Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފަނޑިޔާރުންގެ ޤާނޫނަށް ވޯޓް ދެއްވި މެމްބަރުންގެ މޫނުމަތީގައި ތަފާލެއް!

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، އަނބުރާ ވަނީ ފޮނުވާފައެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 12 މާރިޗު 2025 | ބުދަ 14:12
ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް، އަނބުރާ މަޖިލިސްއަށް ރައީސް މުއިއްޒު ފޮނުއްވައިފި

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް، އަނބުރާ މަޖިލިސްއަށް ރައީސް މުއިއްޒު ފޮނުއްވައިފި

ރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ދައުލަތެއް، އޮންނަ ގައުމެކޭ ބުނާތީ އަޑު އިވެއެވެ. އެއް ބާރު އަނެއް ބާރަށް ނުފޫޒު ނުފޯރުވާނެ ކަމަށް ބުނެ ވެރިކަމަށް އަންނަ ފަރާތްތަކުން ވާހަކަ ދައްކައެވެ. މިކަމުގެ ހެއްކަކަށް މިއަދުގެ ސަރުކާރުގެ ވަލިއްޔުލްއަމްރު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދައްކަވާފައިވާ ވާހަކަތަކުންވެސް ސާފުވާނެއެވެ.

ބުނާ ކޮންމެ ބަހަކަށް ރައްޔިތުން ހެއްލެއޭ ބުނަނީ މިފަދަ ވާހަކަތަކަށް އިތުބާރުކުރާތީއެވެ. ވެރިކަން ހިންގުމުގެ ބާރު ޕީއެންސީއަށް ލިބުނީ އެވެ. އާރާއި ބާރާއި އެކު އިތުރު ބަޔަކާއި ކޯލިޝަން ހެދުމެއް ނެތި ވެރިކަމަށް އައި ޕާޓީއަކަށް ފީއެންސީ ވެގެން ދިއުމުން ގިނަ ބަޔަކު އުއްމީދު ކުރީ ކަންކަން ރަނގަޅުވެ ހަލުވި ވާނެ ކަމަށެވެ. ނަމަވެސް ހަމައެކަނި މިހެން ބުނެލުމުން ނިންމާލެވޭކަށްވެސް ނެތެއެވެ. ހަޤީޤަތުގައި ވެރިކަމަށް އައީ ޕީޕީއެމްގެ އޭރުގެ ރައީސް ޔާމިން އިންނަވަން ޖެހިވަޑައިގަންނަވާ ގޮނޑިކޮޅު ރައްޔިތުންނަށް ދެއްކުމަށްފަހުއެވެ. ވެރިކަމުގެ ހުވާ ކުރުމާއި އެކު އެގޮނޑިކޮޅު ނަގާ އެއްލާލެއްވިއެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ މިވާހަކައެއް ނޫނެއެވެ. ވެރިކަމުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީވެސް ހަމަ މިބައިމީހުންނަށް ލިބުނީއެވެ. ނިކަން ވަރު ދައްކާފައި ތިމަންމެން މިނިކުތީ ރައްޔިތުންގެ ޙިދުމަތުގައި ކެރިގެން ކަމަށް ވިދާޅުވިއެވެ. އިސާހިތަކު ކަންތައްވީ މުޅިން އެހެން ގޮތަކަށެވެ. މިއުޅެނީ ހަތަރު އުދަރެސް ފެނު ޖެހެން ކަމަށް ވިސްނިވަޑައިނުގެން ތިއްބެވި މެމްބަރުން، ވަލިއްޔުލްއަމްރު ވިދާޅުވާ ކޮންމެ ކަމަކަށް އާނ ބަސް ކިޔަން ފެއްޓީއެވެ. މަޖިލީހަށް ބިލެއް ވައްދާ ހިސާބުން ރާސްޓަސް ލާފައި ފާސްކުރަން ޖެހޭ ކަމަށް ޤަބޫލުކުރިއެވެ.

މަޖިލީހުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ކުރީގެ މެމްބަރުން ބުނާތީ އަޑު އިވެނީ، 20 ވަނަ ރައްޔިތުންގެ މަޖިލިސްގައި ތިއްބަވަނީ މުޅިން އަލަށް ސިޔާސީ ކަންކަން ދަސްކުރަމުންދާ ބޭފުޅުންކޮޅެކެވެ. ވާނީވެސް އެހެންތާއެވެ. އެއްވެސް ކަމެއް ދިރާސާ ކުރުމެއް ނެތެއެވެ. ރައްޔިތުން ބުނާ އެއްވެސް ވާހަކައެއް އަޑު އިވޭ ކަންފަތެއް ނެތެއެވެ. އަޑު އަހާނީވެސް ވަކި ކިހިނެއް ހެއްޔެއެވެ. ބޮޑު ސޯބު އެނބުރޭ ގޮތަށޭ ކުޑަ ސޯބްވެސް އެނބުރޭނީ ބުނާ ބީދައިން ރައީސް ވިދާޅުވާ ކޮންމެ ކަމަކީ އެންމެ ރަނގަޅު ގޮތެއެވެ.

ކަންކަން މިހެން ދަމުންގޮސް، އެންމެ ފަހުން ފެނުނީ މެމްބަރުންގެ އަނގައިގައި ކަސްތޮޅު އެޅުވި ތަނެއެވެ. އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަން ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙަށް އެތައް ބައެއް ނުރުހުން އަމާޒުވިއެވެ. ޚުދު އެމެމްބަރުންވެސް އެކަމާއި ދެކޮޅެއެވެ. ނަމަވެސް ކުރާނެ އެއްވެސް ނެތި ތިބި ނިކަމެތި ކުދިންތަކެއް ފަދައިން އެއްޗެއް ބުނަންވެސް ނުކެރި ބުނި ގޮތަކަށް އޯކޭ ޖެހީއެވެ. ނަގޫ ފިތި ބާރުވީއެވެ.

މިކަމާއި ގުޅިގެން ހުރި ކަންބޮޑުތައް ސުޕްރީމް ކޯޓާއި ހަމައަށް ގެންދިޔައެވެ. އެހިސާބުން ލޯ ކުރިމަތިން ވަރަށް ސާފުކޮށް ސުޕްރީމް ކޯޓުގެ ބެންޗަށް އަތް ބާނަން ފެއްޓިއެވެ. އެކަކަށް ހަމަ އެއްކަމެއްވެސް ނުކުރެވުނުއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ މައްސަލަ އުޅޭ ކަމަށްބުނެ އަދަދު ދަށް ކުރަން މަޖިލީހަށް ފޮނުވިއެވެ. މިމައްސަލަ މަޖިލީހުން ދިރާސާކޮށް ބަހުސްކުރި އިރުވެސް މިއީ ރޭވިގެން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ބިލުގެ ބަހުސްގައި ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ބަހުސް ކުރައްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ ވަކި ވަކި މެމްބަރުންގެ ނަން އަހައިގެންނެވެ. އެއީ މަޖިލީހުގެ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް ބުނެ، ފެންނަ ނުފެންނަ ކަމަށް މެމްބަރުން ގާތު އަހައިގެންނެވެ.

މިވަރުންވެސް ރައީސް މުއިއްޒުއާއި ދެކޮޅަށް ދެތުވަން ކެރިވަޑައިގެންނެވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޒާން މަރުޒޫގުއެވެ. މެމްބަރުންނަށް ރައީސް މުއިއްޒު އެއްވެސް މެމްބަރަކަށް ތާއީދެއް ނުކުރައްވައެވެ.

ކަން މިހެން ހުރިއިރު ޖުޑީޝިއަރީއަށް އަތް ނުބާނާނެ ކަމަށް ވިދާޅުވި މުއިއްޒުގެ ބަހާއި އަމަލާއި ދިމާނުވިއެވެ. ގެންގުޅުއްވީ މޮޅު އުކުޅުތަކެވެ. ރާއްޖޭގެ ތާރީޚުގައިވެސް ފަނޑިޔާރުންގެ ބެންޗެއްގައި ތިއްބަވާނެ އެންމެ ކުޅަދާނަ ފަނޑިޔާރުންނަށް ތުހުމަތުތަކެއް ކުރެއްވިއެވެ. ފަނޑިޔާރު ހުސްނުއްސުއޫދު މަޤާމުން އިސްތިއުފާދެއްވިއެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ތުހުމަތުތަކެއްކޮށް ސަސްޕެންޑްކޮށް، ޖޭއޭސްސީން މައްސަލަ ބަލަން ފައްޓައިފިއެވެ.

ރައީސް މުޢިއްޒު ބޭނުންވެވަޑައިގެންނެވި އެކަން އެހެން ކުރަންށޭ މިއަދު ބުނެވިދާނެ ޖާގަ އެބައޮތެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފައި ވަނީ ހަޤީގަތުގައި އަދަދު މަދުކުރާކަށެއް ނޫނެއެވެ. ބޭނުންވެގެން އުޅެނީ އެމީހުންގެ ބާރުގެ ދަށަށް ސުޕްރީމް ކޯޓު ގެންނާށެވެ.

ބުދަ ދުވަހުގެ އެރި އިރާ އެކީ އަޑު އިވިގެންދިޔައީ، ރައީސް މުޢިއްޒު، ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، އަނބުރާ ފޮނުއްވައިފި ޚަބަރެއެވެ.

މިބިލަށް އަވަސް އަރުވާލައިގެން ވޯޓް ދެއްވި މެމްބަރުންގެ މޫނު މަތީގައި ތަފާލެއް ޖެހީއެވެ. ލަދުން ބޯހަލާކުއެވެ.

ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނިމުނީއެވެ. މަޤްޞަދު ހާސިލްކޮށްފިއެވެ. ޖުޑީޝިއަރީއަށް އަތް ނުބާނައި ފަނޑިޔާރުންގެ ބެޗްވެސް ބަދަލުކޮށްފިއެވެ. އަދަދުވެސް މަދެއް ނުކުރިއެވެ. މަޤްޞަދު ހާސިލްކުރީއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތުއްތޮންބެއަށް ދެއްވި ވަރުގަދަ އީދު ހަދިޔާ

ތުއްތޮންބެއަށް ދެއްވި ވަރުގަދަ އީދު ހަދިޔާ

13 ޖޫން 2018
އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

23 މެއި 2018
ބާކީ ތިއްބެވި ބޮޑު ތިންފަނޑިޔާރުންގެ އަޖަލު

ބާކީ ތިއްބެވި ބޮޑު ތިންފަނޑިޔާރުންގެ އަޖަލު

07 މެއި 2018
ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

03 މެއި 2018
ރައީސް މައުމޫނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ޝަރީއަތަކާ ނުލައި ޖަލު، ހެޔޮވެދާނެތަ؟

ރައީސް މައުމޫނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ޝަރީއަތަކާ ނުލައި ޖަލު، ހެޔޮވެދާނެތަ؟

18 އެޕްރީލު 2018

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު