Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިމްޕޯޓް/އެކްސްޕޯޓް

ފެބްރުއަރީ މަހު ވެސް ރާއްޖޭގެ އެކްސްޕޯޓަށް ޗައިނާ އިން ލިބުނު ކުރި އެރުމެރުމެއް ނުފެނުނު

މިދިޔަ ފެބްރުއަރީމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު ބޭރުކޮށްފައިވަނީ 223 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެ އެމްވީ | 13 މާރިޗު 2025 | ބުރާސްފަތި 14:14
މާލޭގެ ވިޔަފާރި ބަނދަރު

މާލޭގެ ވިޔަފާރި ބަނދަރު

ހުސްވި ފެބްރުއަރީ މަހު ރާއްޖެ އިން އެކްސްޕޯޓު ކުރި އުފެއްދުންތަކަށް ޗައިނާ އިން އިން ލިބުނު ކުރިއެރުމެއް ތަފާސް ހިސާބަކުން ނުދެއްކިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ ގިނަ މުދަލަށް ސުން ޑިއުޓީ ރާއްޖެއިން ނަގަމުންދާ އިރު، ރާއްޖެއިން ޗައިނާ އަށް ބޭރު ކުރާ އުފެއްދުންތަކަށް ސުން ޑިއުޓީ ނަގަން ފެށުމުން ރާއްޖެއިން ޗައިނާ އަށް އެކްސްޕޯޓުގެ ކުރާ އުފެއްދުންތަކުގެ ޖުމްލަ ވެލިއު މައްޗަށް ދާނެ ކަމަށް މުއިއްޒު ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެއްބަސްވުމަށް އަމަލު ކުރަން ފަށާފާއިރު އަދި މިހާތަނަށް ޗައިނާގެ މަކެޓުން ދިވެހިން އުފެއްދުތަކަށް ލިބޭ އެއްވެސް ކުރިއެރުމެއް ނުފެންނަ ކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭ އުފެއްދުންތައް ފެބްރުއަރީ މަހުވެސް އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ 134 މިލިއަން ރުފިޔާގެ މަހުގެ އުފެއްދުންތަކެވެ. އެއީ ޖުމްލަ އެކްސްޕޯޓުގެ 60 އިންސައްތަ އެވެ. ދެން އެކްސްޕޯޓު އާމްދަނީ އެންމެ ގިނަ އިން ލިބިވައިވަނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސި ވިލާތައް 33 މިލިއަން ރުފިޔާގެ މަހުގެ ބާވަތްތައް އެކްސްޕޯޓު ކޮށްފައިވެއެވެ. އެއީ އެކްސްޕޯޓުގެ 15 އިން ސައްތަ އެވެ. އިންޑިއާ އަށް 10 މިލިއަން ރުފިޔާގެ މަހުގެ ބާވަތްތައް އަދި ވިއެޓްނާމް އަށް 8 މިލިއަން ރުފިޔާގެ އުފެއްދުންތައް އެކްސްޕޯޓުކޮށްފައިވެއެވެ. ބަންގްލަދޭޝް އަށް 6 މިލިއަން ރުފިޔާގެ އުފެއްންތައް ވަނީ އެކްސްޕޯޓް ކޮށްފައެވެ.

ފެބްރުއަރީމަހު ރާއްޖެއަށް މުދާ އެތެރެކުރުމަށް އެންމެ މަތިން ހޭދަ ކުރި ތިން ގައުމުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ޗައިނާ އިން 606 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް ވަނީ އެތެރެކޮށްފައެވެ. މުދަލުގެ އަގުގެ ގޮތުން އެންމެ ގިނަ އިން އިމްޕޯޓު ކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. އެގައުމުން 1342 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އިންޑިއާ އިން 748 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ފެބްރުއަރީ މަހު އެންމެ ގިނައިން މުދާ އެތެރެ ކުރި ފަސް ގައުމަކީ ޔޫއޭއީ، އިންޑިއާ، ޗައިނާ، ސިންގަޕޫރު، އަދި ސްރީލަންކާ އެވެ.

ކަސްޓަމްސް އިން ހާމަ ކުރި ތަފާސް ހިސާބުން ފެބްރުއަރީ މަހު ރާއްޖެ އަށް އެތެރެ ކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ހޭދަ ކޮށްފައިވަނީ ކާބޯތަކެތީ ގެ ބާވަތްތަކަށެވެ.

ކާބޯތަކެތީގެ ބާވަތްތައް އެތެރެ ކުރުމަށް 968 މިލިއަން ވަނީ ހޭދަ ކޮށްފައެވެ.

ރާއްޖެއިން ފެބްރުއަރީ މަހު މައިގަނޑު ގޮތެއްގައި ބޭރުކޮށްފައިވަނީ މަހުގެ އުފެއްދުންތަކެވެ. އެގޮތުން ގަނޑުކުރި ކަނޑުމަހުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ މަސް ރާއްޖެ އިން ބޭރު ކޮށްފައިވެއެވެ. ފެބްރުއަރީ މަހު 32 މިލިއަން ރުފިޔާގެ ރީނދޫ އުރަހަ ކަންނެލި ރާއްޖޭން ބޭރު ކޮށްފައިވެއެވެ.

ފެބްރުއަރީމަހު އިމްޕޯޓް އެކްސޯޕުޓުން ދައުލަތައް 363 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ ފެބްރުއަރީމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު ބޭރުކޮށްފައިވަނީ 223 މިލިއަން ރުފިޔާގެ މުދަލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު