Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މާލީ އެހީ

ބޭރު ގައުމުތަކުން ރާއްޖެއަށް މާލީ އެހީ ނުދިން

ރާއްޖޭގެ ބޭރުގެ ދަރަނި 3.4 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެ ބޮޑު ބައެއް ދައްކަންޖެހެނީ ޗައިނާ އާއި އިންޑިއާއަށެވެ. ވަގުތީ ކަންބޮޑުވުމަކީ 2025 ވަނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ބޭރުގެ ދަރަނިތަކާއި 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަނި ޚިދުމަތް ދިނުމެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 މާރިޗު 2025 | ހުކުރު 08:16
އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ފައިސާ ގައުމުތަކުން އަދިވެސް ނުދޭ

އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ފައިސާ ގައުމުތަކުން އަދިވެސް ނުދޭ

އިގްތިސާދީ ހާލަތު ނާޒުކު ހާލަތެއްގައި އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޭރުގެ ގައުމުގެތަކާއި މާލި އިދާރާތަކުން އެހީ ދިނުމާއި މެދު އުއްމީދީ ޖަވާބެއް ނުދިން ކަމަށް އިގްތިސާދީ ދާއިރާގެ ހަބަރުތައް ގެނެސްދޭ އިކޮނޮމިކް ޓައިމްސް އިން ބުނެފިއެވެ.

އިކޮނަމިކް ޓައިމްސް ގައި ބުނެފައިވަނީ ރާއްޖެއިން މާލީ އެކި އިދާރާތަކުން މާލީ އެހީތެރިކަން ހޯދަން އެދުނު ނަމަވެސް މިހާތަނަށް އައި އިރު މި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. މީގެ ތެރޭގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ކޮންމެ ގައުމަކުން 300 މިލިއަން ޑޮލަރު ސަރުކާރުން ހޯދަން އެދިފައިވީ ނަމަވެސް ސަރުކާރުގެ މި އެދުމަށް ޖީސީސީގެ ގައުމުންތަކުން އުއްމީދީ ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އިން 200 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް އާއި ދަރަނި ދެއްކުމަށް ރީފައިނޭންސް ކުރުމާއި ފައިސާ ބަދަލުކުރުމަށް އެދުނުނަމަވެސް މިހާތަނަށް އުއްމީދީ ޖަވާބެއް ޗައިނާއިންވެސް ދީފައި ނުވެއެވެ. އެހެންނަމަވެސް އިންޑިއާގެ 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއިއެކު ވަގުތީ ލުޔެއް ލިބި، އިމްޕޯޓަށް ހަރަދުކުރާނެ ފައިސާއާއި ސަރުކާރުގެ ހަރަދުތައް މިވަގުތަށް ދެމެހެއްޓުމަށް ރާއްޖެއަށް ވަނީ ކޮންމެވެސް ވަރެއްގެ ފުރުސަތެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އިކޮނޮމިކް ޓައިމްސް އިން ނެރުނު ރިޕޯޓު ގައިވާ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނި 3.4 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެ ބޮޑު ބައެއް ދައްކަންޖެހެނީ ޗައިނާ އާއި އިންޑިޔާ އަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ 2025 ވަނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ބޭރުގެ ދަރަނިތަކާއި 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަނީގެ ޚިދުމަތް ދިނުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް، މުސާރަ ކުޑަކޮށް، ދައުލަތުގެ ވިޔަފާރިތަކުގެ ހިއްސާ ވިއްކުމުގެ ޕްލޭންތައް ފަދަ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް ޓެކްސް ބޮޑުކުރުން ނޫން އިތުރު އިސްލާހީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

މީގެ އިތުރުން ރާއްޖެ އިން ވަނީ ގަލްފް ގައުމުތަކަށް ވަޒީރުން ފޮނުވުމުގެ އިތުރުން އެކުވެރި ގައުމުތަކުން ކުއްލި އެހީތެރިކަން ހޯދާފައެވެ. ނަމަވެސް މިގައުމުތަކުން އަދި ރާއްޖޭގެ އެދުންތަކަށް އުއްމީދީ ޖަވާބެއް ނުލިބޭ ކަމަށް އިކޮނޮމިކް ޓައިމްސް ރިޕޯޓުގައިވެއެވެ.

ރާއްޖެއިން އިން ވަނީ ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން 200 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓާއި ދަރަނީގެ ހިދުމަތަށް ފައިސާ ދެއްކުމަށް ރީފައިނޭންސިންގ އެހީ އާއި ޗައިނާ އާއި އެކު ފައިސާ ބަދަލުކުރުމަށް ވެސް އެދިފައެވެ. ނަމަވެސް ރާއްްޖޭގެ މި އެދުމަށްވެސް ޗައިނާއިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ބަންގްލަދޭޝް އާއި ސްރީލަންކާއިން ބަޖެޓުގެ އެހީތެރިކަން ހޯދުމަށް ކުރި އިތުރު މަސައްކަތް ތަކުން ހެޔޮ ނަތީޖާތަކެއް ނުލިބޭއިރު، ރާއްޖެ އިން ނެގުމަށް ރާވާފައިވާ 200 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑް ދޫކުރުމާ މެދު ޝާރުޖާ އިސްލާމިކް ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމަށް ވަސީލަތްތައް ހޯދުމަކީ އަދި އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އިކޮނަމިކް ޓައިމްސްގައި ރިޕޯޓްކޮށްފައިވެ އެވެ.

ފަތުރުވެރިންގެ އަދަދު އިތުރުވުމާއި އިންޑިއާއިން 750 މިލިއަން ޑޮލަރުގެ ފައިސާ ބަދަލުކުރުމުން ކުރު މުއްދަތެއްގެ ލުޔެއް ލިބިދާނެ ނަމަވެސް، މި ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ދައްކަންޖެހޭ މަޖުބޫރު ދަރަނިތައް ފުރިހަމައަށް ފޫބެއްދުމަކީ ގާތް ކަމެއް ނޫން ކަމަށް ވެސް އިކޮނަމިކް ޓައިމްސް ގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ރާއްޖޭގެ ދަރަނި 2018 ވަނަ އަހަރު ތިން ބިލިއަން ޑޮލަރުން 2024 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 8.2 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި 2029 ވަނަ އަހަރު މި އަދަދު 11 ބިލިއަން ޑޮލަރަށް ވުރެ މަތިވެދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު