Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޯޓިޒަމް ދުވަސް

އޯޓިޒަމް ދުވަހުގެ މި އަހަރުގެ ޝިއާރުން ބުނެދެނީ ކޮން ކަމެއް؟

3 އެޕްރީލު 2025 | ބުރާސްފަތި 08:08

ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކުރުމުގެ ދުވަހަކީ އޯޓިޒަމް ހުންނަ ފަރުދުންގެ ތަފާތުކަން ވެސް ފާހަގަކުރާ ދުވަހެއް. އެއީ އޯޓިސްޓިކް ފަރުދުންނަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މާހައުލެއް ބިނާކުރުމަށް މުޖުތަމައު ހަނދާންކޮށްދޭ ކަމެއް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އެޕްރީލު 2025 | ބުރާސްފަތި 08:08
އޯޓިޒަމް ހުރި ކުއްޖަކު ބްލޮކްސް ހިފައިގެން ކުޅެނީ

އޯޓިޒަމް ހުރި ކުއްޖަކު ބްލޮކްސް ހިފައިގެން ކުޅެނީ

އދ.ގެ އާންމު މަޖިލީހުން 2007 ވަނަ އަހަރު ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައި 2 އޭޕްރީލް ކަނޑައެޅުމާއި އެކު، އޯޓިސްޓިކް ފަރުދުންނަށް އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ފުރިހަމައަށް ހާސިލްކޮށްދީ، މުޖުތަމައުގައި އެމީހުން ހަމަހަމަ ގޮތެއްގައި ބައިވެރިވުން ކަށަވަރުކޮށްދިނުމަށް އދ. އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، ވަރުބަލިކަމެއް ނެތި މަސައްކަތްކުރި އޯޓިސްޓިކް އެޑްވޮކޭޓަރުންގެ މަސައްކަތުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ އޯޓިސްޓިކް ފަރުދުންގެ ދިރިއުޅުމާއި ކޮށްފައިވާ ތަޖުރިބާތައް ދުނިޔޭގެ މަޝްވަރާތަކުގެ ކުރިމައްޗަށް ގެނައުމަށެވެ.

އެގޮތުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2007 ވަނަ އަހަރުގެ އާންމު މަޖިލީހުގެ ގަރާރު (A/RES/62/139) ގައި އޯޓިޒަމް އަށް އާންމުން ހޭލުންތެރި ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެ އެވެ. އޯޓިޒަމް ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކުރުމުގެ ދުވަހުގެ 2025 ގެ ޝިއާރަކީ "އެޑްވާންސިންގ ނިއުރޯޑައިވަރސިޓީ އެންޑް ދަ ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)" އެވެ. މި ޝީއާރަކީ ނިއުރޯޑައިވަރސިޓީ އާއި ދެމެހެއްޓެނެވި ގޮތެއްގައި ބައިނަލްއަޤުވާމީ ގޮތުން ކުރެވޭ މަސައްކަތާ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުވާލާ، ދުނިޔޭގެ އޯޓިސްޓިކް ފަރުދުންނަށް ހެޔޮ ބަދަލެއް ގެނެސް، އެސްޑީޖީތައް ހާސިލްކުރުމަށް އިންކްލޫސިވް ޕޮލިސީތަކާއި އުސޫލުތައް ޙިއްޞާކުރެވޭނެ ގޮތްތައް ދައްކުވައިދޭ ޝިއާރެކެވެ.

އދ.ގެ ސެކޭޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މި ދުވަހާއި ގުޅިގެން ހިއްސާކުރެއްވި މެސެޖުގައި ވަނީ މިއަށްވުރެ ހަމަހަމަ އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް އުފެއްދުމަށް އަލުން ވައުދު ވުމަށް ގޮވާލައްވާފަ އެވެ.

"އޯޓިޒަމް ހުންނަ މީހުންނަށް ގިނަ ފަހަރަށް އެކަހެރިވުމާއި، ސްޓިގްމާ އަދި ނުތަނަވަސްކަން ކުރިމަތިވޭ. އެމީހުންނަށް ސިއްހީ ފަރުވާއާއި ތައުލީމު ލިއްބައިދިނުމަށް ވަނީ އިންކާރުކޮށްފައި. ހާއްސަކޮށް ބޮޑެތި ކާރިސާތަކުގައި. އަދި އެމީހުންގެ ގާބިލްކަން ފާހަގަ ނުކުރެވި، އެބަދޭ." އޭނާގެ މެސެޖުގައިވެ އެވެ.

ކޮންމެ އަހަރަކު ވެސް އޯޓިޒަމް ދުވަހު ދުނިޔޭގެ ފެންވަރުގައި އާއި ގައުމީ ފެންވަރުގައި ވެސް ގައުމުތަކުން ތަފާތު އެކި ހަރަކާތްތައް ހިންގައެވެ. އެގޮތުން ދުނިޔޭގެ ތަޖުރިބާކާރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް މެދުވެރިވެގެން، އޯޓިސްޓިކް ފަރުދުންގެ ހައްގުތަކަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަންކަމަށް ވަކާލާތުކުރެއެވެ.

މިފަހަރުގެ ޝިއާރުގެ އަލީގައި އެންމެންނަށް ލިބިދެވޭ އިންކްލޫސިވް ސިއްހީ ނިޒާމާއި، ތައުލީމާއި ވަޒީފާގެ ހަމަހަމަ ފުރުސަތު، އަދި އުމްރާނީ އާބަން ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން އޯޓިޒަމް ހުންނަ މީހުންނަށް ކުރިއެރުން ހޯދައިދެވިދާނެ ކަންކަމަށް ފޯކަސް ކުރަން މަގުފަހިކޮށްދެ އެވެ.

މިއަހަރުގެ މަޝްވަރާގައި ގިނަ ދާއިރާތަކެއްގެ ތެރެއިން އެކްސެސިބިލިޓީ، އިކުއަލިޓީ، އަދި އިނޮވޭޝަން ޕްރޮމޯޓްކުރާ ސިޔާސަތުތައް ބައްޓަންކުރުމުގައި ނިއުރޯޑައިވަރސިޓީގެ ދައުރު ދިރާސާކޮށްފައިވެއެވެ. މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އިންކްލޫސިވް ހެލްތްކެއާ، ފެންވަރު ރަނގަޅު ތައުލީމާއި، މަސައްކަތުގެ މާހައުލުގައި އެކްސެސިބިލިޓީއާއި، ނުތަނަވަސްކަން ކުޑަކުރުމާއި، އޯޓިޒަމް ފްރެންޑްލީ ސިޓީތަކާއި ކޮމިއުނިޓީތައް ފަރުމާކުރުމަށެވެ.

އެތައް ދާއިރާއެއްގައި މަޝްވަރާ އާއި އެއްބާރުލުމާޢި އެކު ކުރިއަށް ދާ އޯޓިޒަމް އެވެއަރނެސް ހަރަކާތްތަކުގެ ސަބަބުން މިހާރު އޯޓިޒަމް ހުންނަ ފަރުދުންނަށް ދިމާވާ ހުރަސްތައް ނައްތާލުމާއި، ހުރިހާ ފަރާތްތަކެއް ހިމެނޭ ސިޔާސަތުތައް ކުރިއެރުވުމާއި، މުޖުތަމަޢަށް އޯޓިސްޓިކް ފަރުދުންގެ ޙިއްޞާތަކާއި އެސްޑީޖީތައް ހާސިލްކުރުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމުގެ ބޭނުންތެރިކަން ދެނެގަނެވޭނެ ކަމަށް އދ. އިން ބުނެ އެވެ.

މި ފަދަ ދުވަހެއް ފާހަގަކުރި އިރު ޕޮލިސީ ލެވެލްގައި މަސައްކަތް ކުރުމުގެ އިތުރުން، އޯޓިޒަމް ހުންނަ ފަރުދުންނާއި ކުދިންނަށް އެހީތެރިވެވިދާނެ ގޮތްތައް ދެނެގަތުން މުހިންމެވެ. އެގޮތުން ޕޮޒިޓިވް އެޓިޓިއުޑެއް ދެމެހެއްޓުމަކީ އޯޓިޒަމް ހުންނަ ކުދިންނަށް ފަސޭހަކަމާއި އިތުބާރު ކުރެވޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ފާހަގަކުރެ އެވެ.

ހަމައެހެންމެ ކުދިކުދި ކާމިޔާބީތައް ފާހަގަކޮށް، އެމީހުންގެ ކުރިއެރުންތަކަށް ތައުރީފުކޮށް، އެ ކާމިޔާބީތައް ފާހަގަކޮށް ދޭނެ ގޮތްތައް ހޯދައި، ކުރިއެރުމަށް ވަގުތު ނަގާފާނެކަން ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް ރޫޓިން ކަމުދެއެވެ. އެއްގޮތަކަށް ކަންތައް ކުރުމަކީ ހާސްކަން ކުޑަކޮށްދީ، ދަރިފުޅަށް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމެކެވެ. އަދި އާ ހުނަރާއި އުނގެނުން ވެސް ފަސޭހަވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން ދަރިފުޅަށް އެކި މާހައުލުތަކުގައި އެކުވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯދާށެވެ. ކޮންމެ ދުވަހެއްގެ ހަރަކާތްތަކަށް ދަރިފުޅު ގޮވައިގެން ދާށެވެ. އެއީ އެމީހުންގެ ވަށައިގެންވާ ދުނިޔެއަށް ހޭނިގެން ދިއުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދަރިފުޅަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ކަންތައްތައް ކަނޑައަޅަމުން ދާއިރު، ތަފާތު އުކުޅުތަކާއި، ފަރުވާތަކާއި، ގޮތްތައް ހޯދިދާނެއެވެ. ވަކި ގޮތަކަށް ކަންތައް ކުރުމުން އެދެވޭ ނަތީޖާ އެއް ނުލިބިއްޖެނަމަ މާޔޫސްކަން އިހުސާސް ނުކުރުން ވެސް އެހާމެ މުހިންމެވެ. އެ މަރުހަލާގެ ތެރޭގައި އެކަށީގެންވާ ވަގުތު ހޭދަކޮށް ޕޮޒިޓިވްކޮށް ތިބުން މުހިންމެވެ.

ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކުރުމުގެ ދުވަހަކީ އޯޓިޒަމް ހުންނަ ފަރުދުންގެ ތަފާތުކަން ވެސް ފާހަގަކުރާ ދުވަހެކެވެ. އެއީ އޯޓިސްޓިކް ފަރުދުންނަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މާހައުލެއް ބިނާކުރުމަށް މުޖުތަމައު ހަނދާންކޮށްދޭ ކަމެކެވެ. އެއީ މުޖުތަމައަށް އެ ހާލަތާ ބެހޭ ގޮތުން އިތުރަށް ދަސްކޮށް، މީތުތައް ނައްތާލުމަށާއި، ސްޓިގްމާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމަށް މަގުފަހިވާ ދުވަހެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖޫން 2018

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

23 ޖޫން 2018
މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި
16 މެއި 2018

އަހަރުގެ ބޮޑު ޖޯކް

16 މެއި 2018
އަހަރުގެ ބޮޑު ޖޯކް
18 ޖެނުއަރީ 2018

މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

18 ޖެނުއަރީ 2018
މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟
01 ޖެނުއަރީ 2018

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018
އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން
26 ޑިސެމްބަރު 2017

ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

26 ޑިސެމްބަރު 2017
ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!
29 އޮކްޓޯބަރު 2017

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........
24 އޮކްޓޯބަރު 2017

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
11 އޯގަސްޓު 2017

ޢަރަފާތް ދުވަހުގެ މާތްކަން

11 އޯގަސްޓު 2017
ޢަރަފާތް ދުވަހުގެ މާތްކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް