Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކަޕް

އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ކަޕްގެ ފައިނަލަށް

3 އެޕްރީލު 2025 | ބުރާސްފަތި 12:00

ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗަށް ދެ ޓީމު ނިކުތްއިރު މި ދެ ޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗު ނިމިފައިވަނީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު ވީ އެއްވަރު، އެހެންކަމުން ބާސެލޯނާއިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރޭގެ މޮޅާއި އެކު ޖުމްލަ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 އެޕްރީލު 2025 | ބުރާސްފަތި 12:00
ސްޕެނިޝް ކަޕް 2025: ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ކަޕް 2025: ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗަށް ދެ ޓީމު ނިކުތްއިރު މި ދެ ޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗު ނިމިފައިވަނީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ބާސެލޯނާއިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރޭގެ މޮޅާއި އެކު ޖުމްލަ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެން ދިއަ މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި ލަމީން ޔަމާލްގެ އެހީތެރިކަމާއި އެކު، ބާސެލޯނާއަށް ކާމިޔާބު ކޮށްދީފައިވަނީ ފެރާން ޓޮރޭސް އެވެ.

މި މެޗުން ބަލިވި ނަމަވެސް އެތްލެޓިކޯ މެޑްރިޑަށް ވަނީ މި މެޗުގައި ލަނޑު ޖަހަން ރަނގަޅ:ު ފުރުސަތުތަކެއް ވެސް ލިބި ފައެވެ. އެގޮތުން އެތްލެޓިކޯގެ އެލެކްޒެންޑަރ ސޯލޮތް އަށް ރަގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު އޭނާ ފޮނުވާލި އެއް ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވީ ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

ބާސެލޯނާއިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު ފައިނަލުގައި އެ ޓީމާއި ދެކޮޅަށް ނިކުންނާނީ ވާދަވެރި ރެއާލް މެޑްރިޑް އެވެ. މިއީ މި ދެ ޓީމު މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާ އަށްވަނަ ފަހަރެވެ. މި މެޗު އޮންނާނީ އެޕްރިލް މަހުގެ 26 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ބާސެލޯނާއިން ހޯދާފައިވާއިރު އެ ޓީމުން ވަނީ މި ސީޒަނުގައި ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ލަލީގާގެ އެއްވަނަ މަގާމުގައި މިވަގުތު އެ ޓީމު އޮތްއިރު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އެޓީމުން ވަނީ ހޯދާފަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް