Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާ އާއި އެމެރިކާގެ މަޝްވަރާތައް ކާމިޔާބު ކަމަށް، އެ ޤައުމުގެ ސެނެޓަރަކު ވިދާޅުވެއްޖެ

ޓާސް ނިއުން އެޖެންސީ އާއި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ދެ ގައުމުގެ ދެ މެދުގައި ކުރިއަށް ދިޔަ މަޝްވަރާ ތަކުގައި ގިނަ މައްސަލަ ތަކަކާ މެދު މަޝްވަރާ ކުރެވުނު ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2025 | އަންގާރަ 12:55
ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާ އާއި ޔުކްރެއިން އާއި ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން، އެެމެރިކާ އާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަކީ ބިނާކުރަނިވި މަޝްވަރާ ތަކެއް ކަމަށް، ރަޝިޔާގެ ސެނެޓަރު ގްރިގޮރީ ކަރަސިން ވިދާޅުވެއްޖެ އެވެ.

މަޝްވަރާ ތަކުގައި ބައިވެރިވާ ރަޝިޔާގެ ވަފުދުގައި ވެސް ހިމެނި ވަޑައިގަންނަވާ ކަރަސިން ވިދާލުވީ، މަޝްވަރާ ތަކަކީ ގޮންޖެހުން ބޮޑު މަޝްވަރާ ތަކަކަށް ވީ ނަމަވެސް، އެއީ ފައިދާ ހުރި މަޝްވަރާ ތަކެއް ކަމަށެވެ.

ޓާސް ނިއުން އެޖެންސީ އާއި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ދެ ގައުމުގެ ދެ މެދުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ގިނަ މައްސަލަތަކަކާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި މި މަޝްވަރާ ތަކަކީ ދެ ގައުމަށް ވެސް މުހިންމު މަޝްވަރާ ތަކެއް ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ކުރީގެ ޑިޕްލޮމެޓެއް ކަމުގައިވާ ކަރަސިން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި މި މަޝްވަރާ ތައް ދެމިގެން ދާނެ އެވެ. އަދި އެކަމުގައި އދ އާއި އެހެނިހެން ގައުމުތައް ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާނަން. މިކަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު، ޚާއްސަކޮށް އދ އަދި ވަކިވަކި ގައުމުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާނަން،" ކަރަސިން ވިދާޅުވި އެވެ.

ރޮއިޓާސް އަށް މައުލޫމާތު ދެމުން ރަޝިޔާގެ ކަމާ ބެހޭ ފަރާތަކުން ބުނެފައިވާ ގޮތުގައި، މަޝްވަރާތަކާ ގުޅޭ އެއްބަސްވުމެއްގެ ޑްރާފްޓެއް ރަޝިޔާ އަދި އެމެރިކާ އަށް ވަނީ ފޮނުވިފައި އެވެ.

އަދި އެ އެއްބަސްވުން އަންގާރަ ދުވަހު ޢާންމު ކުރުމަށް ރޭވިފައިވަ ކަމަށް ވެސް ބުނެފައިވެ އެވެ. 

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު