Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

މުޒާހަރާތަކާއި ގުޅިގެން މުޅި ސަރުކާރު ވަނީ ހުއްޓުމަކަށް އައިސްފައި: މާޒް ސަލީމް

15 މާރިޗު 2025 | ހޮނިހިރު 08:33

ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ކިޔަމަން ވެގެން ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2025 | ހޮނިހިރު 08:33
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

މުޒާހަރާތަކާއި ގުޅިގެން މުޅި ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މުޒާހަރާތަކާއި ގުޅިގެން މުޅި ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ މަންޒަރު ފެންނަ ކަމަށާއި، ސަރުކާރު ވަރަށް ބޮޑަށް ބިރު ގަނެފައިވާ ކަމަށެވެ. ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި ވަކި ސަރަހައްދަކަށް އެއްވުމަށް ގޮވާލުމުން އަނެއް ދުވަހު އެސްއޯ ފުލުހުން ނެރި، މުޅި ސަރަހައްދު ބަންދު ކުރާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ މިހާރު ވެސް މުޒާހަރާ ކުރުމަށް ފުރުސަތު ސަރުކާރުން ނުދޭ ކަމަށެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ކިޔަމަން ވެގެން ނުވާނެ ކަމަށާއި، ފާޅުގައި އެއަށް ދެކޮޅު ހަދަންޖެހޭ ކަމަށެވެ. ފުލުހުންނަކީ ދިވެހި ރައްޔިތުން ގަދަރުކުރާ ބައެއް ކަމަށާއި، އެ ގަދަރު ހިފަހައްޓައި، ނާއިންސާފަށް ނޫނެކޭ ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޒާހަރާއަށް ނުކުންނަނީ ބެރިކޭޑުތައް އުކައި ފުލުހުންނާ ކުރިމަތިލުމަށް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.

އަޅުގަނޑު މިދައްކަނީ ތިބޭފުޅުން ކުރި ހުވާގެ ވާހަކައާއި، ތިބޭފުޅުން ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވަން ތިބޭފުޅުންގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އޮންނާނީ ބުނެފައި. އެވާހަކަތައް އަޅުގަނޑުމެން މިދައްކަނީ. މިތާގައި ރޯނެއް ދަމާފައި ނޫނީ މިތާގައި ބޮޑުބައި އިނގިލިން ކުރަހާލާފައި ހުރަސް ނުކުރާށޭ ބުންޏަސް އަޅުގަނޑުމެން ހުރަސް ނުކުރާނަން މިތަނުން. ކޮންމެހެން އަޅުގަނޑުމެން މިއަންނަނީ މިތަނަށް ބެރިކޭޑުތައް އުކައި، ފުލުހުންނާ ކުރިމަތިލާކަށް ނޫން މިއަންނަނީ.
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ސަލީމް ވިދާޅުވީ މަގު މައްޗަށް ނުކުމެ އަޑު އުފުލަމުންދަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި، އެލަވަންސްތައް ބޮޑު ކުރުމާއި، އަދި ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަން މިގައުމުގައި ތަންފީޒުކޮށް، ރައްޔިތުންގެ ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް