Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑްރައިވަރުން ކަރަށް ފައިންއަރާ، ސަރުކާރުގެ ޓެކްސީ ލައިން ޖުލައި މަހު ފަށަނީ!

ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށާއިރު، ޓެކްސީ ލައިންގެ ހިދުމަތް ފަށާނީ 100 ޓެކްސީ އާއެކުގައެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 11 އެޕްރީލު 2025 | ހުކުރު 14:39
ޓެކްސީ ޑްރައިވަރުން ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރުމާ ދެކޮޅު

ޓެކްސީ ޑްރައިވަރުން ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރުމާ ދެކޮޅު

ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވީ އެވެ. ކުރެވުނު އެއްވެސް ކަމެއް ނެތެއެވެ. މުޅިންވެސް ދައްކަނީ ވާހައެކެވެ. ކޮންމެ ދިމާލަކުންވެސް އަޑު އިވެނީ އެއް ވާހަކެއެކެވެ. ވޯޓް ދެވުނީތީ ދެރަވާ ކަމެވެ. ސަރުކާރަށް ކުރެވުނީ ކޮންކަމެއް ބާއެވެ. ސުވާލަކަށްފަހު ސުވާލަށް ރައްޔިތުން ކުރިއަސް ޖަވާބުދާރީވާނެ ވެރިއެއް ނެތެއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭން ކަމަށް ވިދާޅުވެ އަމިއްލަފުޅު ޕޮޑްކާސްޓެއް ހައްދަވައިގެން އަމިއްލަފުޅަށް ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވަނީ އެވެ. ރައީސް މުއިއްޒުއެވެ. ކަންކަން ނުވެގެން ރައްޔިތުން ހަނާވެ އަވަދިވަނީއެވެ.

ރައްޔިތުންނަށްޓަކައި މިސަރުކާރަށް ކޮށްދެވުނީ ކޮންކަމެއްތޯއެވެ. ބޭސް ސިޓީއަށް ސަލާން ޖަހަނީ އެވެ. އަދިވެސް މައްސަލަ ހައްލުނުވެއެވެ. ބޯހިޔާވަހިކަން ނުލިބިގެން އެތައް ބަޔަކު އާދޭސް ދަންނަވަނީއެވެ. އިންސާފް ނުލިބިގެން އެތައް ބަޔަކު މަގުތަކަށް ނިކުމެ އިޙްތިޖާޖް ކުރަނީ އެވެ. ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގިނަ ވަނީއެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެއެވެ. މިއަދު އަޑު އިވިގެންދިޔައީ ރާއްޖޭގެ އެތައް ބަޔަކު އާމްދަނީ ހޯދުމަށްޓަކައި ކުރަމުން އަންނަ އެއް މަސައްކަތް ކަމަށްވާ ޓެކްސީ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަންނަން ނިންމާ ޚިދުމަތް ފައްޓާނެ ތާރީޚު އިއުލާންކުރި ޚަބަރެއެވެ. ކޮންމެއަކަސް މިއީ އެތައް އާއިލާއަކަށް ނިކަމެތިކަން ލިބިގެންދާނެ ކަމެކެވެ. ތޮއްޖެހިފައިވާ މާލޭއަށް އަނެއްކާވެސް އިތުރު ވެހިކަލްތައް ގެނެސް ތޮއްޖައްސާލަނީއެވެ. ބޭނުމަކީ ކޮބައިތޯއެވެ. މިކަމަކާއި ދެކޮޅަށް ހައްގު ބަސް ބުނި މީހުންނާއި ދެކޮޅަށް ދައުވާކުރަނީއެވެ. މިއަދުގެ ސަރުކާރުގައި ޤާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމާއި ދެކޮޅަށް ބަހެއް ބުނެލެވޭނެ ޖާގައެއް ނެތެއެވެ. ސަރުކާރާއި ދެކޮޅަށް އެއްޗެކޭ ބުނެފި ނަމަ ބަލާނެ ކަމެއް ނެތެއެވެ. އަނެއް ދުވަހު ފުލުހަށް ހާޒިރުވުމަށް ޗިޓް އަންނާނެއެވެ. ބަޔާން ނަގާށެއެވެ. އެހިސާބުން ކުށްވެރިއެއްގެ ޓެކް އެޅުވެއެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނިންމުމާ ގުޅިގެން، ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް މިކަމަށް އެއްވެސް އިޖާބައެއް ނުދީ ޓެކްސީ ލައިން ތަޢާރަފްކުރަން ސަރުކާރުން ނިންމި ނިންމުމެއެވެ. ރައްޔިތުންގެ އަޑު އައްސަވާ ސަރުކާރުން، ކަންކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ގޮތަކީ މިއީތޯ އެވެ.

ރައީސް މުއިއްޒު ކުރައްވާ ކަންކަން ދިފާއުކޮށް ވާހަކަދައްކަވަން ތިއްބަވާ ބޭފުޅުންގެ ތެރެއިން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނޫޅޭ ކަމަށެވެ. މިޖެހުނީ ކޮންތާކުތޯއެވެ. ރައީސް މުއިއްޒު ކަމެއް ކުރައްވަން ބޭނުންފުޅުވުމުން އެކަމެއް ލަހެއް ފަހެއް ނެތި ކުރައްވަނީއެވެ. ރައްޔިތަކަށް ބެލުމެއް ނެތިއެވެ.

ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާ އެކު ޓެކްސީ ފްލީޓް ތައާރަފް ކުރުމުން ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ކާރުތައް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ނިކަމެތިވެ، ކުދި ވިޔަފާރިތައް ހީނަރުވެ، ދާއިރާގައި އިންސާފުވެރިކަމާއި ވާދަވެރިކަން ނެތިގެންދާނެ އެވެ. ސަރުކާރުން މިއަދު މިއޮތީ އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރާ އެންމެހާ ހިދުމަތްތެރިންގެ ހައްގަށް އަރައިގަނެފައެވެ.

ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންވަނީ ބުނެފައެވެ. ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ފަށާނީ 100 ޓެކްސީ އާއެކުގައެވެ.

ޤަބޫލުކުރައްވާށެއެވެ. މި ކުޑަކުޑަ މާލެއަކީ ދުނިޔޭގެ ބިންބޮޑު އެހެން ޤައުމުތަކާއި އެއްފަދަ ގައުމެއް ނޫނެއެވެ. މިކަމަކީ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކުރާ ކަމެއް ކަމުގައި ސަރުކާރުން ދެކުނު ކަމުގައި ވިޔަސް މިކަމުގެ ގެއްލުން ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

22 ޖެނުއަރީ 2018
ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު