Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހުދައިދާއަށް ހަމަލާ ދިނުން

ހުދައިދާއަށް ދިން ހަމަލާއެއްގައި 4 މީހަކު މަރުވުން، ހޫޘީން އެކަން އަޅުވަނީ އެމެރިކާ ބޮލުގައި

ހޫޘީންގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނަށް ތާއީދުކުރާ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށް އެމެރިކާއިން ދިން ޙަމަލާތަކުގެ ތެރޭގައި ހުދައިދާގެ ފެނުގެ އިންފްރާސްޓްރަކްޗަރ އާއި ހުޅަނގު އުތުރުގެ ހައްޖާގެ ތިން ޙަމަލާ ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2025 | ބުދަ 09:56
ގޮތް ނޭނގޭ ސަރަހައްދަކުން ހޫތީން ފޮނުވާލި މިސައިލްތަކެއް

ގޮތް ނޭނގޭ ސަރަހައްދަކުން ހޫތީން ފޮނުވާލި މިސައިލްތަކެއް

ޔަމަނުގެ ހުދައިދާ ޕްރޮވިންސަށް ރޭގަނޑު ދިން ވައިގެ ހަމަލާތަކުގައި ހަތަރު މީހަކު މަރުވެފައިވާ އިރު، އެކަން ކުރީ އެމެރިކާއިން ކަމަށް ހޫޘީން ބުނި އެވެ.

"ވޯޓާ މެނޭޖްމަންޓް އިމާރާތަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެމެރިކާއިން ކަމަށް ހޫޘީން ބުނެއެވެ. އަދި ހަމަލާގައި 4 މީހަކު މަރުވި އިރު 3 މީހަކު ޒަހަމްވެފައިވާ ކަމަށް ހޫޘީންގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަނީސް އަލަސްބާހީ ވިދާޅުވި އެވެ.

ހޫޘީންގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނަށް ތާއީދުކުރާ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށް އެމެރިކާއިން ދިން ޙަމަލާތަކުގެ ތެރޭގައި ހުދައިދާގެ ފެނުގެ އިންފްރާސްޓްރަކްޗަރ އާއި ހުޅަނގު އުތުރުގެ ހައްޖާގެ ތިން ޙަމަލާ ހިމެނެއެވެ.

އަދި އެ ޖަމާއަތުގެ އުތުރުގެ ބާރުގަދަ ސަދާއަށް ވެސް ވަނީ ހަމަލާތައް ދީފަ އެވެ. މި ހަމަލާތައް ދިންކަން އެމެރިކާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔަމަނުގެ ހޫތީންނަށް ދޭ ހަމަލާތަކަކީ ޝިޕިންއަށް އޮތް ނުރައްކަލަކަށް ނުވާހާ ހިނދަކު ދެމިއޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ އެ ޖަމާއަތުން އެމެރިކާގެ މަތިންދާބޯޓު އުފުލާ އުޅަނދު ޔޫއެސްއެސް ހެރީ އެސް ޓްރޫމަންއަށް އަމާޒުކޮށްފައިވަނީ 24 ގަޑިއިރުގެ ތެރޭގައި ތިން ވަނަ ފަހަރަށް ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ މަތިންދާބޯޓު އުފުލާ އުޅަނދުތަކުގެ އަދަދު 2 އަށް އިތުރުކޮށް ޓްރޫމަން ހިފަހައްޓައި އިންޑޯ-ޕެސިފިކް ސަރަހައްދުން އިތުރު އުޅަނދެއް ފޮނުވަމުން އަންނަ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވީ ކާލް ވިންސަން ޓްރޫމަންއާ ގުޅިވަޑައިގަންނަވާނީ ސަރަހައްދީ ހަމަޖެހުން ކުރިއެރުވުމަށާއި، ހަރުކަށި އަމަލުތައް ހުއްޓުވުމަށާއި، އެ ސަރަހައްދުގައި ވިޔަފާރީގެ މިނިވަންކަން ހިމާޔަތް ކުރުމަށް ކަމަށެވެ.

ހޫތީންގެ ބާރުގެ ދަށުގައި ވާ ޔަމަނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާތައް ދެމުން ދަނީ ކަނޑުގެ މުހިންމު މަގުތަކުގައި އުޅަނދުފަހަރަށް ބިރު ދެއްކުން ހުއްޓާލަން މަޖުބޫރު ކުރުވުމަށް އެމެރިކާއިން ހަނގުރާމަވެރިންނާ ދެކޮޅަށް މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު ކެމްޕޭނެއް ފެށި ފަހުންނެވެ.

އޭގެ ފަހުން ހޫތީން ވަނީ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށާއި އިޒްރޭލަށް އަމާޒުކޮށް ހަމަލާތައް ދިން ކަމަށް ބުނެފަ އެވެ.

އަންގާރަ ދުވަހު ވައިޓް ހައުސްގެ ތަރުޖަމާނު ކަރޯލީން ލީވިޓް ވިދާޅުވީ ހޫތީންނާ ދެކޮޅަށް ކާމިޔާބު 200 އަށް ވުރެ ގިނަ ހަމަލާ ދިނުމުގެ ކެމްޕޭން ކާމިޔާބު ކަމަށެވެ.

ހޫތީން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ހަނގުރާމަ ފެށުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަލަސްތީނާ އެއްބައިވަންތަކަން ގާއިމުކުރުމުގެ ގޮތުން މަސައްކަތް ކުރާ ކަމަށް ބުނެ، ޖެނުއަރީ މަހު ހަނގުރާމަ ހުއްޓާލުމާ ހަމައަށް ރަތް ކަނޑުގެ ސަރަހައްދާއި ގަލްފް އޮފް އެޑެންގެ އިތުރުން އިޒްރޭލުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށްފަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދޭ އެހީ ހުއްޓުވުމާ ގުޅިގެން އުޅަނދުފަހަރަށް ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ހޫޘީން ދިނުމާ ގުޅިގެން އެމެރިކާއިން ހޫޘީންނަށް ހަމަލާދޭން ފަށާފައިވެއެވެ.

ހޫތީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ޝިޕިން ޓްރެފިކްގެ ގާތްގަނޑަކަށް 12 ޕަސެންޓް އުފުލާ މުހިންމު މަގު ހަލާކުވެ، ގިނަ ކުންފުނިތަކަކަށް ވަނީ ދެކުނު އެފްރިކާގެ އައްސޭރިފަށުގައި އަގުބޮޑު ދަތުރެއް ކުރަން ޖެހިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު