Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްޑީއެސް

އެފްޑީއެސް ފުޓުބޯޅަ މުބާރާތް: އަހުސާމްގެ ހެޓްރިކާ އެކު ކެމަލް މޮޅުވެއްޖެ

6 އެޕްރީލު 2025 | އާދީއްތަ 15:54

މިއީ މުބާރާތުގައި މި ދެ ޓީމުގެ ވެސް ތިން ވަނަ މެޗެވެ. ދެ މެޗުން ފަރުކަން މޮޅުވެފައިވާއިރު، އެއް މެޗުން ބަލިވީ އެވެ. ކެމަލް ވަނީ ދެ މެޗުން އެއްވަރުވެ، އަނެއް މެޗުން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އެޕްރީލު 2025 | އާދީއްތަ 15:54
ފަރުކަން އަދި ކެމަލް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހުސާމް، އޭނާ ވަނީ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައި

ފަރުކަން އަދި ކެމަލް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހުސާމް، އޭނާ ވަނީ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައި

މިހާރު ކުރިއަށްދާ، ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ފުޓުބޯޅަ މުބާރާތުގައި އެފްސީ ފަރުކަނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކެމަލް އިން މުބާރާތުގެ ފައިނަލްގެ އުންމީދު ހޯދައިފި އެވެ.

ފީއަލީ ފުޓުބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު ކެމަލް އިން ކާމިޔާބު ކުރީ 5-3 އިންނެވެ. މެޗުގައި ފަރުކަން އިން ލީޑު ނަގާފައި ވަނިކޮށް، ކެމަލް އިން ވަނީ ފަހަތުން އަރައި މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ފަރުކަނަށް ލީޑު ނަގައިދިނީ ޝާއިފް ޢަބްދުލް ޙަމީދު އެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ކެމަލް އިން ނަތީޖާ ހަމަހަމަ ކުރީ، މުޙައްމަދު އަހުސާމް ޖެހި ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރުކަން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި، ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިިދިނީ ސާއިދު ޢަބްދުލް ޙަމީދު އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ވިޝާލް ވަނީ ފަރުކަންގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ދެ މިނެޓު ފަހުން މޫސާ އަޙުމަދު ޖެހި ލަނޑާއެކު، ކެމަލް އިން ފަރަގު ކުޑަ ކުރި އެވެ.

އަދި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުސާމް އެވެ. އޭގެ ފަހުން ފަވާޒް ޢަބްދުﷲ ޖެހި ލަނޑާ އެކު، ކެމަލް އިން ލީޑު ނެގި އެވެ. އަދި އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކުރީ އަހުސާމް އެވެ. އެއާ އެކު އޭނާ ވަނީ މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ.

މިއީ މުބާރާތުގައި މި ދެ ޓީމުގެ ވެސް ތިން ވަނަ މެޗެވެ. ދެ މެޗުން ފަރުކަން މޮޅުވެފައިވާއިރު، އެއް މެޗުން ބަލިވީ އެވެ. ކެމަލް ވަނީ ދެ މެޗުން އެއްވަރުވެ، އަނެއް މެޗުން މޮޅުވެފަ އެވެ.

ލީގު އުސޫލުން ކުޅޭ މުބާރާތުގެ ފައިނަލަށް ދާނީ، ލީގު ބުރުގެ އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމެވެ. ކޮންމެ ޓީމަކަށް ވެސް މުބާރާތުގައި ބާކީ އެއް މެޗު އޮތްއިރު، ދެ ޓީމަށް ވެސް ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް