Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތޮއްޑޫ މާސްޓަރސް ޓެނިސް މުބާރާތް

ބޮޑު ތަރުހީބަކާއި އެކު ތޮއްޑޫ މާސްޓާސް ޓީޓީ މުބާރާތް އޮގަސްޓް މަހު. 18 ގައުމަކުން 110 ކުޅުންތެރިން ބައިވެރިވޭ

ދިވެހި ޓޭބަލް ޓެނިސް އެކެޑަމީ، ''އިހާ'' އާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ގުޅިގެން ބާއްވާ ތޮއްޑޫ މާސްޓަސް ޓޭބަލް ޓެނިސް މުބާރާތައް މިހާތަނަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ، އަދި އެ މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 18 ގައުމަކުން 110 ކުޅުންތެރިން ރެޖިސްޓަރ ވެފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 10 އެޕްރީލު 2025 | ބުރާސްފަތި 13:17
ތޮއްޑޫ ކައުންސިލް ރައީސް (ކަރަމް) އާއި އިހާ އެކަޑަމީގެ އެޑްވައިޒަރު ސީވީޑް ލަތީފް، އަދި މެނޭޖިން ޑިރެކްޓަރު އަފްނާން މިއަދުގެ ޕްރެސް ކޮންފަރެންސުގައި

ތޮއްޑޫ ކައުންސިލް ރައީސް (ކަރަމް) އާއި އިހާ އެކަޑަމީގެ އެޑްވައިޒަރު ސީވީޑް ލަތީފް، އަދި މެނޭޖިން ޑިރެކްޓަރު އަފްނާން މިއަދުގެ ޕްރެސް ކޮންފަރެންސުގައި

ދިވެހި ޓޭބަލް ޓެނިސް އެކެޑަމީ، ''އިހާ'' އާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ގުޅިގެން ބާއްވާ ތޮއްޑޫ މާސްޓަސް ޓޭބަލް ޓެނިސް މުބާރާތައް މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެ މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 18 ގައުމަކުން 110 ކުޅުންތެރިން ރެޖިސްޓަރ ވެފައިވާ ކަމަށް އެ އެކެޑަމީން ބުނެފި އެވެ.

މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ޓީޓީ ހޯލުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އިހާ އެކަޑަމީގެ އެޑްވައިޒަރު ސީވީޑް އަހުމަދު ލަތީފް ވިދާޅުވީ މި މުބާރާތަށް އުއްމީދު ކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން މި މުބާރާތުގައި ޗައިނާ، އިންޑިއާ، ނޭޕާލް، ރަޝިއާ، ސިންގަޕޫރު، އަދި ތުރުކީ ހިމެނޭހެން އެކި ގައުމުތަކުން މޮޅެތި ކުޅުންތެރިންތަކެއް ވާދަކުރާނެ ކަމަށެވެ.

އަދި އޭގެ ތެރޭގައި މާސްޓާސް ވޯލްޑް ޗެމްޕިއަނުން ވެސް ހިމެނޭނެ ކަމުގައި ވެސް މާސްޓާސް މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ޓީޓީ ޗެމްޕިއަން ލަތީފް ވިދާޅުވި އެވެ.

ޓޭބަލް ޓެނިސްގައި މާސްޓާސް ކެޓެގަރީއަކީ ތަޖުރިބާކާރު ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ ކެޓެގަރީއެއް ކަމަށްވާއިރު، މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

އެ މުބާރާތުގައި ރެޖިސްޓާ ކުރުމަށް ހުޅުވާލީ މިދިޔަ ޖަނަވަރީ މަހު 13އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި ޓީޓީ އެސޯސިއޭޝަނުގެ އެއްބާރުލުމާ އެކު ބާއްވާ މި މުބާރާތް އޮންނާނީ ތޮއްޑޫ ސްކޫލުގެ މަލްޓި ޕާޕޯސް ހޯލުގަ އެވެ. އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މުބާރާތް ފެށެން ވާއިރަށް އެތަން އެއާ ކޮންޑިޝަން ވެސް ކުރާނެ އެވެ.

އެ މުބާރާތާ ގުޅޭ ގޮތުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، މުބާރާތް ކުރިޔަށް ގެންދަނީ ކުޅުމުގެ އިތުރުން ބައިވެރިންނަށް ޗުއްޓީ ހޭދަ ކޮށްލެވޭ ގޮތަށް ކަމަށެވެ. އެކަމުގެ ސަބަބުން ތޮއްޑޫގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މުބާރާތުގެ އެއް ބޭނުމަކީ ތޮއްޑުއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފުކޮށް، ލޯ ސީޒަނުގައި ވެސް ގެސްޓް ހައުސްތައް ފުރާލެވޭނެ މަގުކޮށުން ކަމަށާއި އަދި ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ ވެސް ވިސްނުމެއް ކަމަށެވެ.

ކަރަމް ވިދާޅުވީ އެ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސުކޫލުގެ ފަރާތުން ކަލްޗަރަލް އެކްސްޗޭންޗް ޑޭ ފާހަގަ ކުރާ ދުވަސްވަރެއްގައި ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ވެސް ފަތުރުވެރިންނާ ގުޅޭ ކަމެއް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި މުބާރާތް ހުޅުވުމަށް ވެސް ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ރާވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ލަތީފް ވިދާޅުވީ ބޭރު ގައުމެއްގެ ސިޓީއެއްގައި ބާއްވާ މުބާރާތަކަށް ވުރެ، ރާއްޖެ ފަދަ ގައުމެއްގެ ރަށެއްގައި ބާއްވާ މުބާރާތަކުން ކުޅުންތެރިންނަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަށާއި، މި މުބާރާތުގެ ތެރޭގައި ކުޅުންތެރިންނަށް ރާއްޖޭގެ ރީތިކަމާއި، ސަގާފަތް ދައްކައިދޭ ހަރަކާތްތަކެއް އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މުބާރާތުގެ ސަބަބުން ރާއްޖެ އަށް އިތުރު މަޝްހޫރުކަމެއް ލިބޭނެ ކަމަށާއި، ބޭނުންވަނީ ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދިއުން ކަމަށެވެ.

އަލަށް ބާއްވާއިރު މި ލިބުނު ތަރުހީބާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. މިހާރު މި މަސައްކަތްކުރަނީ އަންނަ އަހަރު ވެސް މި މުބާރާތަށް މީހުން އަންނާނެ ފަދަ ފުރިހަމަ މުބާރާތެއް މި ފަހަރު ބާއްވަން
އިހާ އެކަޑަމީގެ އެޑްވައިޒަރު ސީވީޑް އަހުމަދު ލަތީފް

އިހާ އެކަޑަމީގެ މެނޭޖިން ޑައިރެކްޓަރު އަފްނާން އިބްރާހީމް ވިދާޅުވީ މި މުބާރާތުގެ ސަބަބުން އެ ކުޅުންތެރިންނަށް ވެސް ރަނގަޅު ތަޖުރިބާތަކެއް ލިބޭނެ ކަމަށާއި އަދި މުބާރާތުގެ ސަބަބުން ތޮއްޑޫގައި ތިބި މި ކުޅިވަރަށް ޝައުގުވެރިވާ ކުދިންނާއި، މީހުންނަށް ވެސް ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިހާ އެކަޑަމީން ވަނީ މުބާރާތާ ދިމާކޮށް ތޮއްޑޫ ސްކޫލަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ހިންގައިދީފަ އެވެ.

އެ މުބާރާތުގެ 40 އިންސައްތަ ބައިވެރިންނަކީ 50އާއި 59 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެވެ.

އއ. ތޮއްޑޫގައި ފުރަތަމަ ފަހަރަށް ބާއްވާ މާސްޓާސް ޓީޓީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި އަންނަ އޮގަސްޓު މަހުގެ 19އިން 25އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު