެ ދަރަނި 1.4 ބިލިއަން ޑޮލަރު ނުވަތަ 21.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައި ވެއެވެ.

އެހެންކަމުން ދައުލަތުގެ ރަސްމީ ރިޒާވުން ކުރިއަށް އޮތްތަނުގައި ނިސްބަތުން ބޮޑު އަދަދެއް ހޭދަވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ރަސްމީ ރިޒާވަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ރިޒާވް އިތުރު ކުރެވޭނެ ފަދަ ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށް ވެސް އެމްއެމްއޭގެ ލަފާގައި ބަޔާންކޮށްފައި ވެއެވެ. އަދި މިކަމަކީ ރާއްޖޭގައި ކަނޑައެޅިފައިވާ އެކްސްޗޭންޖް ރޭޓްގެ ސިޔާސަތުގެ ދަށުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި ވެސް ކުރުން މުހިއްމު ކަމެއް ކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފިސްކަލް ސިޔާސަތާއި ބޭރުގެ މާލީ އިދާރާތަކާއި ރާއްޖޭގެ ސޮވެރިންގ ބޮންޑުގައި އިންވެސްޓް ކޮށްފައިވާ އިންވެސްޓަރުން އިތުބާރުކުރާ އަދި ގަބޫލުކުރެވޭ ސިޔާސަތުތަކަށް ހެދުން މުހިއްމު ކަމެއް ކަމަށާއި ބޭރުގެ މާކެޓްތަކުން ފަސޭހަ ކަމާއެކު އަދި ކުޑަ އިންޓަރެސްޓެއްގައި ފައިނޭންސް ހޯދުމަށް ދައުލަތުގެ ކްރެޑިޓް ރޭޓިންގ ދަށް ނުވާނެ ގޮތަކަށް ފިސްކަލް ސިޔާސަތު ބައްޓަން ކުރުމަކީ ކޮންމެހެން މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށް އެމްއެމްއޭ އިން ލިޔުމުން ފޮނުވި ލަފާގައި ވެއެވެ. އަދި ދައުލަތުގެ ދަރަނި ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފެހެއްޓުމަށް ހަރުދަނާ ޑެޓް މެނޭޖްމަންޓް ސްޓްރެޓަޖީއެއް އެކުލަވާލުމަށް ވެސް އެމްއެމްއޭއިން ލަފާއަރުވާފައި ވެއެވެ.

ބަޖެޓްގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި 47 ޕަސެންޓަކީ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް ކުރާ ހޭދަ ކަމަށް ވެފައި، ދައުލަތުގެ މުސާރައިގެ އުނިގަނޑަށް ބަދަލު ގެނެވޭއިރު، މުއައްސަސާތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރެވި، މުވައްޒަފުންގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރަށް ބަލައި އެލަވަންސް ދެވޭނެ ނިޒާމެއް ވީހާ ވެސް އަވަހަކަށް ގާއިމު ކުރުމަށް ވެސް އެމްއެމްއޭއިން ލަފާއަރުވާފައި ވެއެވެ.

ބަޖެޓްގައި އަންދާޒާ ކޮށްފައިވާ އާމްދަނީ އާއި ޑެފިސިޓް ފައިނޭންސް ކުރުމަށް ކަނޑައަޅާފައިވާ އަދަދު އެއްވެސް ސަބަބަކާ ހެދި ނުލިބިއްޖެ ހާލަތެއްގައި އަމަލުކުރާނެ ކޮންޓެންޖެންސީ ޕްލޭނެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި އެފަދަ ހާލަތެއްގައި ސަރުކާރުން ކުރުމަށް ރާވާފައިވާ މަޝްރޫއުތަކާއި ޚަރަދުތައް މެދުކަނޑާލެވިދާނެ ކަންތައްތައް ދުރާލާ ކަނޑައެޅުމަށް ވެސް އެމްއެމްއޭއިން ލަފާއަރުވާފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު