Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ނޭވީ

"ދަ ޔޫއެސްއެސް ޖޯން މެކޭން" ނިސްބަތްވާ އެމެރިކާގެ ސެވަންތް ފްލީޓްގެ ކޮމާންޑަރު މަގާމުން ވަކިކުރަނީ

"ދަ ޔޫއެސްއެސް ޖޯން މެކޭން" ވަނީ ދާދިފަހުން ސިންގަޕޫރުގެ އައްސޭރި ފަށުން ދަތުރު ކުރަނިކޮށް އޮއިލް ޓޭންކަރަކާ އެކްސިޑެންޓްވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 އޯގަސްޓު 2017 | ބުރާސްފަތި 10:24
އެޑްމިރަލް ޖޯސެފް އޯކެއިން

އެޑްމިރަލް ޖޯސެފް އޯކެއިން

އެމެރިކާގެ އަސްކަރީ މަނަވަރު "ދަ ޔޫއެސްއެސް ޖޯން މެކޭން" ނިސްބަތްވާ އެމެރިކާގެ ސެވަންތް ފްލީޓްގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޖޯސެފް އޯކެއިން މަގާމުން ވަކި ކުރަން، އެމެރިކާގެ ނޭވީ އިން ނިންމައިފި އެވެ.

ޖޯސެފް މަގާމުން ވަކިކުރަން ނޭވީ އިން ނިންމިއިރު ރަސްމީކޮށް އެކަން އިއުލާން ކުރާނެ ތާރީޚެއް އަދި ނޭނގެ އެވެ.

އެމެރިކާގެ އަސްކަރީ މަނަވަރު "ދަ ޔޫއެސްއެސް ޖޯން މެކޭން" ވަނީ ދާދިފަހުން ސިންގަޕޫރުގެ އައްސޭރި ފަށުން ދަތުރު ކުރަނިކޮށް އޮއިލް ޓޭންކަރަކާ އެކްސިޑެންޓްވެފައެވެ.

އޯގަސްޓް 21 ވަނަ ދުވަހު ހިނގި މަނަވަރު އެކްސިޑެންޓް ހާދިސާގައި އެ މަނަވަރުން ދަތުރުކުރި މީހުންގެ ތެރެއިން 10 ސެއިލަރަކު ގެއްލުނެވެ. އަދި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. ބުދަ ދުވަހު އިވިގެން ދިޔަ ޚަބަރަކީ ގެއްލުނު 10 ސެއިލަރުންގެ ތެރެއިން ބައެއް މީހުންގެ ހަށިތައް ފެނިފައިވާ ކަމެެވެ.

އެމެރިކާގެ ނޭވީގެ މަނަވަރު އެކްސިޑެންޓްވި އިރު އެ އުޅަނދު ދަތުރު ކުރަމުން ދިޔައީ ސިންގަޕޫރުގެ ބަނދަރަށް ވަނުމަށެވެ.

ސިންގަޕޫރުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އެ ސަރަހައްދުން ގިނަ މުދާތަކެއް އަބަދުވެސް އެކިގައުމުތަކަށާއި އަދި ސިންގަޕޫރަށް ގެނެވެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު