Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފިކޭޝަން

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަ ކުރުމަށް ޤައުމީ ޓީމު ފިލިޕީންސް އަށް

އޭޝިއަން ކަޕް ކޮލިފިކޭޝަން އަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ އިންޑިއާއާ ދެކޮޅަށް މިދިޔަ ބުދަ ދުވަހު ކުޅެފަ އެވެ. އެ މެޗުގައި އިންޑިއާ އިން ވަނީ ރާއްޖޭގެ މައްޗަށް 3-0 އިން ކުރި ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2025 | އާދީއްތަ 05:13
ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމު

ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމު

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަ ކުރުމަށް، ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމު ފިލިޕީންސް އަށް ފުރައިފި އެވެ.

ޤައުމީ ޓީމު ފިލިޕީންސް އަށް ފުރާފައި ވަނީ ހޮނިހިރު ދުވަހު އެވެ.

އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ޤައުމީ ޓީމު އެންމެ ފުރަތަަމަ ވާދަކުރާނީ ފިލިޕީންސްއާ އެވެ. އެ މެޗު އޮތީ އަންގާރަ ދުވަހު ފިލިޕީންސްގަ އެވެ. އެންމެ ފުރަތަމަ މި މެޗު ކުޅެން ރާއްޖޭގައި އޮތް ނަމަވެސް، ރަމަޟާން މަހުގެ ފަހު ދިހަޔަކާ މެޗު ދިމާވާތީ، އެ މެޗު ފިލިޕީންސްގައި ކުޅޭ ގޮތަށް ބަދަލު ގެނައީ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ހަ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ކުޅޭނީ އީސްޓު ޓިމޯއާ ދެކޮލަށެވެ. ތިން ވަނަ މެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ނިކުންނާނީ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ދެ ވަނަ ލެގުގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ދެ ވަނަ ލެގުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ފަހު މެޗުގައި އީސްޓު ޓިމޯއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު އޮތީ އަންނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަން އަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ އިންޑިއާއާ ދެކޮޅަށް މިދިޔަ ބުދަ ދުވަހު ކުޅެފަ އެވެ. އެ މެޗުގައި އިންޑިއާ އިން ވަނީ ރާއްޖޭގެ މައްޗަށް 3-0 އިން ކުރި ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު