Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީޒްމަން

ގްރީޒްމަން ދެ މެޗަށް ސަސްޕެންޑު ކޮށްފި

24 އޯގަސްޓު 2017 | ބުރާސްފަތި 09:02

ގްރީޒްމަން ސަސްޕެންޑު ކުރީ އޭނާ ރެފްރީއާ މުހާތަބުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 އޯގަސްޓު 2017 | ބުރާސްފަތި 09:02
އެޓްލެޓިކޯގެ ފޯވާޑް ގްރީޒްމަން

އެޓްލެޓިކޯގެ ފޯވާޑް ގްރީޒްމަން

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއީން ގްރީޒްމަން ދެ މެޗަށް ސަސްޕެންޑު ކޮށްފިއެވެ.

ގްރީޒްމަން ދެ މެޗަށް ސަސްޕެންޑްކޮށްފައި ވަނީ ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑާއި އަލަށް ޕްރޮމޯޓުވި ޖިރޯނާއާ ދެމެދެ ކުޅެވުނު މެޗުގައި އޭނާ ރެފްރީއާ މުހާތަބުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުންނެވެ.

އެ މެޗުގައި ގްރީޒްމަންއަށް ވަނީ ދެ ރީނދޫ ކާޑަ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދައްކާފައި ވަނީ ޑައިވްކުރި ކަމަށް ރެފްރީ ނިންމުމުންނެވެ. ރެފްރީގެ މި ނިންމުމާ ގުޅިގެން އޭނާ ވަނީ ނުރުހުން ފާޅުކޮށް ރެފްރީއާ ހަޑިހުތުރު ބަހުން މުހާތަބު ކޮށްފައެވެ. ގްރީޒަމަންގެ މި އަމަލުގެ ސަބަބުން ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނާލިއެވެ.

މި މެޗުގައި ރެފްރީކަން ކުރި ހުއާން މާޓިނޭޒް މި މައްސަލަ ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ވަނީ ގްރީޒްމަން ދެ މެޗަށް ސަސްޕެންޑުކޮށް 600 ޔޫރޯއިން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ. މީގެ އިތުރުން އޭނާގެ ޓީމު އެޓްލެޓިކޯ މެޑްރިޑު ވެސް 700 ޔޫރޯއިންވަނީ ޖޫރިމަނާ ކޮށްފައެވެ.

ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ގްރީޒްމަންގެ މި އަމަލަކީ އެއްވެސް ކުޅުނުތެރިޔެއްގެ ފަރާތުން ފެންނަން ޖެހޭނެ އަމަލެއް ނޫން ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ރެފްރީންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސް އަދި ވެލެންސިއާ ދެކޮޅަށް އެޓްލެޓިކޯ ކުޅޭ މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ގްރީޒްމަންއަށް މިފަދަ ސަސްޕެންޝަނެއް އައިސްފައިވާއިރު ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ފަސް މެޗަށް ސަސްޕެންޑުކޮށްފައެވެ. އޭނާ ސަސްޕެންޑު ކޮށްފައިވަނީ ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ރެފްރީގެ ބުރަކަށީގައި އަތް އަޅާ ކޮއްޕާލުމުގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް